ޕްރައިމަރީ ބޭއްވުމުގައި އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރާ ކަމަށް ތުހުމަތުކޮށް އަލީ އާޒިމް ޝަކުވާ ހުށަހަޅައިފި

ޕްރައިމަރީ ބޭއްވުމުގައި އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރާ ކަމަށް ތުހުމަތުކޮށް އަލީ އާޒިމް ޝަކުވާ ހުށަހަޅައިފި

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކަންކަން އިންތިޒާމު ކުރަމުންދަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް އެ ކަމުގެ ޝަކުވާ މާލޭގެ މޭޔަރުގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމް ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީ ޕްރައިމަރީގައި އެންމެ ފޯރިގަދަކޮށް ފެންނަނީ މާލޭގެ މޭޔަރުގެ ޕްރައިމަރީ އެވެ. އަލީ އާޒިމް ނުކުންނަނީ މިވަގުތު ވެސް މާލޭގެ މޭޔަރުގެ މަގާމުގައި ހުރި އާދަމް އާޒިމްއާ ދެކޮޅަށެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާގައި އަލީ އާޒިމް ވަނީ މައިގަނޑު ތިން ކަމެއް ފާހަގަކޮށްފަ އެވެ. އެއީ؛

  • އަސާސީ ގަވާއިދުގެ 84 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްނުކޮށް އިންތިހާބާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވުން،
  • އިންތިހާބަށް ކުރިމަތިލުމާށް ހުށަހަޅާ ލިޔެކިޔުން ބަލައިގަންނަން ޖެހެނީ ޕާޓީގެ ސެކްރެޓޭރިއޭޓުން ކަމަށް ބުނެފައިވީ ނަމަވެސް އިންތިހާބާ ބެހޭ ކޮމިޓީން ހަވާލުވެ ތަކެތި ބަލައިގަންނަމުންދިޔުން
  • އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހު އާއި ކޮމިޓީގެ މެންބަރުން ކަމަށްވާ އިބްރާހިމް މުއިއްޒު އަދި ޝާތިރު އަބްދުއްރަހުމާން އާދަމް އާޒިމްއަށް ކެމްޕޭން ކުރަމުން ދިޔުމެވެ.

އާޒިމް ވަނީ ޑިސެމްބަރު 11، އާ ހަމައަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މީހުންނަށް ޕްރައިމަރީގައި ވޯޓުލެވޭނެ ގޮތް ހެދުމަށް އެދިފަ އެވެ. އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރުން އިންސާފުވެރި ޕްރައިމަރީއެއް ބޭއްވޭނެ ގޮތަށް އަމަލުކުރުމަށް އަންގަވައިދިނުމަށް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގަވާއިދަށް ޕްރައިމަރީގައި އަމަލުކުރުމަށާއި ސެކްރެޓޭރިއޭޓުގެ މަސައްކަތް އިންތިހާބާ ބެހޭ ކޮމިޓީއާ ހަވާލުނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ.

ޕްރައިމަރީގެ ވޯޓުލުން އަންނަ ޖެނުުއަރީ 16، ގައި ބާއްވަން ނިންމާފައިވާކަން އެމްޑީޕީއިން ވަނީ އިއުލާންކޮށްފަ އެވެ.

ކައުންސިލް އިންތިހާބު އޮންނާނީ މާޗު 28، 2026 ގަ އެވެ. އެ އިންތިހާބަކީ އެމްޑީޕީ އަދި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެސް މުހިންމު އިންތިހާބެކެވެ.

-------

ފޭސްބުކް، އެކްސް، އިންސްޓަގްރާމް އަދި ޓިކްޓޮކް އިން އަދަދު ނޫސް ފޮލޯ ކުރައްވާށެވެ. އަދި ހިއްސާ ކުރަން ބޭނުންވާ މައުލޫމާތެއް ނުވަތަ ހިޔާލެއް އޮތް ނަމަ، އީމެއިލުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ދެއްވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox