ހުލާސާކޮށް އިއްޔެ: މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލުން

Dec 14, 2025, 1:03 AM
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ފުލުހުންގެ ބަންދުން ރޭ ދޫކޮށްލި އެވެ.

މައުރޫފް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ. އެކަމަކު ރޭ ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލީ އެ ފަސް ދުވަސް ހަމަވުމުގެ ކުރިންނެވެ.

ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލި އިރު، އޭނާ ވަނީ އިއްޔެ އައިޖީއެމްއެޗުގައި ކުއްލި ސާޖަރީއެއް ކޮށްފަ އެވެ. ސާޖަރީ ކުރަން ޖެހުނީ ފުރަގަސްފަރާތުން ލޭ އަންނާތީ އެ މައްސަލަ ހައްލު ކުރަން ކަމަށްވެ އެވެ.

Advertisement

"މައުރޫފް މިވަގުތު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ. އޭނާ މިހާރު އޮންނެވީ އާއިލާއާއެކު ހޮސްޕިޓަލުގައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވި އެވެ.

ބޮޑު ކަންނެލި މަސްވެރިން މާލޭ ކައިރީގައި މުޒާހަރާ ފެށި މަސްވެރިންގެ ދުވަހުގައި ޑިސެމްބަރު 10، ގަ އެވެ. ގާތްގަނޑަކަށް 50 ދޯނި ބައިވެރިވާ އެ މުޒާހަރާގައި މަސްވެރިން ކުރަމުން އަންނަ ޑިމާންޑަކީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމެވެ.

އެއީ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 85 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދަށް ހެދުމާއި ބޭސް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހެދުމާއި އައިސް ލިބުމަށް މަގު ފަހި ކުރުމެވެ. އެކަންކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.

މައުރޫފްއާއެކު ޖުމުލަ ހަތް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެއީ މައުރޫފްގެ އިތުރުން ދެ ކެޔޮޅަކާއި ހަތަރު ބިދޭސީންނެވެ. ތިން މަސްއޮޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި އެވެ. ފުލުހުން ވަނީ މަސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް އޮޑިފަހަރުތަކަށް އަރައި، މުޒާހަރާއަށް ހުރަސް އަޅައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox