އެސްއީޒެޑުތަކުގައި ހިންގޭނެ މަސައްކަތްތަކުގެ ތެރޭގައި ތެލާއި މައުދަން ހޯދުން ހިމަނައިފި

ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެއް ތަސްދީގުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެއް ތަސްދީގުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއަށް ތެލާއި މައުދަން ހޯދުން ރައީސް މުހައްމަދު މުއިއްޒު މިއަދު އިތުރު ކުރައްވައިފި އެވެ.

އެސްއީޒެޑު ގާނޫނުގެ ދަށުން އެ ސަރަހައްދުތަކުގައި ހިންގޭނެ މަސައްކަތްތަކާއި އިންވެސްޓްކުރަންޖެހޭ އެންމެ ކުޑަ އަދަދުތައް ކަނޑައަޅައި ކޮންމެ އަހަރަކު ރައީސުލްޖުމްހުރިއްޔާ ގަރާރެއް ނެރުއްވަންޖެހެ އެވެ. މި އަހަރުގެ ގަރާރު ރައީސް އޮފީހުން އާންމުކުރީ މިއަދު އެވެ.

މިދިޔަ އަހަރުގެ ގަރާރު މުރާޖައާ ކުރުމަށްފަހު އެސްއީޒެޑު ގަރާރަށް މުއިއްޒު ގެންނަވާފައިވަނީ އެންމެ ބަދަލެކެވެ. އެއީ ކުރެވޭ މަސައްކަތްތަކުގެ ޖަދުވަލުގައި ހިމެނޭ (ވ) އަށް ދެ ކަމެއް އިތުރުކުރުމެވެ.

މީގެ ކުރިން އެ އަކުރުގައި އޮތް މަސައްކަތްތަކީ ގޭސް ހޯދުމެވެ. މި އަހަރުގެ ގަރާރުގައި ގޭހުގެ އިތުރުން ތެލާއި މައުދަންތައް ހޯދުމުގެ މަސައްކަތް އެ އަކުރަށް ވަނީ އިތުރުކޮށްފަ އެވެ.

މިއީ އިންވެސްޓްމަންޓް ޕްރޮޕޯސަލް އެއް ލިބިގެން ނުވަތަ ރާއްޖޭގެ ކަނޑު އަޑިން ތެލާއި ގޭސް އަދި މައުދަން ހޯދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތީ ގެނައި ބަދަލެއް ކަމެއް ސާފެއް ނޫނެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް ނުލިބެ އެވެ.

އެސްއީޒެޑު ހިންގުމަށާއި އެސްއީޒެޑެއްގައި ދެމެހެއްޓެނިވި ޓައުންޝިޕްތައް ތަރައްގީކުރަން ބޭނުންވާ ނަމަ މަދުވެގެން އިންވެސްޓުކުރަން ޖެހޭ އަދަދަށް މުއިއްޒު މި އަހަރު ބަދަލެއް ގެންނަވާފައެއް ނުވެ އެވެ. އެގޮތުން އެޒްއީޒެޑަކަށް މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭއިރު ޓައުންޝިޕް މަޝްރޫއަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހެ އެވެ.

ރާއްޖޭގެ ކަނޑުގެ އަޑިން ތެޔޮ ހޯދުމުގެ މަސައްކަތް މީގެ ކުރިން ވެސް ކުރި އެވެ. މުއިއްޒު ކެބިނެޓުގައި އިންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ތެޔޮ ހޯދުމަށް ބޭރުން ތަޖުރިބާކާރުންނާއި ޓީމުތައް ގެނެސްގެން ތިން އަހަރެއްހާ ދުވަހު އެތައް މަސައްކަތެއް ކުރި އެވެ.

އޭރުގެ ދިރާސާތަކުން ރާއްޖޭގެ ކަނޑުގެ އަޑީގައި ތެޔޮ ހުރިކަން ޝައްކެތް ނެތް މިންވަރަށް ޔަގީންވި ކަމަށް އޭރު އެ މަސައްކަތްތާއި ހަވާލުވެ ހުންނެވި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވި އެވެ. ނަމަވެސް، އެ މަސައްކަތް ފަހުން ވީނުވީއެއް ނޭނގި މަޑުޖެހުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox