އެފްއޭއެމް ވެޓަރަންސް ކަޕް: ބޮޑު މޮޅަކާ އެކު ހުޅުމާލެ ވެޓަރަންސް އިން ސެމީ ޔަގީންކޮށްފި

Mar 7, 2026, 6:07 PM
އެފްއޭއެމް ވެޓަރަންސް ކަޕް: ބޮޑު މޮޅަކާ އެކު ހުޅުމާލެ ވެޓަރަންސް އިން ސެމީ ޔަގީންކޮށްފި

އެފްއޭއެމް ވެޓަރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބް 13-0 އިން ބަލިކޮށް، ހުޅުމާލެ ވެޓަރަންސް އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

ހުޅުމާލެ ވެޓަރަންސް އިން ގްރޫޕް ބީގައި ކުޅުނު ފަހު މެޗުން ހޯދި މޮޅާ އެކު، ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ޕޮލިސް ކްލަބަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ތިން މެޗުން އެއް ޕޮއިންޓް އަދި ފުލުގައި އޮތް ބުރު އަށް ވެސް ތިން މެޗުން އެއް ޕޮއިންޓް ލިބިފައިވެ އެވެ.

ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ކޮޅަށް ހުޅުމާލެ ވެޓަރަންސް އިން ފުރަަތަމަ ހާފުގައި ހަތަރު ގޯލު ޖެހި އެވެ. ބާކީ ނުވަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި މެޗުގައި، ހުޅުމާލެ ވެޓަރަންސް ޓީމުގެ ހުސެއިން ޝިމާޒް (ކޮކީ) ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ކޮކީ އެވެ.

އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ، އަހުމަދު މުއާޒް، މުހައްމަދު ޒޮރީފް އަދި އިބްރާހިމް މާޖިދު، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުގެ އިތުރުން، ނާފިއު މުހައްމަދު ހާމިދު އާއި އަހުމަދު ޝާއިރު، ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ.

އެފްއޭއެމް އިން ކްލަބް އިވެންޓްސްއާ ގުޅިގެން، ވެޓަރަންސް ލީގު އެންމެ ފަހުން ބޭއްވިއިރު، ހަތަރު ފަހަރު ވެސް ތަށި ހޯދީ ހުޅުމާލެ ވެޓަރަންސް އިންނެވެ.

ދިހަ ޓީމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގައި، ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ، ސެމީގެ ޖާގައެއް ހޯދާފައިވާ ވިލިމާލެ ޔުނައިޓެޑް އެވެ. ދެ ވަނައިގައި އޮތް މުއިވެޔޮ ފްރެންޑްސް އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ހަތަރެއްގައި އޮތް ދިވެހި ސިފައިންގެ ކްލަބަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނިއު އަށް ބާކީ އޮތީ މުއިވެޔޮ މެޗެެވެ. މި ގްރޫޕްގެ ފުލުގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވި ދަ ގްރާންޑޭ އެވެ.

މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާއިރު، ސެމީ ފައިނަލް އޮންނާނީ 13 އާއި 14 ގަ އެވެ. އަދި، ފައިނަލް މެޗު ކުޅޭނީ 16 ގަ އެވެ.

މި އަހަރުގެ ކުރިން، އެފްއޭއެމް އިން ސީދާ ހިންގުމާ ހަވާލުވެގެން ވެޓަރަންސް މުބާރާތެއް ބޭއްވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ފެށި މި ވެޓަރަންސް މުބާރާތް އެފްއޭއެމް އިން ބޭއްވި ފަހުން، ދެން، އެފްއޭއެމާ ގުޅިގެން ހިންގުމުގެ ކަންތައްތަކާ ހަވާލުވެގެން ބޭއްވީ އެކިއެކި ފަރާތްތަކުންނެވެ.

އެ ގޮތުން، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް)، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އަދި ކްލަބް އިވެންޓްސް އިން ވެސް ވަނީ މި މުބާރާތް ބާއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox