ޕީއެންސީގެ ޕްރައިމަރީގައި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް، މާލޭގައި ތިބެގެން ވޯޓުލުމުގެ ހައްގެއް ނުލިބޭނެ

މިމަހުގެ 14 ވަނަ ދުވަހު ޕީއެންސީން ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މިމަހުގެ 14 ވަނަ ދުވަހު ޕީއެންސީން ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ވޯޓުލުމުގެ އިންތިޒާމު މާލޭގައި ހަމަނުޖައްސާނެ ކަމަށް އެ ޕާޓީގެ ކެމްޕޭނު މެނޭޖަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ޕީއެންސީގެ ކައުންސިލް ޕްރައިމަރީގައި ވޯޓު ލެވޭނީ އެމީހެއްގެ ރެޖިސްޓްރީ އޮންނަ ރަށަށް ކަމަށެވެ.

"އަޅުގަނޑުމެން ޕްރައިމަރީގައި ވޯޓުލުން މިފަހަރު މި ޕާޓީގެ ފަރާތުން ނިންމާފައި މި ވަނީ އެ ބޭފުޅަކު ނިސްބަތްވާ ރަށެއްގައި ބެހެއްޓިފައި ހުންނަ ވޯޓު ފޮށްޓަށް ކޮންމެ ބޭފުޅަކަށް ވެސް ވޯޓު ލެވޭނީ. އޭގެ މާނައަކީ ރ. އަތޮޅުުގައި މިސާލަކަށް އުނގޫފާރުގައި، އުނގޫފާރު ފޮށްޓަށް ރެޖިސްޓްރީ ކޮށްފައި އޮންނަ ވޯޓު. މާލޭގައި އަޅުގަނޑުމެންގެ އެއްވެސް ވޯޓު ފޮށްޓެއް ޕްރައިމަރީގައި ވޯޓުލާކަށް މި ފަހަރު ނުބެހެއްޓޭނެ،" ފަލާހު ވިދާޅުވި އެވެ.

"ހުރިހާ ވޯޓު ފޮށްޓަކަށް ވެސް ވޯޓު ލެވޭނީ އެ ބޭފުޅަކު އެ ރެޖިސްޓްރީ އޮންނަ ރަށެއްގައި ހުންނަ، އެ ރަށަކަށް ވޯޓުލުމުގެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލައިފައި މި ވަނީ."

ފަލާހު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ އިދާރީ ކަންކަން ވީހާވެސް ފުރިހަމައަށް ހަމަޖައްސައި އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން، ރަށްރަށުގެ ވޯޓު ފޮށި މާލޭގައި ބަހައްޓާފައި ހުރުމުން، ރަށަށް ވޯޓުލުމަށްފަހު މާލެއަށް އައިސް ވެސް މީހުން ވޯޓުލުން ފަދަ ކަންކަން ހިނގާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު އެހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ ރަށްރަށުގެ ގިނަ ރައްޔިތުން ދިރިއުޅެނީ މާލޭގަ އެވެ. މީގެ ކުރިން ބާއްވާ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތަކުގައި ވެސް ރަށްރަށުގެ ވޯޓު ފޮށި މާލޭގައި ބަހައްޓަނީ އެ ސަބަބާ ހުރެ އެވެ. ޕީއެންސީގެ މި ނިންމުމާއެކު މާލޭގައި ދިރިއުޅޭ ރަށްރަށުގެ އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލިގެން ދާނެ އެވެ.

ޕީއެންސީގެ ޕްރައިމަރީ އޮންނާނީ އަންނަ ޑިސެމްބަރު 27، ގައި ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ޑިސެމްބަރު 15، އާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީއަކީ ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ވާނެ ކަމަށެވެ. ޕްރައިމަރީގައި 1400 އެއްހައި ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަން ނިންމާފައި ވަނީ މާދަމާ އެވެ. އެކަމަށް ޝައުގުވެރިވާ މީހުންނަށް ހާއްސަ ޕޯޓަލްއެއް ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox