ކޯމޯ އަތުން ބޮޑު މޮޅެއް ހޯދައި އިންޓަ އެއް ވަނަ އަށް

Dec 7, 2025, 4:26 AM
ކޯމޯ އަތުން ބޮޑު މޮޅެއް ހޯދައި އިންޓަ އެއް ވަނަ އަށް

މިލާން (ޑިސެމްބަރު 7) - އިޓާލިއަން ލީގުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި ކޯމޯ އަތުން 4-0 އިން ބޮޑު މޮޅެއް ހޯދައި އިންޓަ މިލާނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި ނަތީޖާއާ އެކު، އިންޓަ އިން އެއް ވަނައިގައި އޮތީ 14 މެޗުން 30 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނާއި ތިން ވަނައިގައި އޮތް ނަޕޯލީ އަށް 13 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އިން ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ވަނީ ލީޑުނަގައިފަ އެވެ. ލުއިސް ހެންރީކޭ ދިން ބޯޅައަކުން މި ލަނޑު ޖެހީ ލަޓާރޯ މާޓީނޭޒް އެވެ. އިންޓަ އިން މެޗުގައި އަނެއް ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އެ ގޮތުން، މެޗުގެ 59 ވަނަ މިނިޓްގައި، ފްރަންޗެސްކޯ އަޗޭބީ ދިން ބޯޅައަކުން އިންޓަގެ ލީޑުފުޅާކޮށްދިން ލަނޑު ޖެހީ މާކަސް ތުރާމް އެވެ. ދެ ގޯލުގެ ލީޑަކާ އެކު، ހަމަޖެހިލައިގެން ކުޅެމުންދިޔަ އިންޓަ އިން އަނެއް ދެ ލަނޑު ޖެހީ މެޗުގެ ފަހު، 10 މިނިޓްގެ ތެރޭގަ އެވެ.

ތުރުކީގެ މިޑްފީލްޑަރު، ހަކަން ޗަނޮނޯލޫ، މެޗުގެ 81 ވަނަ މިނިޓްގައި އިންޓަގެ ތިން ވަނަ ލަނޑު ޖެހިއިރު، އޭގެ ފަސް މިނިޓް ފަހުން، އިންޓަގެ ފަހު ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި ކާލޯސް އަގުސްޓޯ އެވެ. މިއީ، ފެޑެރީކޯ ޑިމާކޯ ދިން ބޯޅައަކުން ކުޅެން އެރިތާ ދިހަ ވަރަކަށް މިނިޓް ތެރޭ އަގުސްޓޯ ޖެހި ގޯލެކެވެ.

ސެސްކް ފަބްރެގަސްގެ ކޯޗުކަމުގައި ކުޅޭ ކޯމޯ އިން މި މެޗުގެ ނަތީޖާއާ އެކު، ލީގުގެ ހަ ވަނައިގައި މި ވަގުތު އޮތީ 14 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.

ފަހުގެ ޚަބަރު

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

އޭއެފްސީން 2030 ވަނަ އަަހަރު ނޭޝަންސް ލީގެއް ފަށަނީ

އޭއެފްސީން 2030 ވަނަ އަހަރު އަލަށް ފަށާ ނޭޝަންސް ލީގު، ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިންއާ ގުޅުވާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައި. ތިން ފަންތިއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސަބަބުން އޭޝިއާގެ ފުޓްބޯޅައިގެ ލެވަލް ކުރިއަށްދާނެ.

ރޮނާލްޑޯގެ ކެރިއަަރާ މެދު އަމިއްލަ އަށް ގޮތެއް ނިންމަން ޖެހޭ

އަމިއްލަ ސަބަބަކާ ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އޭނާގެ ކެރިއަރާ މެދު އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު ޖޯޖް ޖީސޫސް ބުނެފި. ރޮނާލްޑޯ ބުނެފައިވަނީ މި ނިންމުން ނިންމަން މެދުވެރިވި ސަބަބު ފަހުން ހާމަކުރާނެ ކަމަށާއި، ކޯޗު ބުނާގޮތުން އޭނާއަށް އަދިވެސް ގައުމީ ޓީމުން ފުރުސަތު އެބައޮތް

ސާފްގެ މުހިންމު ކޮމިޓީތަކުގައި ރާއްޖޭގެ ބައިވެރިވުން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ކޮމިޓީތަކަށް ރާއްޖޭގެ އެފްއޭއެމްގެ އިސް ބޭފުޅުންތަކެއް އިންތިޚާބުވެވަޑައިގެންފި. މީގެ ތެރޭގައި ސާފްގެ ކޮމްޕެޓިޝަން ކޮމިޓީ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ، އަދި އަންހެނުންގެ އެޑް ހޮކް ކޮމިޓީއަށް ރާއްޖޭގެ މަންދޫބުން ވަނީ ހަމަޖައްސާފައި

އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

ޖަޕާނުގައި ބޭއްވި އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރި 341 މެޑަލްއާއެކު ޗައިނާ އިން ހޯދިއިރު، ދެވަނަ އަދި ތިންވަނަ ލިބުނީ ޖަޕާނާއި ދެކުނު ކޮރެއާ އަށް. މި މުބާރާތުގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދާފައިވާއިރު، ސަތޭކައަށް ވުރެ ގިނަ މެޑަލް ކާމިޔާބުކުރީ ތާވަލުގެ ގަދަ ތިން ގައުމުން އެކަނި

ބަރޮސް އިން ރިސޯޓް ލީގު ނޯތު މާލެ ޒޯން ތަށި އުފުލާލައިފި

ރިސޯޓް ލީގުގެ ނޯތު މާލެ ޒޯން ފައިނަލްގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-6 އިން މޮޅުވެ ބަރޮސް މޯލްޑިވްސް އިން މުބާރާތުގެ ތަށި އުފުލާލައިފި. ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމާލް.

Newsletter

Get the latest news delivered straight to your inbox