އިންވެސްޓަރުން ނުލިބިގެން އަނެއްކާ ވެސް ކާށިދޫ އާއި ފަރުމުލީގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އިންވެސްޓަރުން ނުލިބިގެން އަނެއްކާ ވެސް ކާށިދޫ އާއި ފަރުމުލީގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ކ. ކާށިދޫ ފަޅާއި ނ. މާފަރު ފަޅުތެރޭގައި އޮންނަ ފަރުމުލީގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލުމުން ވެސް އެކަށީގެންވާ ވަރަށް އިންވެސްޓަރުން ނުލިބިގެން އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފި އެވެ.

ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކުރީ އެޕްރީލް 1، 2025ގަ އެވެ. ސެޕްޓެމްބަރު 11، 2025 ގައި ވެސް މި އިއުލާންކުރި އެވެ. މިއީ ކާށިދޫ ފަޅުގައި ރިސޯޓެއް އަޅަން އިންވެސްޓަރުން ހޯދަން އިއުލާނުކުރި ތިންވަނަ ފަހަރެވެ.

ކާށިދޫ ފަޅުން 115 ހެކްޓަރު ކުއްޔަށް ނެގުމަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. ފަރުމުލީ ފަޅުން 71 ހެކްޓަރަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 2.25 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.

Advertisement

ސަރުކާރުން ބޭނުންވަނީ 10 ހެކްޓަރުގެ ތަނެއް ހިއްކައިގެން ކާށިދޫ ފަޅުގައި ރިސޯޓު ހަދާށެވެ. އެކަމަކު ރިސޯޓުގެ އިހުތިސާސަށް 115 ހެކްޓަރު ދޭން ސަރުކާރުން އެއްބަސްވެ އެވެ. ރިސޯޓުގައި މަދުވެގެން 100 އެނދު ހުރުމަކީ ސަރުކާރުގެ ވައުދެކެވެ.

ފަރުމުލީގައި ރިސޯޓު އަޅާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާނުކުރީ ޖުލައި 6، 2025 ގަ އެވެ. އެ ރަށުގައި ތަރައްގީ ކުރާ ރިސޯޓުގައި 150 އެނދު ހުންނަން ޖެހެ އެވެ.

ރިސޯޓު ހަދަން ދޫކުރަނީ 0.41 ހެކްޓަރުގެ ފަރުމުއްޔާއެކު 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދެކެވެ. އަދި ފަޅުގެ ސަރަހައްދުން 15 ހެކްޓަރު ހިއްކޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ޑޮލަރު ދައްކަން ޖެހެ އެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް އަޅަން މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މަސައްކަތް ކުރި އެވެ. އެތަނުގައި ރިސޯޓު އަޅަން ސޯލިހު ސަރުކާރުގައި ވެސް ބިޑަށް ހުޅުވައިލި އެވެ.

މައުމޫނުގެ ސަރުކާރުގައި ފަހުން ނިންމީ ކާށިދޫ ފަޅު ނޫން ތަނެއްގައި ރިސޯޓު އެޅުމަށެވެ. އެއީ ކާށިދޫ ފަޅު ހިއްކައިފި ނަމަ އިއާދަނުކުރެވޭނެ ގެއްލުންތަކެއް ތިމާވެއްޓަށް ލިބިދާނެތީ އެވެ. އެކަމަކު، ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރުގެ ދިރާސާއެއް ހެދުމަށް ސޯލިހުގެ ވެރިކަމުގައި އަލުން މަސައްކަތް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox