ޔުނައިޓެޑް ވިކްޓަރީ އަތުން ބުރަށް ރެކޯޑް މޮޅެއް

Dec 12, 2025, 7:03 PM
ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބުރު ސްޕޯޓްސް ކްލަބުން 9-0 އިން ރެކޯޑް މޮޅެއް ހޯދައިފި އެވެ.

މިއީ، ބުރުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި، މި ނަތީޖާއާ އެކު، ބުރުން މި ވަނީ، މި ފަހަރު ލީގުގައި އެންމެ ތަފާތު ބޮޑު މޮޅު ހޯދާފައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ރެކޯޑާ ހަމަކޮށްފަ އެވެ. އެ ގޮތުން، މާޒިޔާ އިން ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އަތުން ވަނީ 9-0 އިން މޮޅުވެފަ އެެވެ. ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ބުރު މޮޅުވީ 2-0 އިންނެވެ. އެކަމަކު، މިރޭ މި ވަނީ ތަފާތު ބޮޑު މޮޅެއް ހޯދައިފަ އެވެ.

ބުރުން މިރޭގެ ނަތީޖާއާ އެކު، ލީގުގެ ހަތަރެއްގައި އޮތީ 10 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓަރީ ހަތް ވަނައިގައި އޮތީ 10 މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބުރުން ޖެހި ނުވަ ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ހަޑްސަން ޑިއާޒް އެވެ.

މި މެޗުގެ ފުރަތަަމަ 15 މިނިޓް ތެރޭ ބުރުން ހަތަރު ގޯލު ޖެހި އެވެ. އެ ގޮތުން ހަތް ވަނަ މިިިނިޓްގައި، ބުރުގެ ލީޑުނަގައިދިނީ މި ފަހަރުގެ ޓްރާންސްފާގައި ބުރުން ގެނައި ބާސެލޯނާގެ ބީ ޓީމަށް ކުރިން ކުޅުނު ސެނެގާލްގެ މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭ އެވެ. ތޯއިފް ގާސިމް (ތޯއްޕެ) ހުރަސްކޮށްލި ބޯޅަ ޑިއާނޭ ވަނީ ގޯލަށް ވައްދާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، މުހައްމަދު ނާއިމް ދިން ބޯޅައަކުން ހަޑްސަން ޑިއާޒް ވަނީ ބުރުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

ބުރުގެ ނާއިމް، ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އަދި، މެޗުގެ 13 ވަނަ މިނިޓްގައި ޑިއާނޭ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލަށް ބޯޅަ ވަނީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު، އަލީ ނާޖިހު އަތުގައި ޖެހިފަ އެވެ. އޭގެ މިނިޓެއް ފަހުން، އޭރިއާބޭރުން ނާއިމް ގޯލުގެ ދަނޑީގައި ޖައްސާފައި ބޯޅަ ގޯލަށް ވައްދާލައިގެން، ބުރުގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ.

ބުރުން ފަސް ވަަނަ ލަަނޑު ޖަހައިދިނީ މެޗުގެ 25 ވަނަ މިނިޓްގައި އަރީން އަބްދުﷲ އިބްރާހިމް އެވެ. ނާއިމް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އަރީން ވަނީ ކީޕަރު ނާޖިހު ބޯމަތިން ގޯލަށް ވައްދާލައިފަ އެވެ. އޭގެ ހަ ވަނަ މިނިޓް ފަހުން، ޔުނައިޓެޑް ވިކްޓަރީގެ ސޮލާހު އަލީ (ސޮލާ) ކައިރިން ނައްޓާފައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ހަޑްސަން ޑިއާޒް ވަނީ ބުރުގެ ހަ ވަނަ ލަނޑު ޖަަހައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ދެ މިިނިޓް ކުރިން، ކޯނަރެއްގައި ކީޕަރު ނާޖިހު އަތުން ދޫވި ބޯޅައެއް ބުރުގެ އަހުމަދު އަބްދުﷲ (ލިލީ) ވަނީ ގޯލަށް ވައްދާލައިގެން، ބުރުގެ ހަތް ވަނަ ލަނޑު ޖަހައިދީފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭ އަރީން ހުސްކޮށްލާފައި ދިން ބޯޅަ ގޯލަށް ވައްދާލައިގެން ހަޑްސަން ޑިއާޒް ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ވެސް ފެނުނީ މި ކޮމްބިނޭޝަން އެވެ. އަރީން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަޑްސަން ޑިއާޒް ވަނީ ކީޕަރު ނާޖިހު ކައިރިން ވެސް ނައްޓާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް މި ފަހަރުގެ ޓްރާންސްފާގައި އޮޑި ސްޕޯޓްސް ކްލަބުން ބަދަލުވި އިބްރާހިމް އިމްރާން (އިންމި) އަށް ވަނީ މެޗުގެ 77 ވަނަ މިނިޓްގައި ރަތް ކާޑެއް ދައްކައިފަ އެވެ. އޭނާ އަށް ރަތެއް ދެއްކީ ބުރުގެ ކީޕަރު، ހަސަން އަލީފް އިބްރާހިމް އަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ނިންމައިފަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި މާދަމާރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް އިން ކުޅޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ. މި މެޗާ އެކު، ލީގުގެ ދެ ވަނަ ބުރުގައި ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެވިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox