ބައިނަލްއަގުވާމީ ތައުރީފުތަކާއި އެވޯޑުތަކުން ފަރުދާ ކުރެވިފައިވާ ދުންފަތުގެ ކަޅު ބާޒާރު

Dec 16, 2025, 6:05 AM
ބައިނަލްއަގުވާމީ ތައުރީފުތަކާއި އެވޯޑުތަކުން ފަރުދާ ކުރެވިފައިވާ ދުންފަތުގެ ކަޅު ބާޒާރު

ސަރުކާރުން ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ. އެ ސަމާލުކަމުގައި ސަރުކާރުން މެޑަލި ޖަހަމުން އަންނައިރު ރާއްޖޭގެ އަސްލު ހާލަތު އޮތީ ނުރައްކަލެއްގަ އެވެ. އެއީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އެޅި ކޮންމެހެން ބޭނުންތެރި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ދެކުނަސް ރާއްޖޭގައި އުފެދުނީ ބޫމިން ކަޅު ބާޒާރެކެވެ. ގާނޫނުތައް ތަންފީޒެއް ނުކުރެވެ އެވެ.

ރާއްޖޭގެ މިއަދުގެ ހާލަތާއި މެކްސިކޯގެ ހާލަތާ ވަރަށް އެއްގޮތެވެ. ދެ ގައުމުން ވެސް ގެންގުޅެނީ "ޕްރޮހިބިޝަން އޮންލީ" ނުވަތަ މަނާ ކުރުމުގެ ނާކާމިޔާބު ސިޔާސަތެކެވެ. މި ދެ ގައުމާ މުޅިން ހިލާފަށް ނިއުޒިލެންޑުން ގެންގުޅެނީ "ހާމް ރިޑަކްޝަން" ނުވަތަ ހެކިތަކުގެ މައްޗަށް ބިނާވާ ގެއްލުން ކުޑަކުރުމުގެ އިސްތިރާޖު (ސްޓްރެޓަޖީ) އެކެވެ. އެ ސިޔާސަތު ކާމިޔާބުކަން ނިއުޒިލެންޑުން ފެންނާނެ އެވެ.

ބައިނަލްއަގުވާމީ ތައުރީފުތަކަށާއި، ގެއްލުން ކުޑަކުރުމުގެ ބަދަލުގައި މަނާކުރުމަށް އިސްކަންދީގެން، ދިވެހި ސަރުކާރުން ވަނީ އާންމު ސިއްހަތާއި ސަލާމަތުގެ ގޮތުން ބޮޑު ނުރައްކަލަކާ ކުރިމަތިކޮށްފައެވެ. އެ ސިޔާސަތުގެ ސަބަބުން ސަރުކާރުން ހާސިލުކުރަން ބޭނުންވާ މަގުސަދުތަކަށް ވެސް ހުރަސް އެޅިއްޖެ އެވެ.

Advertisement

ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ދެމުންދާ އެވޯޑުތަކުން ރާއްޖޭގެ މިހާރުގެ ހާލަތު ދައްކުވައެއް ނުދެ އެވެ. ބޮޑު ސަމާލުކަމެއް ހޯދުމަށް އިއުލާނުކުރި ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމުގެ ގަވާއިދުތަކަކީ ހަމައެކަނި ކަރުދާސްކޮޅެއްގައި ލިޔެފައި އޮތް ބަސްތަކެކެވެ. ހަގީގީތަކީ އެ ގަވާއިދުތައް ތަންފީޒުކުރުމުގައި މުޅިން ނާކާމިޔާބުވެފައިވާ ކަމެވެ.

މިއީ ހަމަ މެކްސިކޯގައި ވެސް ދިމާވި ގޮތެވެ. އެ ގައުމުގައި ވެސް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކުގައި ގެއްލުން ކުޑަކުރުމުގެ އިސްތިރާޖަކަށް ސަމާލުކަމެއް ދީފައެއް ނުވެ އެވެ. ރާއްޖެއަށް ވެސް ދިމާވާނީ މިފަދަ ހާލަތެއް ކަމަށް ދެކޭ ބަޔަކު މަދެއް ނޫނެވެ. ދަށް ފެންވަރުގެ ސިނގިރޭޓުން މުޅި މާކެޓު ފްލަޑުވެފައިވާއިރު ބްލެކް މާކެޓު ހައްދުން ނެއްޓިފައިވާކަން އެއީ މިއަދު ގަބޫލުކުރަން ޖެހޭ ކަމެކެވެ.

އެ ފަހަރު ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކޮޕް 11 ގެ ސަމިޓުގައި މެކްސިކޯގެ ސިޔާސަތުތައް ބަލައިގަނެ ކުރީ ތައުރީފެވެ. މެކްސިކޯގައި ދުންފަތުގެ އިސްތިއުމާލު ކުރާ ރޭޓު ދަށެއް ނުވެ އެވެ. އެފަދަ މީހުން މަދެއް ނުވެ އެވެ. އެއާ ހިލާފަށް ނިއުޒިލެންޑުގައި ދުންފަތާ ދުރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް، އެ ސަމިޓުގައި ނިއުޒިލެންޑުގެ ސިޔާސަތުތަކަށް އަމާޒުވީ ފާޑުކިޔުމެވެ.

ޑަބްލިއުއެޗްއޯއިން މެކްސިކޯއަށް އެވޯޑު ދިނުމަކީ އެ ގައުމުގެ ސިއްހީ ހަގީގަތް ދައްކުވައިދޭ ނިންމުމެއް ނޫނެވެ. ދުންފަތުގެ ސިނާއަތާ ދެކޮޅަށް ރަސްމީކޮށް ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، މެކްސިކޯގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް ހުރީ 15.4 އިންސައްތައިގަ އެވެ.

މި އަދަދު އަޅާކިޔާއިރު، މިއީ ނިއުޒީލެންޑުގެ ނިސްބަތަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. މެކްސިކޯގެ ސްޓްރެޓަޖީއިން ދުންފަތުގެ ބޭނުންކުރުން ކޮންޓްރޯލް ކުރެވިފައި ނުވާއިރު، ގެއްލުން ކުޑަކުރުމަށް ސަމާލުކަންދޭ ނިއުޒީލެންޑުގެ މޮޑެލް ވަނީ އެ އާދަ ނައްތާލުމާ ކައިރިވެފަ އެވެ. މި ތަފާތަށް ޑަބްލިއުއެޗްއޯގެ ސަމާލުކަމެއް ލިބިފައިވާ ކަމަށް ނުފެނެ އެވެ.

ނިއުޒީލެންޑަށް ފާޑުކިޔުން އަމާޒުވީ ޒުވާނުންގެ މެދުގައި ވޭޕް ކުރުން ނުވަތަ އީ-ސިނގިރޭޓު ބޭނުންކުރުން "ނުރައްކާތެރި" މިންވަރަށް އިތުރުވެގެންދާތީ ކަމަށް ބުނެ އެވެ. ނަމަވެސް، ރަސްމީ ތަފާސްހިސާބުތަކުން ދައްކަނީ އެ ވާހަކަތަކާ އިދިކީލަ މަންޒަރެކެވެ. ނިއުޒިލެންޑުގައި ބޮޑެތި މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވަނީ 6.8 އިންސައްތައަށް ދަށްކޮށްފައެވެ. އެއީ އެ މިންގަނޑުން ދުނިޔޭގެ ނިސްބަތުން ފަސްވަނައަށް އެންމެ ދަށް ގައުމެވެ.

މި ކާމިޔާބީ ހާސިލުކުރީ ގެއްލުން ކުޑަކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ. އެ ސްޓްރެޓަޖީއަކީ ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް ފަސޭހަކުރުމަށްޓަކައި ނުރައްކާ ކުޑަ ބަދަލުތައް ލިބޭނެ ގޮތް ފަސޭހަ ކުރުމާއި، ސެސޭޝަން ކްލިނިކްތަކާއި، ރަނގަޅު ފަރުވާ އާއި މާކެޓު ރެގިއުލޭޓުކުރުމާއި އަގުތަކާއި އެއްކޮށްލާފައިވާ ސްޓްރެޓަޖީއެކެވެ.

މެކްސިކޯގައި ވޭޕިން މަނާކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ފައިދާއެއް ނުކުރާ ނިންމުމެއްކަން ވަނީ ސާބިތުވެފަ އެވެ. އެއީ ވޭޕިން ނައްތާލުމުގެ ބަދަލުގައި، އެ ކަމުގެ ޑިމާންޑުގެ ފައިދާ ނެގުމަށް ސިއްހީ ބެލެހެއްޓުމެއް ނެތި ގަވާއިދާ ހިލާފު ނެޓްވޯކްތަކުން ވަރުގަދަ ކަޅު ބާޒާރެ އަންނަނީ ހިންގަމުންނެވެ. އެކަމުގެ ސަބަބުން ސަލާމަތީ ގޮތުން ބޮޑެތި ނުރައްކާތަކާ ވެސް ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

މިއީ ރާއްޖޭގެ ހާލަތާ ވަރަށް އެއްގޮތް ހާލަތެކެވެ. އިސްތިއުމާލު ނައްތާލުމުގެ މަގުސަދުގައި ގެނައި މަނާކުރުމުގެ ސިޔާސަތުގެ ސަބަބުން ދެވިހިފާފައި ތިބި ދެވިންގެ ޑިމާންޑު ބަދަލުވީ ފައިދާ ބޮޑު، ރެގިއުލޭޓުނުކުރެވޭ ކަޅު ބާޒާރަކަށެވެ. މި ބަދަލުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރާ އުފެއްދުންތަކުގެ ފެންވަރު ދަށްވުމުގެ އިތުރުން ސަލާމަތީ ބޮޑު ނުރައްކަލަކަށް ވެސް ވަނީ ބަދަލު ވެފަ އެވެ. ރާއްޖޭގައި މިލިއަނުން ގެއްލިފައިވާ ސިނގިރޭޓާއި، ވަގަށް ނަގާފައިވާ ސިނގިރޭޓާއި، މެކްސިކޯގެ ކަޅު ބާޒާރު އެކަމަށް ހެއްކަކަށް ފުދެ އެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ހާލަތަކީ ހަމައެކަނި މަނާކުރުންގެ ސިޔާސަތުތަކުގެ ސަބަބުން ސަލާމަތާއި އާންމު ސިއްހަތަށް ބޮޑެތި ނުރައްކަލާ ކުރިމަތިވި މެކްސިކޯގެ ފޮތުން މިސާލު ނަގަން ޖެހޭ ފަދަ ހާލަތެކެވެ.

ދިވެހި ސަރުކާރަށް ލިބުނު ބައިނަލްއަގުވާމީ ތައުރީފުތަކަކީ، މެކްސިކޯއަށް ލިބުނު ތައުރީފުތަކެކޭ އެއްފަދައިން، ދުނިޔޭގެ ތަންތަނުން ތައުރީފު ލިބުމަކީ ހަގީގަތާއި ކާމިޔާބު ސިޔާސަތަކާ އެއްވެސް ގުޅުމެއް ނެތްކަމުގެ ހެއްކެކެވެ. ރާއްޖޭގެ ހިތި ހަގީގަތަކީ ދަށް ފެންވަރުގެ، އަގުހެޔޮ ދުންފަތުގެ ކަޅު ބާޒާރެއް އުފެދި، ގާނޫނުތަކަށް ބޯނުލެނބުން އާއްމުވެފައިވާ ކަމާއި، ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމުގެ ގަވާއިދުތަކަށް އާންމުން ސަމާލުކަމެއް ނުދިނުމުގެ ހަގީގަތެވެ.

ގެއްލުން ކުޑަކުރުމުގެ މުހިންމު ބަހާތައް ނުހިމަނައި، ހަމައެކަނި މަނާކުރުމަށް ސަމާލުކަންދޭ މިހާރުގެ ސްޓްރެޓަޖީގެ ސަބަބުން، ސަރުކާރުގެ އޮފިޝަލުން ވެފައިވަނީ ކަޅު ބާޒާރުގެ ސަބަބުން ދިމާވާ ސަލާމަތީ ނުރައްކަލާއި، ސިއްހީ ނުރައްކާތަކާއި، އިގުތިސޯދީ ނަފާ ދަށްވުމަށް ސަމާލުކަން ދިނުމަށް ވުރެ ބޮޑަށް ބައިނަލްއަގުވާމީ އެވޯޑުތަކަށް މަސައްކަތް ކުރާ ބަޔަކަށެވެ.

ދިވެހި ސަރުކާރުން އެ ސިޔާސަތުތައް ދޫކޮށްލައި، ބައިނަލްއަގުވާމީ ތައުރީފުތަކަށް ވުރެ އިސްކަންދޭންވީ ހެކިތަކަށާއި ސައިންސަށެވެ. އެ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ އާންމު ސިއްހަތު އިސްކުރާ ސިޔާސަތުތަކެއް މުހިންމެވެ. އެ ސަމާލުކަން ސަރުކާރުން މި މައްސަލައަށް ދެންދެން، އެ ގާނޫނުތަކުގެ އަގު ރައްޔިތުން ދައްކަމުން ދާނެ އެވެ.

މިހާރުގެ ސިޔާސަތުތަކަކީ ބައިނަލްއަގުވާމީ ތައުރީފުތަކާއި އެވޯޑުތަކާއި ފަލަ ސުރުހީތަކުން ފަރުދާ ކުރެވިފައިވާ އާންމުންނަށް ގެއްލުން ދެނިވި ނާކާމިޔާބު ސިޔާސަތުތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox