ޓޫރިސްޓު ނަންބަރުތަކަށް ބޮޑު ވެއްޓުމެއް، ހޯމައަކީ މި އަހަރު އެންމެ މަދުން ޓޫރިސްޓުން އައި ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ވަން: މިހާތަނަށް ކެންސަލް ކުރި ފްލައިޓުތަކުގެ އަދަދު 100 އަށް އަރާ --- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ވަން: މިހާތަނަށް ކެންސަލް ކުރި ފްލައިޓުތަކުގެ އަދަދު 100 އަށް އަރާ --- ފޮޓޯ: އަދަދު

މެދިއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރުމާއެކީ ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޯމަ ދުވަހު ރާއްޖެ އައީ 4،107 ޓޫރިސްޓުންނެވެ. މިއީ މި އަހަރުގެ މިހާތަނަށް އެންމެ މަދުން ޓޫރިސްޓުން އައި ދުވަހެވެ. ދެން އެންމެ މަދުން ޓޫރިސްޓުން އައި ދުވަހު، އެއީ މިދިޔަ ޖެނުއަރީ 1، ގައި އައީ 5،929 ޓޫރިސްޓުންނެވެ.

އަހަރުންއަހަރަށް އަޅައިބަލާއިރު، މި މަހުގެ ފުރަތަމަ ދެ ދުވަހު އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 37 ޕަސެންޓުު މަދެވެ.

ޓޫރިސްޓު ނަމްބަރުތައް ވެއްޓެމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ކަނެކްޓިވިޓީ ފޯރުކޮށްދޭ ޔޫއޭއީ އާއި ގަތަރުގައި މަރުކަޒުވެފައިވާ އެއާލައިންތަކުގެ އޮޕަރޭޝަންތައް ހުއްޓާލިތާ މިއަދަށް މިއީ ފަސް ވަނަ ދުވަހެވެ.

މިއަދު އެކަނި ވެސް ގަލްފު ގައުމުތަކުގެ އެއާލައިންތަކުން ރާއްޖެ އަންނަން އޮތް ނުވަ ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ. މިއާ އެކީ، ފަސް ދުވަހުގެ ތެރޭގައި ކެންސަލް ކުރި އެރައިވަލްތަކާއި ޑިޕާޗާތައް ހިމަނައިގެން މިހާތަނަށް ކެންސަލް ކުރި ފްލައިޓުތަކުގެ އަދަދު 100 އާ ގާތްކުރެ އެވެ.

މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ގަލްފުގެ ތިން އެއާލައިނެއްގެ މަތިންދާބޯޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގްރައުންޑްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެއީ ގަތަރު އެއާވޭސްގެ ދެ މަތިންދާބޯޓަކާއި އެމިރޭޓްސްގެ މަތިންދާބޯޓަކާއި އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓެކެވެ.

ޓޫރިސްޓުންގެ އަދަދު މަދުވީ ވަރު ހިސާބުކުރެވުނު ނަމަވެސް، މި ޓޫރިސްޓުންގެ ތެރެއިން މެދިއިރުމަތިން ޓްރާންސިޓު ވާގޮތަށް އޮތުމާ ގުޅިގެން ނާދެވުނު ސީދާ ޓޫރިސްޓުންގެ އަދަދެއް ނޭނގެ އެވެ. މި އަދަދު އަދި ޓޫރިޒަމް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

މިހާތަނަށް އާންމުކޮށްފައިވާ ބައެއް ހިސާބުތަކާއި ގަލްފު އެއާލައިންތަކުން އުފުލި ފަސިންޖަރުންގެ އެވަރެޖު އަދަދުތަކުން އަންދާޒާ ކުރެވެނީ ރާއްޖެ އަންނަ ކޮންމެ ހަތަރު ޓޫރިސްޓުންގެ ތެރެއިން އެކަކު އަންނަނީ ގަލްފުން ނޫނީ ގަލްފުން ޓްރާންސިޓު ވެފަ އެވެ.

މިއީ ކޮންމެ ދުވަހަކު ގާތްގަނޑަކަށް 2،000 ޓޫރިސްޓުންނެވެ. މިއީ އަދަދު ކަމަށް ބަލައިގެން ހިސާބުކުރާނަމަ ރާއްޖެއަށް 10،000 ޓޫރިސްޓުން ވަނީ ގެއްލިފަ އެވެ. ހަނގުރާމަ ދިގުލައިގެންދާ ކޮންމެ ދުވަހެއްގައި މި އަދަދު މި ރޭޓުގައި އުފުލެމުންދާނެ ކަމަށް އަންދާޒާކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox