ސިމްބޮލިކްގެ "ކަޅުޖާދޫ" ހަ މިޔަލީ ކަނޑިއެއް

ސިމްބޮލިކްގެ "ކަޅުޖާދޫ" ހަ މިޔަލީ ކަނޑިއެއް

"ބުޅަލު މެއިން ކައްކައި ދެފައި

މުޅަ މަހުން މިނި ލޭ ފެލައި

ގުޅަ ހަދާ އޭގެން ދެބައި

ހުޅަކު ފިހެ ޖިންނީން ގެނައި

ކުޅަ ނުޔަސް އެކަމަށް ފިކުރު

ކުޅަކަމަށް ކިޔަނީ ސިހުރު"

އިންސާނުން ތަފާތު ގޮތްގޮތަށް ހިޔާލުފާޅުކުރެއެވެ. ބައެއް ފަހަރަށް އަނގައިން ބުނާ ބަސްތަކަކުންނެވެ. އަނެއް ބައިފަހަރަށް ގަލަމު ތުނޑުން ތަރުތީބުކުރާ އަކުރުތަކަކުންނެވެ. ބުނާ ބަސްތަކަކުން ވިޔަސް ލިޔާ ލިޔުމަކުންވިޔަސް ހިޔާލުފާޅުކުރުމުގައި ތަފާތު އުސްލޫބު ނުވަތަ ވައްޓަފާޅި އިންސާނުން ބޭނުންކުރެއެވެ. ސާފުކޮށް ބުނާ ބަސްތަކަކުން ނުވަތަ ލިޔާ ލިޔުމަކުންނެވެ. ހިޔާލީ ވާހަކައެއްގެ ސިފައިގައެވެ. ބައެއް ފަހަރަށް ދެފުށު މާނަ އެކުލެވޭ ގޮތަށް އޮންނަ ފުން ޅެމަކުންނެވެ.

މިއެންމެހާ ވައްތަރުތަކުގެ ތެރެއިންވެސް އެންމެ ޝައުގުވެރި އަދި އެއެއްޗަކާ މެދު އެންމެ ގިނަ ސުވާލު އުފެދި ހައިރާންކަން ލިއްބައިދޭނެ އެއް ވަސީލަތަކީ ލަވަ ކަމުގައި ބުނެވިދާނެއެވެ. ވަކީން ހާއްސަކޮށް އަޑުއަހާ މީހުންނަށް އެއިން ތަފާތު މާނަ އުފެދިދާނެ ގޮތަށް ވަގުތާއި ހާލަތަށް ބަލައިގެން އެމީހެއްގެ ސިކުނޑި ހުރި މިސްރާބަކަށް ބޭނުންކުރެވިދާނެ ގޮތަށް އުފެއްދޭ ލަވަތެކެވެ. ސިމްބޮލިކް ރެކޯޑްސް އިން މީގެ ވަގުތުތަކެއް ކުރިން ޔޫޓިއުބަށް ދޫކޮށްލި 'ކަޅުޖާދޫ' ލަވަޔަކީ އެ ލަވައިގެ ވަށައިގެން ތަފާތު ސުވާލު އުފެދޭނެ ފޭރާންހެޔޮ މޮޅު ލަވައެކެވެ.

ބުޅަލު މެއި ކައްކައިގެން އެމައްޗަށް މުޅަ މަހުން މިނި ލޭ ފެލައިގެން ދޭތި އެއްކޮށްގެން ގުޅަ ހަދައިގެން ޖިންނި ގެންނަ ގޮތުގެ ރައިވަރަކުން ފަށާފައިވާ މި ލަވައިގައި ކިޔައިދެނީ ސިހުރުވެރިއެއްގެ އަމަލުތަކުގެ ހިޔާލީ ފޮލާއެއްހެޔެވެ؟ ނުވަތަ މީގައި ބުނާ މާކަންވެރިޔާ، ޒީރު ހަދާ ސިހުރުވެރިޔާ އަކީ ވަކި މީހަކަށް ނިސްބަތްކުރެވޭ އިޝާރާތްތަކެ އްހެޔެވެ؟

Advertisement

ލާރިޔަށް ސިހުރު ހެދުވުމުގެ ވާހަކަތައް ހިމެނިފައިވާ މި ލަވަ ރިލީޒްވުން ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނާ ދިމާވުމަކީ ބާވަތަކުގެ އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ ޅެމުން ފަރުވާ ދިނުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމި ޑެޕިއުޓީ މިނިސްޓަރަކު ފޮތް ލިޔުނުކަން އިއުލާނުވީ ވަގުތާ މި ލަވަ ރިލީޒްވީ ވަގުތު ދިމާވީ، މިއީ ޖިންނި މޮޔަވާ މީހުންނަށް އޮތް ޅެން ރުގުޔާއެއް ކަމުގައިވާތީ ހެއްޔެވެ؟

"ޤުރުބާން ބަކައްޓެއްކޮށް ހާލެއް ވިޔަސް ހެޔޮ

އޮހުރުނު ލެއިން ތައްޓެއް ލޭ ބޯން ވިޔަސް ހެޔޮ

ކުފުރުގެ ބަހުން ބަސް ހަދައިގެން ކިޔަސް ހެޔޮ

ޝިރުކަށް އަރައިގެން ހަލާކަށް ދިޔަސް ހެޔޮ"

ބަސްމޮށުންތެރިކަމުގެ ޒަރީއާއިން އެހެން ހުރިހާ ޖަނަވާރުތަކަކަށްވުރެ ހާއްސަކަން ލިބިފައިވާ އިންސާނާގެ ތަފާތުކަމާއެވެ. އެ އިންސާނާގެ އެންމެ އަސާސީ އެއް ހައްގުކަމުގައިވާ އޭނާގެ ހިތަށް އަންނަ ހިޔާލާއި ޝުއޫރު މިނިވަންކަމާއެކު ފާޅުކޮށްގަތުމުގައި އިންސާނުން ހޯދާފައިވާ ހުނަރުވެރިކަމުގެ ބޮޑުކަމާއެވެ!

ޅެންވެރިކަމާއި ލަވަ ބޭނުންކޮށްގެން ތަފާތު ހިޔާލު ފާޅުކުރުމަކީ ޑިކްޓޭޓަރުންނަށް ހަމަލާދިނުމަށް ވެސް އޮތް އެންމެ މުހިންމު ވަސީލަތެވެ. އާންމުންނަށް ވަކި މާނައެއް، ހޭލުންތެރި މީހުންނަށް ވަކި މާނައެއް، ވެރިންނަށް އަދި މާ ތަފާތު އެހެން މާނައެއް ކުރެވޭ ގޮތަށް ތައްޔާރުކުރެވޭ ޅެމަކީ، އަދި އެޔަށް ރާގު އެއްކުރެވިފައިވާ ރީތި ލަވަޔަކީ، ހަ މިޔަލީ ކަނޑިއެކެވެ. އެއްފަހަރާ ހަ ފަރާތަށް ވަޒަން ފޮނުވާލެވޭ ބަޑިއެކެވެ. އަދަބިއްޔާތުގެ އެ މޮޅު ހަތިޔާރުގެ ކުރިމަތީގައި ޑިކްޓޭޓަރުންނަށް ވެސް ކުރެވޭ މާކަ ބޮޑު ކަމެއް ނޯންނާނެއެވެ.

ސިމްބޮލިކް ރެކޯޑްސްގެ ކަޅުޖާދޫ އަކީ އޭގެ ކަޅުކަން ބޮޑު ޖާދޫއެކެވެ. އެޔަށް ބުއްދީގެ ބައްތީން އަލިކުރުމުން ފެންނަ މަންޒަރުތައް ވަރަށް ވެސް ޖާދުވީއެވެ. އެއިން ސިހުރުވެރިއެއްގެ އައްޔާޝީ އަމަލުތައް ފެނެއެވެ. އެކަމަކު އެ ސިހުރުވެރިޔާއަށް ހަރަދުކުރަމުންދާ ފަރުދާގެ ފުރަގަހުގައި ހުރި މުޝްރިކް ކަލޭގެ ހޯދުމަށް އަދި އިތުރު ހައެއްކަ ބައްތި ބޭނުންވެއެވެ.

ބައެއް މީހުންގެ ބައްތީން އަލިކުރީމާ އެމީހަކީ ޖިންނި މޮޔަވެފައިވާ މީހަކަށް ޅެމުން ފަރުވާދޭ ރާޤީއެއްކަމުގައި ވެދާނެއެވެ. އަނެއް މީހާގެ ނަޒަރުގައި އެއީ އިންތިހާބެއްގައި ވާދަކުރަމުންދާ ސިޔާސީ ލީޑަރަކު ކުރިއަށް ނެރެފައިވާ ކެންޑިޑޭޓަކަށްވެސް ވެދާނެއެވެ. އެއީ ކޮން ސިހުރެއްގެ ވާހަކަހެއްޔެވެ؟ އެ ސިހުރުވެރިޔާ އަކީ ކާކުހެއްޔެވެ؟ ސިޔާސީ ކުޅިގަނޑެއް ހިނގަން އުޅެނީ ހެއްޔެވެ؟ ރާއްޖޭގެ މަސްރަހު ސިހުރުން ކަޅުވާން އުޅެނީ ހެއްޔެވެ؟ ނޫންނަމަ މިއީ ހަމަ ހުސް އިއްތިފާގު ހެއްޔެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox