ޗެލްސީން ސިޓީ ހުއްޓުވައިފި، ލިވަޕޫލާއި ޔުނައިޓެޑަށް ޕޮއިންޓެއް

Jan 5, 2026, 2:19 AM
ޗެލްސީން ސިޓީ ހުއްޓުވައިފި، ލިވަޕޫލާއި ޔުނައިޓެޑަށް ޕޮއިންޓެއް

މެންޗެސްޓާ (ޖެނުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ފަހު ވަގުތު ލަނޑު ޖަހައި، 1-1 އިން އެއްވަރުކޮށް މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހުއްޓުވިއިރު، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑުން ލީޑްސް ޔުނައިޓެޑް ދަނޑުގައި 1-1 އިން އެއްވަރުވިއިރު، ލިވަޕޫލާއި ފުލަމް ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

ރޭގެ ނަތީޖާތަކަށް ފަހު، އާސެނަލަށް ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އާސެނަލަށް 20 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ޖެހިޖެހިގެން ދެ މެޗުން އެއްވަރުވި ސިޓީ އަށް 20 މެޗުން ލިބިފައިވަނީ، 42 ޕޮއިންޓެވެ. އަދި، ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ލިވަޕޫލަށް 20 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ޓިޖާނީ ރައިންޑާސް އެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ޗެލްސީން ވަނީ އެންޒޯ ފެނާންޑޭޒް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. މިއީ، ޗެލްސީގެ ކޯޗުކަމުން އެންޒޯ މަރެސްކާ ވަކިކުރި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޗެލްސީ އަށް އިރުޝާދުދިނީ އެ ޓީމުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު، ކަލުމް މެކްފާލޭން އެވެ.

ލީގުގައި ރޭ ލީޑްސް އިން އަމިއްލަ ދަނޑުގައި، ބްރެންޑަން އާރޮންސަންގެ ލަނޑުން ލީޑުނެގި ނަމަވެސް، ޔުނައިޓެޑްގެ މަޓެއުސް ކޫންޏާ ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ފުލަމް އިން ލިވަޕޫލް ކޮޅަށް ފުރަތަމަ ހާފުގައި ލީޑުނެގީ ހެރީ ވިލްސަން ޖެހި ގޯލުންނެވެ. ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ގޯލެއް ކަމަށް ނިންމި އެވެ. ލިވަޕޫލުން އެއްވަރުކުރި ލަނޑަކީ ވެސް ވީއޭއާރް އިން ބަލައިފައި ނިންމި ގޯލެކެވެ. އެ ގޮތުން، ފުރަތަމަ ފްލޯރިއަން ވާޓްޒް ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމި ނަމަަވެސް، ވީއޭއާރް އިން އެ ނިންމުން ބަދަލުކުރި އެވެ.

ލިވަޕޫލުން ވަނީ އިތުރު ވަގުތުގެ ތެރޭގައި ކޯޑީ ގަކްޕޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، އޭގެ ފަހުން، ހެރިސަން ރީޑް އޭރިއާބޭރުން ޖެހި ހިތްގައިމު ގޯލުން ފުލަމް އިން ވަނީ އެއްވަރުކޮށްފަ އެވެ.

ލީގުގައި ރޭ ބްރެންޓްފޯޑުން 4-2 އިން އެވަޓަން ބަލިކުރިއިރު، ކްރިސްޓަލް ޕެލަސްގެ މައްޗަށް ނިއުކާސަލް އިން ކުރިހޯދީ 2-0 އިންނެވެ. އަދި، ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ސަންޑަލެންޑާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox