ސަލާހުގެ ފާޑުކިޔުން ސްލޮޓް އަށް: "މައްސަލަ އަކީ އަހަރެން ކަމަށް ހަދައިފި"

Dec 7, 2025, 4:12 AM
ސަލާހުގެ ފާޑުކިޔުން ސްލޮޓް އަށް: "މައްސަލަ އަކީ އަހަރެން ކަމަށް ހަދައިފި"

ލީޑްސް (ޑިސެމްބަރު 7) - ލިވަޕޫލަށް މިހާރު ދިމާވެފައިވާ މައްސަލަ އަކީ އޭނާގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަަން ގޮތަށް އެ ޓީމުގެ ކޯޗު އާން ސްލޮޓް ކަންކަން ކުރަމުން އަންނަ ކަމަށް ބުނެ، އޭނާ އަށް ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ފާޑުކިޔައިފި އެވެ.

އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ ލީޑްސް ދަނޑުގައި އެ ޓީމު އަތުން ލިވަޕޫލުން 2-0 އިން ކުރީގައި އޮތް މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ލިވަޕޫލްގެ ހޫގޯ އެކިޓީކޭގެ ދެ ގޯލުން އެ ޓީމުން ލީޑުނެގި މި މެޗުގައި، ލީޑްސް އިން އެނބުރި އައިސް އެއްވަރުކުރީ ޑޮމިނިކް ކަލްވެޓް ލެވިންގެ ޕެނަލްޓީ އާއި އަންޓޮން ސްޓަޗް ޖެހި ލަނޑުންނެވެ. ލިވަޕޫލުން ދެ ގޯލުގެ ލީޑެއްގައި ހަމަޖެހިލައިގެން އޮއްވައި ޕްރެޝަރަށް ވެއްޓުނީ، އިބްރާހިމާ ކޮނާޓޭ ދިން ޕެނަލްޓީންނެވެ.

ލިވަޕޫލުން އަލުން ލީޑުނެގީ 80 ވަނަ މިނިޓްގައި ޑޮމިނިކް ސޮބޯސްލާއި ޖެހި ގޯލުންނެވެ. އެކަމަކު، އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި، އާއޯ ޓަނާކާ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ.

ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް، އެ ޓީމުގެ ތަރި، މުހައްމަދު ސަލާހަށް އެއްވެސް ވަރަކަށް ކުޅުމުގެ ފުރުސަތު ދީފައިނުވެ އެވެ. އަދި، މިއީ، ސަލާހު ބެންޗުން ފެށި ޖެހިޖެހިގެން ތިން ވަނަ މެޗެވެ. މިއީ، 2017 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ފަހުން ސަލާހު މި ގޮތަށް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

ރޭގެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސަލާހު ބުނީ، ކޮންމެވެސް މީހެއް ބޭނުންވަނީ މިހާރު ލިވަޕޫލް އޮތް ހާލަތުގެ ޒިންމާ އޭނާ ބޮލުގައި އަޅުވަން ކަމަށާއި މީގެ ކުރިން ސްލޮޓާ އެކު ވަރަށް ރަނގަޅު ގުޅުމެއް އޮތް ނަަމަވެސް މިހާރު އެ ގުޅުން ނެތް ކަމަށެވެ.

"އަހަންނަށް މިހާރު ފެންނަ ގޮތުގައި ކޮންމެ ވެސް މީހެއް އަހަރެން މި ކްލަބްގައި ހުންނަން ބޭނުމެއް ނުވޭ. މި ކްލަބުން އަހަރެން ބަސް ދަށަށް އެއްލާލައިފި، އެހެން އަހަންނަށް އިހުސާސް ކުރެވެނީ، ވަރަށް ސާފުކޮށް އެބަ އެނގޭ މީގެ އަހަންނަކީ މައްސަލަ ކަމަށް ހަދަން ބަޔަކު އެބަ ބޭނުންވޭ،" ލިވަޕޫލަށް 420 މެޗުން 250 ލަނޑު ޖަހައިދިން ސަލާހު ބުންޏެވެ.

ލިވަޕޫލަށް އަބަދުވެސް ސަޕޯޓްކުރާނެ ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށް ސަލާހު ވަނީ ބުނެފަ އެވެ. އަދި، ސަލާހު ބުނީ، އޭނާ ދެކޭގޮތުގައި ލިވަޕޫލްގައި މިހާރު އޮތް މައްސަލަަ އަކީ އޭނާގެ ސަބަބުން ދިމާވެފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި، ލިވަޕޫލަށް ޓަކައި އޭނާ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާނެ ކަމަށާއި އަބަދު އެކަން ސާބިތުކޮށްދޭން ޖެހުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ސަލާހު ވަނީ ބުނެފަ އެވެ.

"ކޮންމެ ދުވަހަކު އަހަރެން މަގާމަށް ފައިޓްކުރަން ޖެހޭ ގޮތަށް އޮންނަ އޮތުމަކީ ހަގީގަތެއް ނޫން، އަހަރެންގެ ވެސް އަމިއްލަ މަސަައްކަތުން ހާސިލްކުރި ކަންކަން މި ކްލަބްގައި އޮންނާނެ. އަހަންނަކީ އެއްވެސް މީހަކަށް ވުރެން ބޮޑު މީހެއް ނޫން. އެކަމަކު، އަމިއްލަ މަސައްކަތުން ހޯދި މަގާމު އޮންނާނެ. މިއީ ފުޓްބޯޅައިގެ ވާހަަކަ. މިއީ މިކަން އޮތް ގޮތުގެ ވާހަކަ،" މިދިޔަ ސީޒަނުގައި، ލިވަޕޫލަށް ދެ ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް ފަހު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ސަލާހު ބުންޏެވެ.

މި މަހު 15 ވަނަ ދުވަހު، ސަލާހު، ލިވަޕޫލުން ރިލީސް ހޯދައި، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅުމަށް މިސްރު ގައުމީ ޓީމާ ގުޅޭނެ އެވެ.

ލިވަޕޫލްގެ ކޯޗު ސްލޮޓާ އެކު ފުރަތަމަ ސީޒަނުގައި އެ ޓީމުން ޕްރިމިއާ ލީގު ކާމިޔާބުކުރި ނަމަވެސް، މި ފަހަރުގެ ޓްރާންސްފާގައި 500 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހަރަދުކުރި ނަމަވެސް ޓީމުގެ ހާލަތު ވަނީ ވަރަށް ދަށަށް ގޮސްފަ އެވެ. އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވީ، ދެ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox