ވެނެޒުއޭލާގެ ރައީސް މަޑޫރޯ އެމެރިކާއިން ހައްޔަރުކޮށް، އެ ގައުމުން ގެންގޮސްފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ: އެމެރިކާގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ވެނެޒުއޭލާއިން ވަނީ ނެރެގެން ގެންގޮސްފައި -- ފޮޓޯ: އޭޕީ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ: އެމެރިކާގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ވެނެޒުއޭލާއިން ވަނީ ނެރެގެން ގެންގޮސްފައި -- ފޮޓޯ: އޭޕީ

ވެނެޒުއޭލާއަށް އެމެރިކާ ސިފައިން އަރައިގަނެ އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ބެލުމުގެ ދަށަށް ގެނެސް، ވެނެޒުއޭލާއިން ނެރެގެން މިއަދު ގެންގޮސްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މަޑޫރޯއާ ދެކޮޅަށް ވެނެޒުއޭލާގައި ހިންގި އޮޕަރޭޝަން ކާމިޔާބުކޮށް، މަޑޫރޯގެ އިތުރުން އޭނާގެ އަނބިކަނބަލުން އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޮޕަރޭޝަންގެ ތެރެއިން އެމެރިކާގެ ބެލުމުގެ ދަށަށް ގެނައި މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ވެނެޒުއޭލާއިން އެ ގައުމުން ބޭރުކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަކު މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ގެންދަނީ ކޮން ގައުމަކަށް ކަމެއް ޓްރަމްޕް ހާމައެއް ނުކުރައްވަ އެވެ.

ވެނެޒުއޭލާއަށް އެމެރިކާއިން ފުލުފުލުގައި ދިން ވައިގެ ހަމަލާތަކުގައި އެ ގައުމުގެ މިލިޓަރީ ސައިޓްތަކާއި އެކި ހިސާބުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

ވެނެޒުއޭލާއިން ވަނީ އެ ގައުމަށް ދޭން ފެށި ހަމަލާތަކާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި މަޑޫރޯ ދަނީ މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހިކޮށް އިސްކޮށް އެކަމުގެ ތެރޭގައި އުޅުއްވަމުންނެވެ. ނަމަވެސް މަޑޫރޯ ވަނީ އެކި ޕްލެޓްފޯމްތަކުގައި އެކަން ދޮގުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

ޔަހޫދީ ވަޒަންވެރިން ޔޫރަޕްގެ ޑިޕްލޮމެޓުންނަށް ވެސް ހަމަލާދީފި

ހުޅަނގު އައްސޭރީގައި މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިންތަކެއް ބެލްޖިއަމްގެ ކޮންސުލް ޖެނެރަލް ހިމެނޭހެން ޔޫރަޕްގެ ޑިޕްލޮމޭޓުންގެ ވަފުދަކަށް ހަމަލާދީފިއެވެ. މި ހަމަލާ ބެލްޖިއަމް އާއި އެމެރިކާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މި ހާދިސާއާ މެދު ޝައްކު އުފައްދައި މިއީ އިސްރާއީލުގެ އަގުވައްޓާލަން ހިންގާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

ފްރާންސްގައި ފިހާރަތައް ލޫޓުވައި ތަންތަނުގައި ހުޅުޖަހައިފި

ފްރާންސްގެ ދިރިއުޅުމުގެ އަގުތައް އުފުލުމާއި ސްކޫލްތަކުގެ ހާލަތާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ފިހާރަތައް ލޫޓުވައި އިމާރާތްތަކުގައި ވަނީ ހުޅުޖަހާފައެވެ. މި ކުރިމަތިލުންތަކުގައި 150 ފުލުހުންނަށް އަނިޔާވެ، 1،200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ސަރުކާރުން ވަނީ މިއީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާ ހަމަނުޖެހުންތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސައުދީގެ ދިފާއުގައި ނުކުތުމަށް މިސްރުން މަޖިލީހުގެ ހުއްދަ ހޯދަނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށްޓަކައި، މިސްރުގެ އަސްކަރިއްޔާ ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ރައީސް ސީސީ ވަނީ ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ. ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިސްރުން ތައްޔާރަށް އޮތްކަން ހާމަކުރައްވައި، މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕާލަމެންޓުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ބަންގްލަދޭޝްގައި ހިމަބިހީގެ ހާލަތު އަދިވެސް ވަރަށް ގޯސް

ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި 1,147 މީހުން ވަނީ މަރުވެފައެވެ. މި ހާލަތު ގޯސްވީ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުން ކަމަށްވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ. ސިއްހީ މާހިރުން މިކަން ސިފަކުރަނީ ވެކްސިން ޖެހުމުގެ މުހިންމުކަން އަންގައިދޭ، އެހެން ގައުމުތަކަށް ލިބުނު ވަރުގަދަ އިންޒާރެއްގެ ގޮތުގައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

Newsletter

Get the latest news delivered straight to your inbox