ދިރާގުން ދޭ ދެވަނަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް

ދިރާގުން ދޭ ދެވަނަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް

ދިރާގުގެ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެކަން ދިރާގުން ހަނދާންކޮށްދީފި އެވެ.

ދިރާގުން ބުނީ މި މަހަކީ ދެވަނަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު ލިބޭ ފަހު ފަހަރު ކަމަށާއި ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ އެނގޭނީ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.

ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

ދިރާގުގެ ފަރާތުން ދެވަނަ ސްޕީޑް ބޯޓެއް ގޮތުގައި ވެސް ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓު ދިނުމަށް ހަމަޖެހިފައިވަނީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާވެސް އެކުގަ އެވެ.

އެ ހިތްގައިމު ސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑްބޯޓެކެވެ. އެގޮތުން މަސްދަތުރު ދިޔުމުގެ އިތުރުން އެހެނިހެން ދަތުރުތައް ވެސް އޭގެއިން ކުރެވެ އެވެ.

ދިރާގުގެ "ވިން 2 ސްޕީޑްބޯޓްސް" ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރި ފަރާތް، އަބްދުﷲ ސައީދަށް އެ ސްޕީޑް ބޯޓު ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox