ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ހުށަހެޅީ 779 ޝަކުވާ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނޭ -- ފޮޓޯ: އީސީ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނޭ -- ފޮޓޯ: އީސީ

އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ހުށަހެޅީ 779 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ގާނޫނުގައި ބަޔާންކުރާ ގޮތަށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތު އިއްޔެ މެންދުރުފަހު 15:00 ޖެހިއިރު ހަމަވިއިރު ހުށަހެޅީ ޖުމްލަ 779 ޝަކުވާ ކަމަށެވެ.

"ޝަކުވާގެ މުއްދަތު ހަމަވިއިރުގައި 779 ޝަކުވާއެއް އަޅުގަނޑުމެންނަށް ލިބިފައި އެބަ އޮތް ޖުމްލަ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި. ގާނޫނުގައި ބަޔާންކޮށްފައި މިއޮންނަނީ ޝަކުވާ ހުށަހެޅުމަށްޓަކައި 10 ދުވަސް ދޭންވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ ޖުމްލަ ގޮތެއްގައި ވަގުތީ ވޯޓާސް ލިސްޓަށް އެންމެ ގިނައިން އައިސްފައި ހުރީ އެޑްރެސް ބަދަލުވުމުގެ ޝަކުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ޝަކުވާތައް ގިނަވަނީ ސިޓީތަކުގައި އިންތިހާބީ ދާއިރާތައް ބައިވެފައި އޮތުމުން އެއް އަވަށުން އަނެއް އަވަށަށް ބަދަލުވާތީ ކަމަށެވެ.

"ސިޓީތަކުގައި އިންތިހާބީ ދާއިރާތައް ބައިވެފައި އޮތީމަ އެއް އަވަށުން އަނެއް އަވަށަށް، އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ރަޖިސްޓްރީ ބަދަލުކުރުމުގެ ކަންތައްގަނޑު ވަރަށް ބޮޑަށް ހިނގާ،" އޭނާ ވިދާޅުވީ އެވެ.

އެޑްރެސް ބަދަލުވެފައި ހުރުމުގެ ޝަކުވާތަކާ ގުޅިގެން އެކަންތައް ބެލުމަށް ނެޝަނަލް ރަޖިސްޓްރޭޝަނަށް ފޮނުވާފައިވާކަން ފާހަގަކުރައްވާ ޒަކަރިއްޔާ ވިދާޅުވީ އެ ބަދަލުތައް ނެޝަނަލް ރަޖިސްޓްރޭޝަނުން ގެންނަ ގޮތެއްގެ މަތިން ލިސްޓަށް ބަދަލު ގެންނާނެ ކަމަށެވެ.

މީގެއިތުރުން ރަށްވެހިކަން ބަދަލުވެފައި ހުރިކަމުގެ ޝަކުވާތައް ވެސް ކޮންމެވެސް ވަރަކަށް އައިސްފައި ހުރިއިރު، މަރުވެފައި ތިބި މީހުން ލިސްޓުގައި ހުރުމުން އުނިކުރުމަށް ވެސް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ އީސީއަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ލިސްޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އިދާރީ ގޮތުން ދޭން ޖެހޭ ޖަވާބުތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެއިތުރުން އޭނާ ވިދާޅުވީ ބަދަލުތައް ގެނައުމަށްފަހު ދާއިމީ ލިސްޓު ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އާންމުކުރާނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންނެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox