އެކި ކަންކަމާ ގުޅިގެން މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންނަށް އޮންނަ ފުރުސަތު ހަނިކޮށްފި

މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެކި ކަންކަމާ ގުޅިގެން މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންނަށް އޮންނަ ފުރުސަތު ހަނިކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހު މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތާއީދާއެކު އެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނުވަ ބޭފުޅަކު ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވާއިދަށް ގެންނަން ފާސްކުރި އިސްލާހުގައިވާ ގޮތުން އެއްވެސް ކަމެއްގައި ދެން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނީ މަދުވެގެން 500 މީހުންގެ ސޮއިއާއެކު އެވެ. އަދި ޕެޓިޝަނުގައި ސޮއިކުރާ ހުރިހާ އެންމެންގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ފޯނު ނަންބަރު ހިމެނުމަށް ވެސް އެ އިސްލާހުގައި ލާޒިމު ކޮށްފައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރާ މީހުންގެ އަދަދު، ދިވެހިރާއްޖޭގެ އާބާދީގެ 0.2 ޕަސެންޓަށްވުރެ މަދުނަމަ އެ ޕެޓިޝަނެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާ ކުރުމުންނެވެ.

ދިވެހިރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ނަމަ، އެ ޕެޓިޝަނެއް މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރަން ހުށަހެޅުމުގެ ކުރިން، ޕެޓިޝަނުގައި ސޮއިކުރި މީހުންގެ 10 ޕަސެންޓު މީހުންނަށް މަޖިލީހުން ގުޅައި އެ ޕެޓިޝަނުގައި ސޮއިކުރީ އެމީހުންކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މީގެ ކުރިން އޮންނަ ގޮތުން، މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ވަކި އަދަދަކަށް ސޮއި ހަމަކުރާކަށް ނުޖެހެ އެވެ. މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނެ ކަމަށް ގަވާއިދުގައި އޮންނަނީ ތިން ހާލަތެއްގަ އެވެ. އެއީ:

  • މަޖިލީހަށް ތައާރަފު ކުރެވިފައިވާ ނުވަތަ ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުން
  • މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން
  • ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނޭ ކަމަކާ ގުޅޭގޮތުން

ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު އޮތް ކަމަކާ ގުޅޭގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނީ އެ ކަމަކީ ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގައި ހިނގަމުންދާ ޝަރީއަތެއްގެ ދާއިރާގައި ނުހިމެނޭ ކަމަކަށް ވަންޏާ އެވެ. އަދި އެ ކަމަކީ ގާނޫނީ ގޮތުން ހައްލު ހޯދޭނެ ކަމަކަށްވާ ނަމަ ވެސް އެ މައްސަލައަކާ ގުޅިގެން ޕެޓިޝަނެއް މަޖިލީހަށް ހުށައެއް ނޭޅޭނެ އެވެ.

އޭގެ އިތުރުން މިއަދު ފާސްކުރި އިސްލާހުގައި ވަނީ އިލެކްޓްރޯނިކް ޕެޓިޝަންގެ ނިޒާމެއް ތައާރަފު ކުރަން ވެސް ހިމަނައިފަ އެވެ. އެގޮތުން އިލެކްޓްރޯނިކް ޕެޓިޝަންތަކުގައި ސޮއި ކުރުމަށް އާންމުންނަށް ހަ ހަފުތާގެ މުއްދަތެއް ދިނުމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox