ދިވެހި ޕްރިމިއާ ލީގު: ގްރީން ސްޓްރީޓްސް އަތުން ޔުނައިޓެޑް ވިކްޓަރީ އަށް މޮޅެއް

Nov 30, 2025, 1:16 PM
ޔުނައިޓެޑް ވިކްޓަރީން ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ޔުނައިޓެޑް ވިކްޓަރީން ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 3-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން މޮޅުވެއްޖެ އެވެ.

މިއީ، މި ފަހަރުގެ ލީގުގައި ޔުނައިޓެޑް ވިކްޓަރީ މޮޅުވި ދެ ވަނަ މެޗެެވެ. އެ ޓީމުން ފުރަތަމަ މޮޅު ހޯދީ ޓީސީ ސްޕޯޓްސް ކްލަބް އަތުންނެވެ.

ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 27 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ 22 ޕޮއިންޓް ހޯދައިގެން އޮތީ އޮޑި ސްޕޯޓްސް ކްލަބެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތީ 14 ޕޮއިންޓާ އެކު ބުރު ސްޕޯޓްސް ކްލަބް އެވެ. އަދި، އީގަލްސް އިން ފަސް ވަނައިގައި 13 ޕޮއިންޓާ އެކު އޮތްއިރު، ވިކްޓަރީ ސްޕޯޓްސް ކްލަބުން ހަ ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ.

ހަތް ވަަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި އަށް ވަަނައިގައި އޮތް ކްލަބް ވެެލެންސިއާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އަދި ނުވަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި އެންމެ ފުލުގައި ފުރަތަމަ ބުރު ނިންމި ގްރީން ސްޓްރީޓްސްގެ އޮތީ ފަސް ޕޮއިންޓެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ޔުނައިޓެޑް ވިކްޓަރީން ލީޑުނެގީ 18 ވަނަ މިނިޓްގަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ މިސްރު ކުޅުންތެރިޔާ، މަހުމޫދު މުސްތަފާ އެލްޝާޒްލީ ނެގި ހުރަހަކަށް ހުސްކޮށް އަރައި ލަނޑު ޖެހީ މުސްލިމް މުހައްމަދު އެވެ.

ޔުނައިޓެޑް ވިކްޓަރީން މެޗުގައި ދެ ވަނަ ގޯލު ޖެހީ، 58 ވަނަ މިނިޓްގައި މަހުމޫދު އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކައިރީ ކަނަށެވެ. އަދި، މެޗުގެ 77 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ޑިފެންސްލައިނުގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޔުނައިޓެޑް ވިކްޓަރީގެ ތިން ވަނަ ލަނޑުޖެހީ، ބަދަލަކަށް ކުޅެން އެރި އާދަމް ޝިޔާން މުހައްމަދު އެވެ. އޭނާ ވަނީ ވެއްޓިގެންފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 83 ވަނަ މިިނިޓްގަ އެެވެ. ޕެނަލްޓީ އަކުން މި ލަނޑު ޖެހީ ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) އެވެ. މި މެޗުގައި، ގްރީން ސްޓްރީޓްސްގެ އިބްރާހިމް ހާމިދު ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.

ލީގުގެ ދެ ވަނަ ބުރު ފަށާ ގޮތަށް ހަމަޖެހިފައިވަނީ، ޑިސެމްބަރު 11 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox