ޑި ޒާބީ، މާސޭގެ ކޯޗުކަމުން އިސްތިއުފާދޭން ނިންމައިފި

Jan 30, 2026, 3:27 AM
ޑި ޒާބީ، މާސޭގެ ކޯޗުކަމުން އިސްތިއުފާދޭން ނިންމައިފި

ޕެރިސް (ޖެނުއަރީ 30) - ފްރާންސްގެ މާސޭ އަށް ކޯޗުކޮށްދެމުން އައި އިޓަލީގެ ތަޖުރިބާކާރު ކޯޗު، ރޮބާޓޯ ޑި ޒާބީ، މަގާމުން އިސްތިއުފާ ދޭން ނިންމައި، އެ ކަން ކްލަބަށް ވެސް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ އެއް އަހަރު ކުރިން، 2024 ގައި، މާސޭ ކޯޗުކަމަށް ގެނައި ޑި ޒާބީ، އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 3-0 އިން ބަލިވެ، ޑި ޒާބީ އަށް ވަނީ މެނޭޖްމަންޓުގެ ޕްރެޝަރުތަކެއް ކުރިމަތިވެފަ އެވެ. އެއާ އެކު، ޑި ޒާބީ ނިންމީ މަގާމުގައި ކުރިއަށްނުދިއުމަށެެވެ. އެހެންވެ، އިސްތިއުފާގެ ނިންމުން ކްލަބާ ހިއްސާކުރި އެވެ.

އެކަމަކު، ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޑި ޒާބީގެ އިސްތިއުފާ ގަބޫލުކުރުމާ މެދު މާސޭގެ ސީނިއާ މެނޭޖްމަންޓުން އަދި ގޮތެއް ނުނިންމަ އެވެ. އެހެން ނަމަވެސް، ޕެރިސް އެފްސީއާ އެކު، ފްރެންޗް ލީގުގައި މާދަމާ ކުޅޭ މެޗަށް މާސޭ އިން މިހާތަނަށް ބޭއްވި ސެޝަންތަކުގައި ޑި ޒާބީ ފެނިފައިނުވެ އެވެ.

ޑި ޒާބީ ވަނީ އިޓަލީގެ ޕަލާމޯ، ބެނެވެންޓޯ، ސަސުއޯލޯ އަށް ކޯޗުކޮށްދިނުމުގެ އިތުރުން އިންގްލެންޑްގެ ބްރައިޓަން އާއި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް ކޯޗުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox