އެމެރިކާގެ ކޮމާންޑަރުން ސިފައިންނަށް ކިޔައިދެނީ އިރާނު ހަނގުރާމައަކީ މުގައްދަސް ހަނގުރާމައެއް ކަމަށް

Mar 4, 2026, 7:43 AM
އެމެރިކާގެ ކޮމާންޑަރުން ސިފައިންނަށް ކިޔައިދެނީ އިރާނު ހަނގުރާމައަކީ މުގައްދަސް ހަނގުރާމައެއް ކަމަށް

އިރާނާ ދެކޮޅަށް އެމެރިކާ އަދި އިޒްރޭލުން ކުރަމުންދާ ހަނގުރާމައަކީ މުގަައްދަސް ހަނގުރާމައެއް ކަމަށް ސިފައިންނަށް ވިސްނައިދޭން ފަށައިފި އެވެ.

ސިފައިންގެ ދީނީ މިނިވަންކަން މޮނީޓާ ކުރާ ޖަމިއްޔާތަކުން ބުނީ، އިރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދަނީ މުގައްދަސް ހަނގުރާމައެއް ކަމަށް ސިފައިންގެ ކޮމާންޑަރުން ހުރިހާ އަސްކަރީ ޔުނިޓުތަކަކަށް އަންގަމުންދާ ކަމަށެވެ.

"މި ހަނގުރާމައިގެ ތެރެއިން އީސާގެފާނު ފައުޅުވެ، އެމެރިކާ ސިފައިންނާއެކު ހަނގުރާމަ ކުރައްވާނެ ކަމަށް ކޮމާންޑަރުން ދަނީ ބުނަމުން. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ނަސާރާއިންނަށް ކާމިޔާބު ހޯދައިދޭން އިސްކުރެވުނު ބޭފުޅެއް ކަމަށް ވެސް ކޮމާންޑަރުން ދަނީ ވިސްނައިދެމުން،" އެމެރިކާގެ މިލިޓަރީ ރިލިޖަސް ފްރީޑަމް ފައުންޑޭޝަނުން ބުނެފައިވެ އެވެ.

Advertisement

މިލިޓަރީ ރިލިޖަސް ފައުންޑޭޝަނުން ބުނީ، 30 ސަރަހައްދެއްގައި ގާއިމްކޮށްފައިވާ 40 އަސްކަރީ ޔުނިޓައް "މުގައްދަސް ހަނގުރާމައިގެ ވާހަކަ" ކިޔައިދީފައިވާ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއި ނަސާރާއިންގެ އިތުރުން މުސްލިމުންނާއި ޔަހޫދީން އަދި ދީނެއް ގަބޫލު ނުކުރާ ވަރަށް ގިނަ ސިފައިން ވެސް ހަރަކާތްތެރިވެ އެވެ.

ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭގެ ފަހުން އިރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވަނީ އަވަހާރަކޮށްލައިފަ އެވެ.

އެމެރިކާ އާއި އިޒްރޭލުން ވަނީ އިރާނުގެ އަންހެން ކުދިން ކިޔަވައި ސްކޫލަކަށް ވެސް ބޮން އަޅައިފަ އެވެ. އެ ހަމަލާގައި މަރުވި ކުޑަކުދިންނާއި މީހުންގެ އަދަދު 165 އަށް މިހާރު އަރައިފި އެވެ. އަދި އިރާނުގެ އެހެނިހެން މަދަނީ އިންފްރާސްޓްރަކްޗާތަކަށް ވެސް އެމެރިކާ އާއި އިޒްރޭލުން ދަނީ ބޮން އަޅަމުންނެވެ.

އެމެރިކާ އާއި އިޒްރޭލަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވެސް ދަނީ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އިޒްރޭލަށް އަދި އެމެރިކާއިން އަސްކަރީ މަަރުކަޒުތައް އަޅައިގެން އުޅޭ ގައުމުތަކަށް އިރާނުން ވަނީ ހަމަލާތަކެއް ދީފަ އެވެ. އިރާނުން ހަމަލާ ދިން ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، އޮމާން، އުރުދުން، ކުވެއިތު އަދި ޔޫއޭއީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox