"ދިވެހީންގެރާއްޖޭ"ގައި އޮތް އިންސާފާއި ހަމަހަމަކަން!

ރައީސް މުހައްމަދު މުހިއްމު މައްޗަންގޮޅީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުހިއްމު މައްޗަންގޮޅީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ބާއްވާ ކޮންމެ ޖަލްސާއަކުން ފެންނަނީ އެއް މަންޒަރެކެވެ. ރައްޔިތުން އާދޭހާއެކު މަނިކުފާނުގެ އަރިހުގައި ދަންނަވަނީ ބޯހިޔާވަހިކަމުގެ ތަސައްލީއަކަށެވެ. މިއީ މިއަދު ދިވެހި ކޮންމެ އާއިލާއެއްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ނަމަވެސް، މަނިކުފާނުގެ ސަރުކާރުން މި ފަހަކަށް އައިސް ނިންމަވަމުންދާ ނިންމެވުންތަކުން ފެންނަނީ އިންސާފުގެ ބަދަލުގައި، ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދޭ މަންޒަރެވެ.

ރޯދަމަހުގެ ކަރަންޓު ބިލުތަކުން ލުއި ތިޔަ ދެއްވަނީ ރައްޔިތަކު އާދޭސްކޮށްގެނެއް ނޫނެވެ. ނަމަވެސް އެ "ލުއި" ބެހިގެންދާ ގޮތުން އިންސާފާ މެދު ސުވާލު އުފެދެއެވެ. މަހުޖަނުން ނުވަތަ ބޮޑެތި ގެތަކުގެ 20,000ރ.ގެ ބިލު 400ރ. އަށް ކުޑަވާއިރު، ރޯދަ މަހު 399ރ. އަރާ ނިކަމެތި މީހާއަށް އެއްވެސް ލުޔެއް ނެތެވެ.

ހުޅުމާލޭން ގޯތި ގަނެފައިވާ ފަރާތްތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމެވި ކަމަށް ރޭ އިއުލާނު ކުރެއްވި އެވެ. މަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީތޯއެވެ؟ އެ ގޯތިތަކަކީ މިއަދު އަގުބޮޑު ގެސްޓުހައުސްތަކާއި، ބޮޑެތި ވިޔަފާރިތައް ހިންގާ، އިންވެސްޓްކުރި ވަރަށްވުރެ އެތައް ގުނައެއް ފައިދާ ލިބެމުންދާ ތަންތަނެވެ. އެފަދަ ތަނަވަސް ވިޔަފާރިވެރިންނަށް ދައުލަތުގެ ފައިސާއިން ޑިސްކައުންޓު ދޭންވީ ކީއްވެގެންތޯއެވެ؟

ގާނޫނުއަސާސީން މަނިކުފާނަށް މަތިކޮށްފައި އޮތީ އެ ފޮތާ އެއްގޮތަށް އަމަލު ކުރުމަށެވެ. ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމާއި ތަފާތު ނުކުރުން ކޮބައިތޯއެވެ؟ ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ދައުލަތުގެ މުދަލާއި ފައިސާއިން ދިނުމަކީ ކުށެކެވެ. ކޮރަޕްޝަނވެ. ބޮޑު ޖަރީމާއެކެވެ.

ސަރުކާރުގެ ފްލެޓުތަކަށް ލުއިދީ، ވަކި ބަޔަކަށް "ހަދިޔާ" ބެއްސެވުމުގެ ބަދަލުގައި، ހުރިހާ ރައްޔިތުންނަށް އިންސާފުވެރިވާށެވެ. ކުލީގެ ބުރައިގައި ތިބި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ހަގީގީ ބަދަލެއް އަންނަންދެން، އެންމެހާ ނިކަމެތިންނަށް ޝާމިލުވާނެ ފަދަ ލުޔެއް ދިނުން މާ އިންސާފުވެރި ނޫންތޯއެވެ؟ އޭރުން ބޮޑު ކުލި ދައްކައިގެން އުޅޭ މީހާއާއި، ބޭންކު ލޯނު ނަގައިގެން ނޭވާ ހާސްވެފައިވާ މީހާއަށްވެސް އެ ލުއި ލިބޭނެ އެވެ.

ކުއްޔަށް އުޅޭ ރައްޔިތުން މިއަދުވެސް އެވްރެޖްކޮށް އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް 12,000 އާއި 15,000ރ. ދެމެދުގެ އަދަދެއް ހަރަދުކުރެއެވެ. ސަރުކާރުގެ ފްލެޓްތަކަށް ލުއިދޭއިރު، އަގުބޮޑު ކޮށް ގޯތި ގަނެފައިވާ ފަރާތްތަކަށް ޑިސްކައުންޓު ދޭއިރު، ކުލީގެ ދަންތުރައިގައި އުޅެން މަޖުބޫރުވެފައިވާ ރައްޔިތުންނަށް "ރެންޓް ސަބްސިޑީ" އެއް ނުވަތަ ލުޔެއް ނުލިބުމަކީ އުފެދޭ ބޮޑު ސުވާލެކެވެ.

ހުޅުމާލެއިން ގޯތި ގަނެފައިވާ މީހުންނަށް 10 ޕަސެންޓު ޑިސްކައުންޓު ދޭއިރު، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ބީއެމްއެލް ނުވަތަ އެޗްޑީއެފްސީ މެދުވެރިކޮށް 10 ޕަސެންޓަށް ވުރެ މަތީ އިންޓްރެސްޓް ރޭޓުގައި ލޯނު ނަގައިގެން އުޅޭ އެތައް ބަޔަކު އެބަތިއްބެވެ. އެމީހުން ދައްކަންޖެހޭ ޖޫރިމަނާއާއި އިންޓްރެސްޓަށް ލުޔެއް ނުލިބި، ހަމައެކަނި ވަކި ބަޔަކަށް އިމްތިޔާޒުތަކެއް ދިނުމަކީ އެއްވެސް ހަމައަކުން އިންސާފުވެރި ގޮތެއް ނޫނެވެ.

ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މަތިވެފައިވެފައި މިވަނީ މަނިކުފާނު ގެންނެވި ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ސިޔާސަތުގެ ސަބަބުންނެވެ. މިފަދަ ދަނޑިވަޅުގައި، ހަމައެކަނި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓާއި ގޯތި ލިބުނު މީހުންނަށް ލުއިދިނުމުން، އެ ފުރުސަތު ނުލިބުނު ރައްޔިތުންނަށް އިހުސާސްވަނީ އެމީހުން ބާކީވެފައިވާ ކަމެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އުޅެނީ އަމިއްލަ ކުލީ ބިމުގައާއި ބޭންކު ދަރަނީގެ ދަށުގައެވެ. އެހެންވެ، މިކަންކަން ހުށަހަޅާލަމެވެ.

  • ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާތައް ކަނޑާލި އުސޫލުން، ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި (ޕްރައިވެޓް ސެކްޓަ ހިމެނޭހެން) އުޅޭ ފަރާތްތަކަށްވެސް ކޮންމެވެސް ސިފައެއްގައި ލުއި ލިބޭނެ ގޮތެއް ހަމަޖެއްސެވުން.
  • ބޯހިޔާވަހިކަމަށް ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް ކުޑަކުރުން

އަދި ހަމައެކަނި ބޯހިޔާވަހިކަމެއް ނޫނެވެ. އިގުތިސާދީ ހާލަތަށް ބަލާއިރު، މަނިކުފާނުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން މުދަލުގެ އަގުތައް ވަނީ އަތްނުފޯރާ ފަށަށް އަރާފަ އެވެ. އިއްޔެ 50ރ. އަށް ހުރި މުދާ މާދަމާ 60ރ. ނުވަތަ 70ރ. އަށް ބޮޑުވެ، އާންމު ރައްޔިތުން އުފުލަންޖެހިފައިވަނީ މިހާތަނަށް ތަޖުރިބާ ނުކުރާ ފަދަ ތަދިކަމެކެވެ. ކުންފުނިތަކުން މުދަލުގެ އަގު ހިފެހެއްޓުމަށްޓަކައި ފައިދާގެ މިންވަރު ކުޑަކޮށް، ލޯނު ނަގައިގެން ޚަރަދުތައް ހަމަޖައްސަން މަޖުބޫރުވެއްޖެއެވެ. މިފަދަ ޙާލަތެއްގައި އޮތް ވިޔަފާރިތަކަށް އެއްވެސް ލުޔެއް ދޭން މަނިކުފާނު ނުވިސްނަވަނީތޯއެވެ؟

މަނިކުފާނަށް ގާނޫނުއަސާސީން މަތިކޮށްފައިވަނީ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރުމަށެވެ. ވަކި ބަޔަކު މުއްސަނދިކޮށް، ވަކި ބަޔަކު ބާކީކުރުމުގެ ސިޔާސަތެއް އޮވެގެން ނުވާނެ އެވެ.

އުންމީދަކީ ރައްޔިތުންގެ މި ހަގީގީ އާދޭސް އަޑުއިވި، އިންތިހާބީ ނުފޫޒުން އެއްކިބާވެ، ހުރިހާ ދިވެހިންނަށް ހަމަހަމަ އިންސާފެއް ލިބިގެންދިއުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox