އުރީދޫއިން އާ އަހަރަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި

އުރީދޫއިން އާ އަހަރަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސް އިން އާ އަހަރު ފާހަގަކުރުމުގެ ގޮތުން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ ހާއްސަ ޕްރީޕެއިޑް ޕްލޭންތަކާއި، ސޯޝަލް މީޑިއާ ބަންޑަލްސް އަދި ޑޭޓާ ޑީލްތަކާ އެކު އާ އަހަރަށް މަރުހަބާ ކިޔަން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުން އުފާފާޅުކުރުމަށް ދާ ވަގުތުތަކުގައި މެދުނުކެނޑި ގުޅިފައި ހުރެވޭ ގޮތަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އާ އަހަރާ ދިމާކޮށް އުރީދޫއިން ތައާރަފްކުރި އޮފާތައް:

  • ޕްރީޕެއިޑް ނިއު އިޔާ ޕެކް: 1.5 ޖީބީ ޑޭޓާ އާއި 26 ލޯކަލް މިނިޓް 26ރ. އަށް. މިއީ ތިން ދުވަހުގެ ވެލިޑިޓީއާއެކު ތައްޔާރުކުރެވިފައިވާ ޕެކެއް.
  • އާޗާ ޕްރީޕެއިޑް ޕްލޭން - 1 އަހަރު ވަންދެން ދުވާލަކު ދެ ޖީބީ: 2،026ރ. އަށް ޖުމްލަ 730 ޖީބީގެ މި ޕްލޭންގެ ދަށުން އަންލިމިޓެޑް އުރީދޫގެ ކޯލްތަކާއި، ދުވާލަކު އެއް ޖީބީ ރެގިއުލާ ޑޭޓާ އަދި ދުވާލަކު އެއް ޖީބީ ޓިކްޓޮކް ޑޭޓާ ލިބޭނެ.
  • އާޗާ 6 މަސްދުވަހުގެ ޕްލޭން: ހަ މަސް ދުވަހަށް ދުވާލަކު 5.5 ޖީބީ، 2،026ރ. އަށް. މީގެ ތެރޭގައި މުޅިއަކު 990 ޖީބީ ޑޭޓާ، އަންލިމިޓެޑް ކޯލް، ޑެއިލީ ރެގިއުލާ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބާ ޑޭޓާ ހިމެނޭނޭ.
  • އާޗާ ޕްރީޕެއިޑް ޕްލޭން - ތިން މަސް ދުވަހަށް ދުވާލަކު ތިން ޖީބީ: މި ޕްލޭންގެ ދަށުން 1،100ރ. އަށް ތިން މަހަށް މުޅިއަކު 270 ޖީބީ ލިބޭނެ. މީގެ ތެރޭގައި ދުވާލަކު ތިން ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫގެ ކޯލް، ޑެއިލީ ރެގިއުލާ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބާ ޑޭޓާ ހިމެނޭ.
  • އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކް: ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެއްވެސް ލިމިޓަކާ ނުލައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ އެންމެ 25ރ. އަށް އެއް ދުވަހުގެ ވެލިޑިޓީއަކާއެކު. މި ޑޭޓާ ބޭނުން ކުރެވެނީ ވަކި އެޕް ތަކަކަށް.
  • ޓިކްޓޮކް ސުޕަޑީލް: މެދުނުކެނޑި ޓިކްޓޮކް ބެލުމަށް ކަސްޓަމަރުންނަށް 28 ދުވަހުގެ މުއްދަތަށް ފަސް ޖީބީގެ ޓިކްޓޮކް ޑޭޓާ ހިލޭ ލިބޭނެ. އުރީދޫ ސުޕާއެޕްގެ ސުޕަޑީލް ސެކްޝަން އިން މި އޮފަރ ރިޑީމް ކުރެވޭނެ.

އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް މި ހުރިހާ އޮފަރތަކެއް ވެސް ލިބެން ހުންނާނެ ކަމަށާއި އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނީ އަވަސް އަދި ފަސޭހަ ގޮތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އާ އަހަރުގެ އޮފާތަކާ އެކު އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ހޯދައިދީ 2026 ވަނަ އަހަރު ވެސް ގުޅުންތައް ބަދަހި ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox