ކުރާ ތުހުމަތުތައް ދޮގުކޮށް ސާޖިދު ވިދާޅުވީ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް

އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކިކުރި ސާޖިދު: އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ވަނީ ދޮގުކޮށްފައި

އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކިކުރި ސާޖިދު: އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ވަނީ ދޮގުކޮށްފައި

ޖިންސީ ފުރައްސާކުރި ކަމަށް އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް، މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދު މިއަދު ވިދާޅުވެއްޖެ އެވެ.

ސާޖިދު ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެމްއެމްއޭގެ ކޮމިޓީއަކަށް ހުށަހަޅައި ސާބިތުވާ ކަމަށް ނިންމީ، އެ މައްސަލަ ހުށަހެޅި ފަރާތުން ދޮގުތަކެއް ހަދާފައިވާކަން އެނގެން އޮއްވާ ކަމަށެވެ.

"އަޅުގަނޑާއި ދެކޮޅަށް މޯލްޑިވްސް މަނިޓަރީގެ ޖިންސީ ފުރައްސާރައިގެ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބަލައި، އަޅުގަނޑުގެ މައްޗަށް ފުރައްސާރައިގެ ތުހުމަތު ސާބިތުވާކަމަށް ނިންމާފައިވަނީ އެ މައްސަލަ ހުށަހެޅި ފަރާތުން ކަނޑައެޅިގެން ދޮގުތަކެއް ހަދާފައިވާކަން ސާބިތުކުރެވޭނެ މިންވަރަށް ކިތާބީ ހެކި ހުށަހަޅައފައިވީ ނަމަވެސް، އެ ހެކިތަކަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި،" އޭނާ ވިދާޅުވި އެވެ.

ސާޖިދު އިތުރަށް ވިދާޅުވީ މައްސަލައިގެ ތަފްސީލް ރަނގަޅަށް ބަލާލުމުން، މި މައްސަލައިގައި އެމްއެމްއޭ އިން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށްކަން އެނގޭނެ ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑާމެދު އަޅާފައިވާ ފިޔަވަޅަކީ ގާނޫނީ ހަމައިގެ މަތިން އަޅާފައިވާ ފިޔަވަޅެއް ނޫންކަން މި މައްސަލައިގެ ތަފްސީލް ބެލި ކޮންމެ މީހަކަށްވެސް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.

ސާޖިދު ވިދާޅުވީ އެފްއައިޔޫގެ މުވައްޒަފެއްގެ ސައިސިއްޔަތުން މުވައްޒަފަކު ކޮށްގެން ނުވާނެ ބައެއް ކަންކަން ކުރުމުން، އެކަމާ ގުޅޭގޮތުން އަމަލުކުރަން ޖެހޭ ގޮތަށް ކުރި ކަމަށެވެ. މިގޮތުން މިއަދު ލިބިފައިވާ އަނިޔާއަކީ އެ މުވައްޒަފާމެދު އަމަލުކުރަން ޖެހޭ ގޮތަށް އަމަލުކުރުމުން ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރަ ކުރި ކަމަށް މުވައްޒަފު ބުނާ ދުވަސްތަކާއި މައްސަލަ ހުށަހެޅި ދުވަހާއި ދެމެދު 39 ދުވަސް ހިނގާފައިވާކަން ފާހަގަކޮށް ސާޖިދު ވިދާޅުވީ އެ މުއްދަތުތަކުގެ ތެރޭގައި ހިނގާފައިވާ ކަންކަން އިދާރާގެ ލިޔެކިޔުންތަކުންނާއި އެހެނިހެން ހެކިތަކުން އެނގޭނެ ކަމަށެވެ.

މިގޮތުން އޭނާ ވިދާޅުވީ އެމްއެމްއޭގެ ކޮމިޓީން ކަންކަން ރަނގަޅަށް ބެލިނަމަ މައްސަލަ ހުށަހެޅުމުގެ ފަހަތުގައިވާ މަގުސަދުވެސް އެނގޭނެ ކަމަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަ އުފެއްދުމަށްފަހު އަބުރު ކަތިލައި އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ސާޖިދު ވަނީ ތުހުމަތުކޮށްފަ އެވެ.

"އަޅުގަނޑު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް ހުރުމުން އުނދަގޫވާ ފަރާތެއް ހުރިނަމަ، ނުވަތަ ދަތިތަކެއް ކުރިމަތިވާނަމަ، ވަޒީފާއިން ވަކިވާން އަޅުގަނޑުގެ ކައިރީގައި ސީދާ ބުނި ނަމަ، ރީތިކޮށް މިކަން ކުރެވުނީހެވެ. ކޮންމެހެން މީހެއްގެ އަބުރު ކަތިލުމުގެ އެއްވެސް ބޭނުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ސާޖިދު ވިދާޅުވީ އެމްއެމްއޭގެ ކޮމިޓީން އަމަލުކުރި ގޮތުން އެ އޮތޯރިޓީގައި މަސައްކަތްކުރާ ވެރިންނާމެދު ހިތްހަމަނުޖެހުމުން، ފުރައްސާރައިގެ މައްސަލައެއް އުފައްދައި މަގާމު ގެއްލުވާލުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ސަސްޕެންޑުކުރީ ޑިސެމްބަރު 25، 2025 އިން ފެށިގެންނެވެ. ސްޓަރަކްޗަރަލް ބަދަލެއްގެ ތެރެއިން ކަމަށް ބުނެ އެފްއައިޔޫގެ ކުރީގެ ވެރިޔަކަށް ހުރި އަބްދުالله އަޝްރަފްގެ ބަދަލުގައި ސާޖިދު އެ މަގާމަށް ހަމަޖެއްސީ އޯގަސްޓު 3، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox