ހުލާސާކޮށް އިއްޔެ: "10 ރިސޯޓުގެ ވައުދަކީ ބޮޑު އޮޅުވާލުމެއް"

Feb 7, 2026, 1:48 AM
ރައީސް މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ލަގްޒަރީ 10 ރިސޯޓު ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކަށް އެތަނުގެ މިލްކުރެވިކަން ލިބޭ ސިޔާސަތަކީ އެއްވެސް އޮއްޓަރެއް ނެތް، އަދި ހިސާބުތަކުން ދިމާނުވާ "ހުސް ހާސަރު" ތަކެއްގެ ގޮތުގައި ސިފަކުރައްވައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް, ރައީސް މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، 2030 ވަނަ އަހަރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން ބޭނުންވާ 200 މިލިއަން ޑޮލަރު، 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް އެއްވެސް ހިސާބަކުން ނުފެންނަ ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއް އުޅުއްވި ފައިސަލް ވަނީ އެ ދާއިރާގެ އޮޕަރޭޝަނަލް ހަރަދުތަކާއި އާމްދަނީގެ ތަފްސީލީ ހިސާބުތަކެއް ދައްކަވައި، މުއިއްޒުގެ ރޭވުމަށް ގޮންޖައްސަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވާއިރު، 10 ރިސޯޓަށް 800 މިލިއަން ޑޮލަރު ހޯދަން ޖެހެއެވެ.

Advertisement

"ސޯޝަލް ހައުސިންއަށް ވެސް ފައިސާ ނުހޯދިގެން އުޅޭއިރު، ސަރުކާރުން ފައިވް ސްޓާ ރިސޯޓު ހަދަން މި ބޮޑު އަދަދު ހޯދާނެ ގޮތެއް ނުވިސްނުނު،" ފައިސަލް ވިދާޅުވިއެވެ.

އެވްރެޖްކޮށް ކޮޓަރިއެއް 500 ޑޮލަރަށް ވިއްކައިގެން، 65 ޕަސެންޓު އޮކިއުޕެންސީގައި ވެސް ލިބޭނީ 17-20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަސާއި ޓެކްސްއާއި މުސާރަ އަދި ހިންގުމުގެ ހަރަދު ކެނޑުމަށްފަހު، ނަގާފައިވާ ލޯނުތައް އަދާކުރަން އެކަނިވެސް އަށް އަހަރު ހޭދަވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މެދު ކެނޑުމެއް ނެތި މުޅި ދުނިޔެއަށް އިގުތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުން ތަކާއި، ފަތުރުވެރި ކަމުގެ ދާއިރާގައި އޮތް ވާދަވެރި ކަމުގެ ތެރެއިން، 500 ޑޮލަރަށް ރޫމެއް އެވްރެޖު ޑެއިލީ ރޭޓެއްގެ ގޮތުގައި ވިއްކިދާނެތޯ؟" ފައިސަލް ވިދާޅުވި އެވެ.

މިވަރު ރިސޯޓެއްގެ އޮޕަރޭޝަން ކިރިޔާ ހިފަހައްޓާލެވޭނީ 50 ޕަސެންޓު އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ހިފެހެއްޓިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ މިއަދާ ހަމައަށް ދެމި އޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން ކަމަށާއި މިހާތަނަށް އައިއިރު، ސަރުކާރުން ޓޫރިޒަމް ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން އޮތީ އިންތިހާ އަށް ގެއްލުން ލިބިފައި ކަމަށް، މުއިއްޒުގެ ބޮޑު ޕްލޭން ވެސް ފައިލްވާނެ ކަމަށް އިޝާރާތް ކުރެއްވުމުގެ ގޮތުން ފައިސްލ ވިދާޅުވި އެވެ.

"ތަންދޮރު އޮޅުން ނުފިލުވައި، ހަމަ ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވީމާ، ރައްޔިތުން ކުރިމަތީގައި އިތުބާރު ގެއްލި، ވެރިޔަކަށް ހުންނަ މީހަކު ވިދާޅުވާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދޭނެ،" ބުރާސްފަތި ދުވަހު އިއްވި ރިޔާސީ ބަޔާނަށް އިޝާރަތް ކުރައްވައި ފައިސަލް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިމެނޭ ކަންކަމަށް އިޝާރާތް ކުރައްވައި، ފައިސަލް ވަނީ ކުރިން ވެފައިވާ ބޮޑެތި ވައުދުތަކަށް ވީގޮތާ މެދު ވެސް ސުވާލު އުފައްދަވާފައެވެ. އެގޮތުން ބިއްލޫރި ޓަނަލާއި، އައްޑޫ ބްރިޖާއި، ބަންކަރިންގެ ހިދުމަތާއި، ޑިވެލޮޕްމަންޓް ބޭންކް އަދި ވިލިނގިއްޔާއި ތިނަދޫ ގައި ހަދާނެ ކަމަށް ބުނި އިންޓަނޭޝަނަލް އެއާޕޯޓު ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ޤައުމުގެ އިގުތިސާދު ރަނގަޅު ކުރުމަށްޓަކައި ފައިސަލް ވަނީ ސަރުކާރަށް ތިން އިރުޝާދެއް ދެއްވާފައެވެ. އެއީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރުމާއި ސިޔާސީ ބޭނުމުގައި ވަޒީފާ އިތުރުކުރުން ހުއްޓާލުން އަދި އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ހިތްވަރު ދިނުމެވެ.

ފައިސަލް ވިދާޅުވީ، ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް އުންމީދެއް ގެނުވައިދޭ، ހަގީގީ ސިޔާސަތުތަކެއް ހާމަކުރާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި، ނުވާނެ ވަރުގެ ކަންކަން ދައްކައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން ނުވާނެ ކަމަށެވެ

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox