އިސްލާހުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް ނުނިމޭކަން ހާމަވެއްޖެ

ރައީސް މުއިއްޒު، އިންޑއާގެ ބޮޑުވަޒީރު މޯދީއާއެކު: ރާއްޖެއިން އެންމެ ގިނަ އަސްކަރީ އެއްބަސްވުންތަކެއް ހަދާފައިވަނީ އެ ގައުމާއެކު --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، އިންޑއާގެ ބޮޑުވަޒީރު މޯދީއާއެކު: ރާއްޖެއިން އެންމެ ގިނަ އަސްކަރީ އެއްބަސްވުންތަކެއް ހަދާފައިވަނީ އެ ގައުމާއެކު --- ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތުގެ ފަރާތުން ބޭރުގެ އެކި ގައުމުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ހުރި ކަމަށް މި ސަރުކާރުން ބުނާ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާ މާއްދާތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އަދިވެސް އެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަން ހާމަވެއްޖެ އެވެ.

މެއި 3، 2025 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.

ރެކޯޑު ހެދުމަށް ކުރިއަށްގެންދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު އެހެން ވިދާޅުވުމުން ކުރީ ސަރުކާރުގެ ވެރިންނާއި އާންމުންގެ ފާޑުކިޔުން މުއިއްޒުއަށް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކަށް އިޝާރާތްކޮށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ކަންބޮޑުވުން އޮތް އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. ދެން ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަން އިސްލާހުކުރަން މަޝްވަރާކޮށް ހައްލު ހޯދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަސްކަރީ އެއްބަސްވުންތައް އަޅުގަނޑުމެން ބެލިން. އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު ޔަޤީންކަމަކީ، އަޅުގަނޑުމެންގެ ޤައުމަށް، ކުރިން މި ދެންނެވި މިނިވަންކަމާއި، ސިޔާދަތު ޙިމާޔަތްކުރުމުގައި، ގެއްލުންވާނެ ކަމެއް އޮތިއްޔާ، މިހާރު އެކަމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިއީ އެ ދުވަހާ ހަމައަށް ސަރުކާރުން އަދި މުއިއްޒު ވެސް ހާމަކޮށްފައިވާ މައުލޫމާތެއް ނޫނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް އެދުނީ މުއިއްޒު އިޝާރާތްކުރެއްވި އެއްބަސްވުންތަކަކީ ކޮބައިކަން ސާފުކޮށް ދިނުމަށެވެ.

"ވިދާޅުވެފައިވާ އެއްބަސްވުންތަކަކީ ބައިލެޓްރަލް އެއްބަސްވުންތަކަކަށް ވެފައި، އެ އެއްބަސްވުންތަަކުގެ ސިއްރު ހިފެހެއްޓުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، އެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ކަމުގައި ދަންނަވަން،" ރައީސް އޮފީހުން މައުރޫފަށް ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.

އެ ޖަވާބުން ހާމަވާ ގޮތުގައި އެފަދަ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް އަދިވެސް ނުނިމެ އެވެ. އޭރު މުއިއްޒު ވިދާޅުވި ގޮތަށް އެއްބަސްވުމަށް ބަދަލެއް ގެނައިކަން ވެސް ރައީސް އޮފީހަށް ސާފުކޮށްދެވިފައެއް ނުވެ އެވެ.

ޕީއެންސީން އިދިކޮޅުގައި އޮވެ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ މިދިޔަ ސަރުކާރުތަކުން، ބޭރު ގައުމުތަކާއެކު، ހާއްސަކޮށް އަވަށްޓެރި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށްވެސް ރައީސް މުއިއްޒު އަދި ޕީއެންސީގެ އިސް އޮފިޝަލުން މީގެ ކުރިން އެކި ޖަލްސާތަކާއި ހިނގާލުންތަކުގައި ބުނެފައިވެ އެވެ.

އެގޮތުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން މި ސަރުކާރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަންވެސް ފެށި އެވެ.

އޭގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުން އާނުކުރަން ނިންމާފައިވާއިރު، ދެން ހުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. އެ އެއްބަސްވުންތައް އުވާ ވެސް ނުލަ އެވެ. އަދި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލަ އެވެ.

ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުމެވެ. އެއަށް ފަހު ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ ވައުދުވީ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox