ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު، ޗެލްސީ އާއި އާސެނަލް އެއްވަަރު

Nov 30, 2025, 7:51 PM
ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު، ޗެލްސީ އާއި އާސެނަލް އެއްވަަރު

ލަންޑަން (ޑިސެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން ކުޅުނު މެޗުތަކުން މޮޅުވިއިރު، އާސެނަލާއި ޗެލްސީން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރަށުންބޭރުގައި ފަހަތުން އަރައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި ލިވަޕޫލް މޮޅުވީ 2-0 އިންނެވެ.

އާސެނަލުން ލީގުގެ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، 13 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ އާއި ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 13 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. އެސްޓަަން ވިލާ އިން ވަނީ 1-0 ވުލްވްސް ބަލިކޮށްފަ އެވެ.

ފަސް ވަނައިގައި އޮތް ބްރައިޓަން އިން 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ފަސް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް ސަންޑަލެންޑާ އެއްވަރަށް 13 މެޗުން 22 ޕޮއިންޓާ އެކު އެވެ. އަދި، ހަތް ވަނައިގައި އޮތް ޔުނައިޓެޑާއި އަށް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 13 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ.

ޕެލަސް ދަނޑުގައި އެ ޓީމުން ފުރަތަމަ ހާފުގައި ލީޑުނެގީ، ޖިއަން ފިލީޕް މަޓޭޓާ ޖެހި ގޯލުންނެވެ. އަދި، ޔުނައިޓެޑުން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލިއިރު، ލަނޑުތައް ޖެހީ ޖޯޝުއާ ޒާކްޒީ އާއި މޭސަން މައުންޓް އެވެ.

ލިވަޕޫލުން މުހައްމަދު ސަލާހު ބެންޗުގައި ބައިންދައިގެން ކުޅުނު މި މެޗުގައި، އެ ޓީމުގެ ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ލިވަޕޫލުން ލީޑުނެގީ ކޯޑީ ގަކްޕޯ ދިން ބޯޅައަކުން އަލެކްސަންޑަ އިސާކް ޖެހި ގޯލުންނެވެ. މިއީ، 150 މިލިއަން ޑޮލަރުގެ ޕެކޭޖެއްގައި ލިވަޕޫލާ ގުޅުނު ފަހުން ލީގުގައި އިސާކް ޖެހި ފުރަތަމަ ގޯލެވެ.

ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ އަށް ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން، އެ ޓީމުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. އިތުރު ވަގުތުގެ ދެ ވަނަ މިިނިޓްގައި މި ލަނޑު ޖެހީ ގަކްޕޯ އެވެ.

އާސެނަލުން އެ ޓީމުގެ އެންމެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ގަބްރިއެލް މަގާޅައެސް އާއި ވިލިއަމް ސަލީބާ، އަނިޔާގެ ސަބަބުން ނުލައި ކުޅެން ޖެހުނު މެޗުގައި، ޗެލްސީ އަށް ދިމާވި މައްސަލަ އަކީ މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ޗެލްސީގެ މޮއިސަސް ކައެސޭޑޯ އަށް ވަނީ މިކޭލް މެރީނޯ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރަތް ކާޑެއް ދައްކައިފަ އެވެ. ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، މޮނީޓަރުން ބަލައިފައި، ރަތް ކާޑަކަށް ބަދަލުކުރީ އެވެ.

ޗެލްސީން ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނުއިރު، ދެ ވަނަ ހާފުގެ ތިން ވަނަ މިނިޓްގައި ލީޑުނެގީ ރީސް ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓްރެވޯ ޗަލޯބާ ޖެހި ގޯލުންނެވެ. އަދި، އާސެނަލުން އެއްވަރުކުރީ، ބުކާޔޯ ސަކާ ނަގައިދިން ބޯޅައަކުން މެރީނޯ ބޮލުން ޖެހި ގޯލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox