އެމްއޭސީއެލްއަށް ޓެކްނޮލޮޖީ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: އެތަން އޮޕަރޭޓް ކުރަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާއެއް ދަނީ ހޯދަމުން -- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: އެތަން އޮޕަރޭޓް ކުރަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާއެއް ދަނީ ހޯދަމުން -- ފޮޓޯ: އަދަދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ޓެކްނޮލޮޖީއާ ގުޅުން ހުރި މަސައްކަތްތައް ކޮށްދޭނެ ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާއެއް ހޯދުމަށް މިއަދު އިއުލާންކޮށްފި އެވެ.

އެމްއޭސީއެލްއިން ބުނީ ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާއެއް ހޯދަނީ އެ ކުންފުނިން އަންގާ ގޮތަކަށް، ޓެކްނޮލޮޖީއާ ގުޅުންހުރި ހިދުމަތްތައް ފަރުމާކޮށް ބިނާކޮށް ފޯރުކޮށްދިނުމާއި ބެލެހެއްޓުމަށް ކަމަށެވެ.

އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށާއި ޓީމުގައި މަދުވެގެން ފަސް ދިވެހިން ވެސް ހިމެނެންވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑާއަކަށް ޝައުގުވެރިވާ ފަރާތްތަކުން bidinfo@macl.aero މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން ވަނީ އެދިފަ އެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ގާބިލުކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހެ އެވެ.

ޝައުގުވެރިވާ ކުންފުނީގެ ގާބިލުކަން އަންގައިދިނުމަށް ޕްރޮފައިލް، މުވައްޒަފުންގެ ތަފްސީލް (ޕެންޝަން އޮފީހުންދޭ މުވައްޒަފެއްކަން އަންގައިދޭ ލިޔުން) އަދި ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.

އެމްއޭސީއެލްއިން ބުނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox