ހުލާސާކޮށް އިއްޔެ: ބަހާލި ބައެއް މަޝްރޫއުތައް ހެދި އިކޮނޮމިކް ކައުންސިލުން ހެދި އުސޫލަށް ވެސް ނުފެތޭ

Dec 2, 2025, 1:42 AM
ބަހާލި ޕްރޮޖެކްޓުތައް ހަވާލުކުރި ކުންފުނިތަކާއެކު ސޮއިކުރުމަށް ފަހު ރައީސް މުއިއްޒު އާއި ސަރުކާރުންގެ ވެރިން އެ ކުންފުނިތަކުގެ ވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް

ބަހާލި ޕްރޮޖެކްޓުތައް ހަވާލުކުރި ކުންފުނިތަކާއެކު ސޮއިކުރުމަށް ފަހު ރައީސް މުއިއްޒު އާއި ސަރުކާރުންގެ ވެރިން އެ ކުންފުނިތަކުގެ ވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިންގާ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާ ގުޅުން ހުރި ކުންފުނިތަކަށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުތައް ބަހާލީ، ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުގެ ދަށުން ޕްރޮޖެކްޓުތައް ހަވާލުކުރުމުގައި އިކޮނޮމިކް ކައުންސިލުން ގެންގުޅޭ އުސޫލާ ހިލާފަށް ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ހުޅުވާލާފައިވާ ބީލަމަކަށް ނުގޮސް، ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުގެ ދަށުން މަޝްރޫއުތައް ހަވާލުކުރުމުގައި އިކޮނޮމިކް ކައުންސިލުން އަމަލުކުރަން ޖެހޭ އުސޫލަކީ އާންމުކޮށް ފެންނަން އޮތް އުސޫލެއް ނޫނެވެ. ނަމަވެސް މި ނޫހަށް ވަނީ ސައްހަކަން ކަށަވަރުކުރެވިފައިވާ މި އުސޫލުގެ ދެލި ކޮޕީއެއް ލިބިފަ އެވެ.

އިކޮނޮމިކް ކައުންސިލުގެ މި އުސޫލަކީ މި އަހަރު އެކުލަވާލި އުސޫލެކެވެ. ބެލެވޭ ގޮތުގައި މި އުސޫލު އެކުލަވާލީ މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ސިންގަލް ސޯސް އުސޫލުން ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭނެ ގޮތަށް ހެދުމަށް ފަހުގަ އެވެ.

އޭރު ގެނައި ބަދަލުތަކުގެ ދަށުން ތިން ބާވަތެއްގެ މަޝްރޫއެއް ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ބަދަލުކުރި އެވެ. އެއީ:

  • އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅޭ މަޝްރޫއު
  • ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތައް
  • ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް

މި ތިން ގިންތިކުުރުމުގެ ދަށުން ހިންގާ މަޝްރޫއުތަކުގެ މާނަ އޮތީ ވަރަށް ފުޅާކޮށެވެ. ޖުމްލަކޮށް ބުނާ ކަމުގައި ވަނީ ނަމަ، އެ އުސޫލުގެ ދަށުން ސަރުކާރުގެ ހަރަދުގައި ހިންގާ ހުރިހާ ބާވަތެއްގެ މަޝްރޫއުތައް ހަވާލުކުރެވެ އެވެ.

މިހެން ނަމަވެސް، އެ ފުޅާ މާނަކުރުމުގެ ތެރެއަށް ވެސް ބައެއް މަޝްރޫއުތައް ނުފެތޭ ކަމަށް، މި އުސޫލާ ގުޅިގެން އަދަދު އިން ވާހަކަ ދެއްކި މީހުން ބުނެފައި ވެ އެވެ. އޭގެ އެއް މިސާލަކީ 15 ރަށެއްގެ ސްކޫލުގެ ވަށާފާރު ރާނަން 15 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކުރި މަޝްރޫއު އެވެ.

ސޮލެކްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުގެ ސްކޯޕުގެ ތެރޭގައި ހިމެނެނީ ސްކޫލުތަކުގެ ވަށާފާރު ރޭނުން އެކަންޏެވެ. އިކޮނޮމިކް ކައުންސިލުގެ އުސޫލުގައި އޮތް ގޮތުން، މި މަޝްރޫއު ކިރިޔާ ވެސް ފެއްތެން އޮތީ، "ތައުލީމާއި، ސަގާފަތާއި، އަދަބިއްޔާތާއި، ފަންނުތައް ކުރިއެރުވުމާ ގުޅޭ މަޝްރޫއުތައް" ދަަށަަށެވެ.

ނަމަވެސް ވަށާފާރު ރޭނުން މި މާނަކުރުމުގެ ތެރެއަށް ފައްތަންޏާ، އުމްރާނީ މަސައްކަތެއްގެ ގޮތުގައި ނުހިމެނޭ ކަންކަން ވެސް، މިސާލަކަށް ސްކޫލުތަކަށް ކަރުދާސް ގަތުން ފަދަ އާދައިގެ ކަންކަން ވެސް، އިކޮނޮމިކް ކައުންސިލަށް ހަވާލުކުރެވޭނެ އެވެ.

ބަހާލި މަޝްރޫއުތައް އިކޮނޮމިކް ކައުންސިލުގެ އުސޫލުތަކަށް ފެތޭ ކަމާ މެދު ސުވާލު އުފެދޭ އަނެއް ސަބަބަކީ، އެ އުސޫލުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރި ނަމަ، ބައެއް ކުންފުނިތައް ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާނެ ގޮތެއް ނޯންނާނެތީ އެވެ. މި އިވެލުއޭޝަންތަކުގެ ތެރޭގައި ދައުލަތުގެ އޮފީސް ނުވަތަ ވުޒާރާއިން ހަދާ އިވެލުއޭޝަންގެ އިތުރުން، ރައީސް އޮފީހުގައި އޮންނަ ތިން މެންބަރުންގެ ކޮމިޓީއަކުން ހަދާ ފަންނީ އެސެސްމެންޓު ހިމެނެ އެވެ.

ބީލަމަކަށް ނުލައި އިކޮނޮމިކް ކައުންސިލްގެ ނިންމުމެއްގެ މައްޗަށް ނޮވެމްބަރު 6 ވަނަ ދުވަހު ބަހާލި 206 މަޝްރޫއު 53 ކުންފުންޏަކާ ހަވާލުކުރިއިރު، އެ މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރައެވެ. އެއީ ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ހިންގާ މަޝްރޫއުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް އެ މަޝްރޫއުތަކަށް ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް، ލޯނު ހަމަޖައްސައިދެނީ، އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ދޭ ޔަގީން ކަމެއްގެ މައްޗަށެވެ.

ބީއެމްއެލްއިން ލޯނު ދޫކުރަން ތައްޔާރުވަނީ ހާމަކަމެއް ނެތި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މަޝްރޫއުތަކަކަށެވެ. އަދި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި އެފަދަ މަޝްރޫއުއަކަށް ޝަރުތު ހަމަ ނުވާ ކުންފުނިތަކާއި އުވާލުމުގެ މަރުހަލާގައި ހުރި ކުންފުނިތަކާއި، އިމާރާތްކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް އަދި މާލީ ގާބިލްކަމެއް ވެސް ނެތް ކުންފުނިތައް ހިމެނެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox