ޕްރިންސް އަހުމަދު އޭނާގެ ބައްޕާފުޅަށް ދެއްވި ނަސޭހަތް

މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް

މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް

ޕްރިންސް އަހުމަދަށް މީހުން ކިޔާ އުޅުނު ނަމަކީ އަހުމަދުއްސަބްތީއެވެ. އެއީ ހޮނިހިރު ދުވަހަށް ނިސްބަތްކޮށެވެ. ހޮނިހިރު ދުވަހަށް އޭނާގެ ނަން ނިސްބަތްކުރެވުނީ އޭނާ މަސައްކަތްކުރަނީ ހަމައެކަނި ހޮނިހިރު ދުވަހުގައި ކަމަށް ވާތީއެވެ. ބާކީ ހަ ދުވަސް އޭނާ ހޭދަ ކުރަނީ އަޅުކަންކުރުމުގައެވެ. އޭނާ ދިރިއުޅުއްވީ އިރާގު ކަރައިގެ ބަސަރާގައެވެ. ބަސަރާގެ ރައްޔިތުން އޭނާ ދަންނަނީ ރޭނުމުގެ މަސައްކަތްކުރާ މީހެއްގެ ގޮތުގައެވެ.

ހަފުތާއެއްގެ ހަ ދުވަހު އަޅުކަންކުރުމާއި ހެޔޮ ކަންކަން ކުރުމުގައި ވަގުތު ހޭދަކުރުމަށް ފަހު ކޮންމެ ހޮނިހިރު ދުވަހަކު އެހެންވެސް މަސައްކަތްތެރިންގެ މަސައްކަތްތައް ހުންނަ ތަންތަނަށް އަހުމަދުއްސަބްތީ ގޮސްއުޅެއެވެ. އަދި އެމީހުންގެ އަތުން ތަފާތު މަސައްކަތްތައް ހޯދައި އުޖޫރައަށް އޭނާ މަސައްކަތްކޮށްދެއެވެ. އޭނާގެ ގެ ހުންނަނީ އެހެންވެސް އެފެންވަރުގެ މަސައްކަތްތެރިންގެ އާދައިގެ ގެތައް ހުންނަ ދަރަޖައިގައެވެ. އޭނާ ލަނީ ވެސް އާދައިގެ ފޭރާމެކެވެ. ކައިބޮއިއުޅެނީ ވެސް އާދައިގެ މީހުންނާ އެއްފަދައަކުންނެވެ.

ދުވަސްތައް މާޒީވަމުން ގޮސް އަހުމަދުއްސަބްތީ މީސްތަކުންނަށް ހޮނިހިރު ދުވަހެއްގައިވެސް ނުފެންނަތާ ދެތިން ހަފުތާއެއް ވޭތުވުމުން، މަސައްކަތްތެރިންގެ ތެރޭގައި މިވާހަކަ ދެކެވި އޭނާގެ ގެޔަށް ބަޔަކު މީހުން ޒިޔާރަތެއް ކުރިއެވެ. އޭރު އޭނާ އޮތީ ގައިބާރުދެރަވެ ވަރަށް ބަލިހާލުގައެވެ.

އޭނާ މަރުވުމުގެ ކުރިން އެމީހުންނަށް ވަސިއްޔަތެއް ކުރިއެވެ. އަނގޮޓިއެއް ދިނުމަށްފަހުގައި އޭނާ ވަސިއްޔަތްކުރީ އެ އަނގޮޓި ހިފައިގެން ބަގުދާދަށް ގޮސް އޭރުގެ މުސްލިމުންގެ ޚަލީފާ އަމީރުލްމުއުމިނީން ހާރާނުއްރަޝީދަށް އެ އަނގޮޓިކޮޅު ދިނުމަށެވެ. އެއަށްފަހު ދެންނެވުމަށެވެ.

"އަހަރެން ބުންޏެވެ؛ ހިތާމަކުރާ މީހެއްގެ ހިތާމައިން މަންފާއެއް ނުވާނެ ފަދަ ތިޔަ ހާލުކޮޅުގައި، މަރުވަންދެން ނުހުންނަވާށެވެ! ތިބާ ﷲ ގެ މަގުން އެއްކިބާވެފައިވާ މިންވަރާމެދު ހޭވެރިކަންވާށެވެ! ފަހެ މިއަދު ތިބާއަށް ތިޔަ އޮތް ވެރިކަން މީގެ ކުރިން ލިބުނު އެކެއްގެ އަތުގައިމެ ދެމި އޮތް ނަމަ ތިޔަ ވެރިކަން ތިބާއާ ހަމައަކަށް ނައީހެވެ. ތިޔަ ވެރިކަމަކީ ތިބާގެ އަތުން ނެގެވި އެހެން މީހަކަށް ލިބެވިގެންދާނޭ އެއްޗެކެވެ. ފަހެ ތިބާއަށް ވޭތުވެ ދިޔަ މީސްތަކުންގެ ހަބަރުތައް ލިބިފައިވެއެވެ."

ދުވަސްވަރަކީ އިލްމީ ގޮތުންނާއި ސަގާފީގޮތުން އަދި ވިޔަފާރީގެ ގޮތުން މުސްލިމުން މުޅި ދުނިޔެއަށް ފެތުރި، ތަރައްގީއާއި ތަމައްދުނުގެ ރޮނގުގައި ކުރިބޯއްޓަށް ދަތުރުކުރަމުންދިޔަ ޒަމާނެވެ. މުސްލިމުންގެ ވެރިކަންތަކުގެ ތެރެއިން އައްބާސީ ޚިލާފަތުގެ ވެސް އެންމެ އުޖާލާ ރަންޒަމާނެވެ. ބަގުދާދުގައި ވެރިކަމުގެ ދަރުބާރުގައި އެ އިންނެވީ މުސްލިމުންގެ މަތިވެރި ޚަލީފާ ހާރޫނުއްރަޝީދެވެ.

ދަރުބާރަށް އެއައީ ބަޞަރާއިން އައި މީހެކެވެ. އޭނާ އެދި ދެންނެވީ ވަރަށް މުހިންމު ކަމަކު ޚަލީފާއާ އެކަނި ބައްދަލުކޮށްލަން ބޭނުންފުޅުކަމަށެވެ. ޚަލީފާ ހާރޫނުއްރަޝީދު އެފުރުސަތު އޭނާއަށް ދެއްވުމުން، ޚަލީފާގެ އަތްޕުޅަށް އަނގޮޓިއެއް ދިއްކޮށްލިއެވެ. އެ އަނގޮޓިކޮޅު ހަމަ ފެނިވަޑައިގަތުމާއެކު އެއީ ދަރިކަލުން އަޙްމަދުގެ އަނގޮޓިކޮޅުކަން އެނގިވަޑައިގެން ދަރިކަލުން ކޮބާތޯ ސުވާލުކުރެއްވިއެވެ. އެޔާއެކު އެމީހާ ދެންނެވީ އޭނާ ނިޔާވިކަމުގެ ހަބަރެވެ.

އަދި ބަސަރާގައި އޭނާ އުޅުނު އާދައިގެ ދިރިއުޅުމާއި އޭނާއަކީ ޚަލީފާގެ ދަރިކަލެއްކަން މީސްތަކުންނަށް އެނގިފައިނުވާކަމުގެ ވާހަކައެވެ. އެއަށްފަހު އޭނާގެ މަރުމަތީގައި ޚަލީފާއަށް ރައްދުކޮށްދޭން ދެންނެވި ވަސިއްޔަތުގެ ޖުމުލަތައް ބަޔާންކޮށްދެއްވިއެވެ. ދެން ހާރޫނުއްރަޝީދު ކީރިތިކުރައްވައި ވިދާޅުވިއެވެ. އޭނާގެ ގަބުރު ހުރިތަން އެނގޭތޯއެވެ؟ އެމީހަކު ދެންނެވިއެވެ. އާދޭހެވެ! ސާހިބާއެވެ! އޭނާ ފަސްދާނުލުމުގައި އިސްކޮށް އުޅުނީ އަހަރެންނެވެ.

ޚަލީފާ ހާރޫނުއްރަޝީދު ދަރުބާރުގެ ހައެއްކަ ބޮޑުންނާއެކު ބަސަރާއަށް ދަތުރުކުރައްވައި ދަރިކަލުންގެ ގަބުރަށް ޒިޔާރަތްކުރެއްވިއެވެ. އަދި ވަރަށް ބޮޑަށް ކީރިތިކުރައްވާ ހާލުގައި ވަރަށް ގިނައިރު ގަބުރު ކައިރީގައި ހުންނެވިއެވެ. ވިދާޅުވަމުން ގެންދެވިއެވެ. އޭނާއަށް މާތް ﷲ ރަޙުމަތްލައްވާށިއެވެ. އޭނާގެ އަމިއްލަ އަތުން މަސައްކަތްކޮށްގެން ލިބޭ އެއްޗަކުން މެނުވީ ދިރިއުޅުމަށް އޭނާ ނުރުހުންތެރިވިއެވެ. އަދި ދުނިޔޭގެ އުފަލާއި ޒީނަތްތެރިކަން އޭނާގެ ހިތަކަށް ލިބިފައި އޮއްވައި އެޔަށް ފުރަގަސްދިނެވެ. މާތް ﷲ އޭނާއަށް ރަހުމަތްލައްވާށިއެވެ.

އިސްވެ މި ބަޔާންކޮށްލެވުނީ، މަޝްހޫރު އިލްމުވެރިޔާ އިބްނު ކަޘީރު އޭނާގެ ތާރީހު ފޮތް އަލްބިދާޔާ ވަންނިހާޔާ ގައި ގެންނަވާފައިވާ ވާހަކައެކެވެ. މުސްލިމުންގެ މަޝްހޫރު އެއް ޚަލީފާ ކަމަށްވާ ޚަލީފާ ހާރޫނުއްރަޝީދުއާއި އޭނާގެ ދަރިކަލުން އަޙްމަދު ގެ ވާހަކައެވެ. ދަރިކަލުން އަހުމަދު އޭރު ވެރިކަން ކުރި އިރާގު ކަރަ ވެސް ދޫކުރައްވައި ގަނޑުވަރުތެރެއިން ނުކުންނަވައިގެން ފިއްލެވީ ބައްޕާފުޅަށް އެނގިވަޑައިގަތުމަކާ ނުލައި ސިއްރުންނެވެ.

އަދި އެއަށްފަހު ކާކުކަން ނޭނގޭނެ ގޮތަށް ބަޞަރާގައި ދިރިއުޅުއްވީ އާދައިގެ ރައްޔިތެއް ކަމުގައި ހެދިގެން ސާދާ ދިރިއުޅުއްވުމެކެވެ. މީހުންނަކަށް އެއީ ޚަލީފާއެއްގެ ދަރި އަމީރުވެރިއެއް ކަމެއް ނޭނގެއެވެ. އެކަން އެންގުމަކީ މާމުހިންމު ބޭނުންތެރިކަމެއްކަމަށް ދެކެވަޑައިނުގެންނެވީތޯއްޗެކެވެ.

ކޮންމެއަކަސް ޕްރިންސް އަހުމަދު ހިޔާރުކުރެއްވީ ސާދާ ދިރިއުޅުއްވުމެކެވެ. އެހެނަސް އަޅުވެރި ދީންވެރި އުޅުއްވުމެކެވެ. ޕްރިންސް އަހުމަދުގެ ވާހަކައަކީ ދަރިންނަށް ހުރި ނަމޫނާއެއްގެ އިތުރުން ބައްޕައިންނަށް ވެސް ހުރި ނަމޫނާއެކެވެ. އަދި ކިއެއްތަ ވެރިންނަށް އޮތް މާބޮޑު ނަސޭހަތަކާއި ވައުޒެކެވެ.

ހާރޫނުއްރަޝީދަކީ އިސްލާމީ ވެރިކަމެއް ކުރެއްވި މުސްލިމުންގެ މަތިވެރި ހިދުމަތްތެރި ޚަލީފާއެކެވެ. ނަމަވެސް ހަމަ އެޔާއެކު ތާރީހު އިލްމުވެރިން ފާހަގަކުރައްވާ ގޮތަށް މުނިފޫހިފިލުވުމަށް މުސްލިމުންގެ ބައިތުލްމާލުން ކުރެއްވި ބައެއް ހަރަދުތައް ހުރީ އިސްރާފުގެ ވެސް ތަންކޮޅެއް މަތީ ހިސާބެއްގައިކަމުގައި ދަންނަވަންޖެހެއެވެ. ޚުދު އަމިއްލަފުޅު ދަރިކަލުން އެ ނަސޭހަތްތެރިވަނީ އެހެންވެ ނޫންތޯއެވެ؟

"އަހަރެން ބުންޏެވެ؛ ހިތާމަކުރާ މީހެއްގެ ހިތާމައިން މަންފާއެއް ނުވާނެ ފަދަ ތިޔަ ހާލުކޮޅުގައި، މަރުވަންދެން ނުހުންނަވާށެވެ! ތިބާ ﷲ ގެ މަގުން އެއްކިބާވެފައިވާ މިންވަރާމެދު ހޭވެރިކަންވާށެވެ! ފަހެ މިއަދު ތިބާއަށް ތިޔަ އޮތް ވެރިކަން މީގެ ކުރިން ލިބުނު އެކެއްގެ އަތުގައިމެ ދެމި އޮތް ނަމަ ތިޔަ ވެރިކަން ތިބާއާ ހަމައަކަށް ނައީހެވެ. ތިޔަ ވެރިކަމަކީ ތިބާގެ އަތުން ނެގެވި އެހެން މީހަކަށް ލިބެވިގެންދާނޭ އެއްޗެކެވެ. ފަހެ ތިބާއަށް ވޭތުވެ ދިޔަ މީސްތަކުންގެ ހަބަރުތައް ލިބިފައިވެއެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox