ޖުހާގެ "މޮޅު" ހިސާބު: 2000 އިން 200 ބޭރުކުރުން

ޖުހާގެ "މޮޅު" ހިސާބު: 2000 އިން 200 ބޭރުކުރުން

ބަކަރި ކޮށީގައި "ބަކަރިތައް" ގިނަވެ، އެކަކު އަނެކަކުގެ ފަޔަށް އެރި، ބައެއް އެއްޗެހި ފާރުގައި އެލިގަނެގެން ތިބި މަންޒަރު ފެނުމުން ރައްޔިތުން ބަޔަކު ހަޅޭއްލަވަން ފެށިއެވެ. "ޖުހާއެވެ! މި ހަރަދުތަކުން އަހަރެމެން މިތިބީ ހާސްވެފައެވެ. އެ ސޮރުމެންނަސް ނޭވާލާނެ ޖާގައެއް ކޮށްޓަކު ނެތެވެ! ކަލޭ ކޮންމެ ދުވަހަކު ޖަނަވާރެއް ގެންނަނީ ކީއްކުރަން ހެއްޔެވެ؟"

ޖުހާ އޭނާގެ ފަށުވި ހެދުން ރީތިކޮށްލަމުން، ވަރަށް ސީރިއަސް މޫނެއް ދައްކާލާފައި އިއުލާން ކުރިއެވެ.

"ލޯބިވާ ރައްޔިތުންނޭވެ! އަހަރެން މިހުރީ ރައްޔިތުންގެ ފަޅީގަ އެވެ. އަހަރެން ނިންމާ ކޮންމެ ނިންމެއް ނިންމާނީ ތިޔަ ރައްޔިތުންނަށްޓަކަ އެވެ. ތިޔަބައިމީހުންގެ ތަކުލީފުތައް އަޑުއަހައިފީމެވެ. އެހެންވެ، މިއަދަކީ ތާރީހީ ދުވަހެކެވެ. ދައުލަތުގެ ބަޖެޓަށް ނޭވާއެއް ލެވޭނީ ބަކަރި ކޮށިން ބަކަރި މަދުކޮށްގެން ކަމަށް އަހަރެން ގަބޫލުކޮށްފީމެވެ. މިއަދުން މިއަދަށް 200 ބަކަރި ބޭރުކޮށްލުމަށް އަމުރުކޮށްފީމެވެ! މިއީ ހަރަދު ކުޑަކުރުމުގެ ހިތްވަރުގަދަ މިސާލެކެވެ!"

Advertisement

މި އަޑަށް ބައެއް ސަޕޯޓަރުން އަތްޖަހައި، "ޖުހާގެ ވެރިކަން ބާއްޖަވެރި ކުރައްވާށި" އޭ ކިޔައި ހަޅޭއްލަވަން ފެށިއެވެ. ޖުހާ ފަހުރުވެރިކަމާއެކު ހިނިތުންވެލިއެވެ. އަދި 200 ސިކުންތު ވަންދެން ހަވާ އެރުވުން އޮންނާނެކަން ވެސް އިއުލާނު ކުރި އެވެ.

ނަމަވެސް، ކާތިބު މަޑުމަޑުން ޖުހާގެ ކަންފަތްދޮށުގައި ބުންޏެވެ. "ޖުހާއެވެ! ތިޔަ ބޭރުކުރީ 200 ބަކަރި އެވެ. ހަނދާން އެބަހުރި ހެއްޔެވެ؟ މިދިޔަ ދެ މަސް ތެރޭގައި 2000 ވެއްދީމެވެ. އަދިވެސް 1800 އެތެރޭގައި އެބަތިއްބެވެ! މިހާރުވެސް ކޮށި ފުރި، އިށީންނާނާނެ، ޖާގައެއް ނެތިގެން، ކުރާނެ ކަމެއް ނެތިގެން ތެޅި ފޮޅެނީ އެވެ."

ޖުހާ ލޯ އަޅާލާފައި ބުންޏެވެ. "ކަލެއަށް ކޮންމެ އެއްޗެއް މާ ފުންކޮށް އެނގެން ޖެހޭ ހެއްޔެވެ؟ މަޑުން ހުރެބަލާށެވެ! އެއީ ކުރީގެ ވާހަކައެވެ. ރައްޔިތުންނަށް ފެންނަނީ މިއަދުގެ ސުރުހީ އެވެ. މިއަދުގެ ހަބަރަކީ އަހަރެން ރައްޔިތުންނަށްޓަކައި 200 ބަކަރި ނެރުނު ވާހަކަ އެވެ. ފުރަތަމަ 2000 ވެއްދީމާ ނޫނީ، މި 200 މީހުން ވަކިކޮށްގެން 'ހަރަދު ކުޑަކުރި' ކަމުގެ ޝަރަފެއް ނުލިބޭނެ ނޫން ހެއްޔެވެ؟"

"އެކަމަކުވާ ޖުހާއެވެ،" އިތުރަށް ތަފުސީލުކޮށް ދެވޭތޯ ބެލި އެވެ. ބަކަރިތައް ގިނަވެ، ހަރަދު ވެސް ބޮޑުވެއްޖެ އެވެ. ކާންދިނުމަށް ހާދަ ފަތެއް މިހާރު ހޯދަންޖެހެ އެވެ. އެހެން މީހުން އަތުން ލޭންދޭނަށް ގެނައި ފަތަށް ފަތް ނުދެވުމުން ބަޔަކު މިހާރު އިތުބާރެއް ވެސް ނުކުރެ އެވެ. އެއްޗެއް ދޭނެ އެކުވެރިޔަކު ވެސް ނެތެވެ.

ޖުހާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. "ކަލެއަށް އަދިވެސް ނުވިސްނެނީއެވެ. މިއީ 'ޕޮލިޓިކްސް' އެވެ. ފުރަތަމަ ކޮށި ތާށިކޮށްލާނީއެވެ. އެންމެން ނޭވާ ހާސްވާ ހިސާބަށް ދިޔުމުން، ދެތިން އެތި ބޭރަށް ނެރެލީމާ، އެންމެންނަށް ހީވާނީ މުޅި ދުނިޔެ ތަނަވަސްވީ ކަމަށެވެ. މީހުން އުފާވަނީ ހަގީގަތް އެނގިގެނެއް ނޫނެވެ، ހީވާ ހީވުމަކަށެވެ!"

އެންމެ ފަހުން 200 ބަކަރި ނިކުތުމުން، ކޮށީގައި ތިބި 1800 ބަކަރިއަށް ކުޑަ އިންޗިއެއްގެ ޖާގަ ލިބުނެވެ.

ޖުހާ ބޭރުގައި ތިބި މީހުންނަށް ބުންޏެވެ. "ފެނޭ ހެއްޔެވެ؟ މިހާރު ކިހާ ތަނަވަސްވެއްޖެ ހެއްޔެވެ؟ މިއީ ހަމަ ރައްޔިތުންގެ ވާހަކަ އަށް އިޖާބަ ދިނުމުގެ ނަތީޖާއެވެ! އަދި އިތުރަށް ހަރަދު ކުޑަކުރަން ވެގެން، މިކަން ދިރާސާ ކުރަން ބަޔަކާ ހަވާލު ކުރާނަމަވެ،"

ރައްޔިތުންގެ ތެރެއިން ބަޔަކު އަނބުރައިގަނެގެން ވެއްޓުނެވެ. ޖުހާ ހުރީ ހިނިތުންވެލައިގެން، އޭނާގެ "ތަނަވަސް" ބަކަރި ކޮށްޓަށް ބަލަހައްޓައިގެންނެވެ. ތައުރީފުގެ އަތްތިލަ ބަޑި އަތްޖަހާ މީހުން އަތުން ހަން ފޮޅެންދެން އެކަން ކުރަމުން ދިޔަ އެވެ. ގޮވަމުން ދިޔަ އެވެ. ޖުހާ ހާދަހާވާ، މޮޅެވެ، ތިޔައީ ހާދަ ރަނގަޅު ސިޔާސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox