ލެއާއޯގެ ގޯލުން ލާޒިއޯ ބަލިކޮށް މިލާން އެއް ވަނަ އަށް

Nov 30, 2025, 4:17 AM
ލެއާއޯގެ ގޯލުން ލާޒިއޯ ބަލިކޮށް މިލާން އެއް ވަނަ އަށް

މިލާން (ނޮވެމްބަރު 30) - ރަފައެލް ލެއާއޯ ޖެހި ހަމައެކަނި ގޯލުން ލާޒިއޯގެ މައްޗަށް 1-0 އިން ކުރިހޯދައި، އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި ނަތީޖާއާ އެކު މިލާނުން އެއް ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރޯމާ އަށް 12 މެޗުން 27 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އަށް ވަނީ 12 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. މިރޭ، ލީގުގައި ނަޕޯލީ އާއި ރޯމާ އިން ބައްދަލުކުރާނެ އެވެ. ލީގުގެ ހަތަރެއްގައި އިންޓަ މިލާނުން އޮތީ 13 މެޗުން 24 ޕޮއިންޓާ އެކު އެވެ. އިންޓަ އިން މިރޭ ކުޅޭނީ ޕީސާއާ އެވެ.

އަމިއްލަ ދަނޑުގައި ރޭ މިލާނުން ލާޒިއޯއާ ދެކޮޅަށް ކުޅެން ޖެހުނީ އުނދަގޫ މެޗެކެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ލާޒިއޯ އިން ވަނީ ފުރަތަމަ ހާުފުގައި ރަނގަޅަށް ޑިފެންސްކޮށް އެޓޭކްކުރަން ލިބުނު ފުރުސަތުތަކުގައި މިލާނަށް ޕްރެޝަރުކޮށްފަ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މިލާނަށް ޖަހައިދިނީ، ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓްގައި ލެއާއޯ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ލެއާއޯ މި ލަނޑު ޖެހީ އެ ޓީމުގެ ޑިފެންޑަރު، ފިކާޔޯ ޓޮމޯރީ ތަަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މިއީ، މި ފަހަރު ލީގުގައި ލެއާއޯ ޖެހި ފަސް ވަނަ ގޯލެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މިލާންގެ ކޯޗު މެސިމޯ އަލެގްރީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ލީގުގައި ރޭ ޔުވެންޓަސް އިން ވަނީ ފަހަތުން އަރައި 2-1 އިން ކަލިއަރީ ބަލިކޮށްފަ އެވެ. ސަބެސްޓިއާނޯ އެސްޕޮސީޓޯގެ ގޯލުން ކަލިއަރީ ލީޑުނެގި މި މެޗުގައި ޔުވެންޓަސްގެ ދެ ގޯލު ވެސް ޖެހީ ތުރުކީގެ ތަރި، ކެނާން ޔިލްޑިޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox