މާސްގެ ޖައްވުގައި ވެސް ވިދުވަރު އުފެދޭ

Nov 30, 2025, 9:00 AM
މާސްގެ ޖައްވުގައި ވެސް ވިދުވަރު އުފެދޭ

އިރުގެ ވަށައިގެން ދަތުރުކުރާ ގުރަހަލިތަކުގެ ތެރެއިން ގުގުރުމާއި ވިދުން އުފެދޭ ހަމައެކަނި ގުރަހައްޔަކީ މި ބިންކަމުގައި އިންސާނުން ގަބޫލުކުރާތާ އެތައް އަހަރެއް ފަހުން، އެއީ މުޅިން ރަނގަޅު ގަބޫލުކުރުމެއް ނޫންކަން އެނގުނީ ޒަމާނީ ފަލަކީ އާލާތްތަކާއި ފަލަކީ އިލްމުގެ ދޮރުތައް ހުޅުވިގެން ދިޔުމުންނެވެ. އިލެކްޓްރޯނިކް ޖައްވީ ދުރުމިތަކާއި ސެޓެލައިޓްތަކުގެ އެހީގައި، ގުރަހެލިތަކުގެ މައުލޫމާތުތައް އެއްކުރި އިރު، މި ބިމުގެ އިތުރުން ވިދުވަރު ނުވަތަ ވިދުން އުފެދޭކަން މިހާތަނަށް ޔަގީންކުރެވިފައިވަނީ، ސެޓާން އާއި ޖުޕިޓާގައެވެ.

އެހެން ނަމަވެސް، ދުނިޔެއާ އެންމެ ކައިރި އެއް ގުރަހެލި ކަމަށްވާ މާސްގެ ޖައްވުގައި ވިދުން އުފެދޭނެ ކަމަށް ފަލަކީ އިލްމުވެރިންނާއި ސައެންސްވެރިން އަބަދުވެސް ލަފާކުރެއެވެ. ދާދި ފަހުން ކުރި ފަލަކީ ދިރާސާއަކުން މިހާރު ވަނީ އެކަން ކަށަވަރު ވެސް ކުރެވިފައެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މާސްގެ ޖައްވުގެ ތެރޭގައި ހިރަފުހާއި ވެލީގެ ކުނޑިފުއްތައް ވަރަށް ގިނައެވެ. ޖައްވުގެ ތެރޭގައި އެ ކުނޑިފުއްތައް އެކަތި އަނެކައްޗާ ޖެހި އުނގުޅުމުގެ ސަބަބުން ކަރަންޓު (އިލެކްޓްރިކަލް) ޗާޖެއް އުފައްދައެވެ. އެ ޗާޖްތައް އެ ކުނޑިފުއްތަކާ ވަކިވެގެން ދަނީ އަލިފާން ކަނިތަކެއްގެ ސިފައިގައެވެ. އެ ހުރިހާ އަލިފާން ކަނިތައް އެއްފަހަރާ އަނދައިގެންދާ މަންޒަރު ލޮލަށް ފެންނާނީ ވިދުވަރެއްގެ ސިފައިގައެވެ.

Advertisement

މި ބިމުގެ ވައިގެ ފަށަލައިގެ ތެރޭގައި، ވައި ޖެހެމުން ދާއިރު ވައިގެ ތެރެއަށް އަރައިގެން ދާ ހިރަފުހާއި ވެލީގެ ހިމުން ފުއްތައް އެކަތިއަނެކައްޗާ ކޭއްތިގަނެ ވަކިވެގެންދާ ހިނދު، އެ ކުނޑިފުއްތަކުގައި އިލެކްޓްރިކް ބާރެއް އުފައްދައެވެ. މާސްގެ ޖައްވުގެ ތެރޭގައިވެސް ހިރަފުހާއި ވެލީގެ ހިމުން ފުއްތައް ވަރަށް ގިނައިން އެކުލެވެއެވެ.

އެހެންކަމުން މާސްގެ ޖައްވުގެ ތެރޭގައި އުފެދޭ ހިރަފުހުގެ ތޫފާންތަކުގައި، ހިރަފުހާއި ވެލީގެ ހިމުން ފުއްތައް އެކަތި އަނެކައްޗާ ކޭއްތިގެން ދާއިރު، އިލެކްޓްރިކް ބާރެއް ނުވަތަ ޗާޖެއް އުފައްދާނެ ކަމަށް ސައެންސްވެރިން ދެކެއެވެ. ނޭޗާ ކިޔާ ޖާނަލްގައި މި މަހުގެ 26 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މާސްގެ ޖައްވުގެ ތެރެއިން އެއްކޮށްފައިވާ އަޑުތަކަށް ބަލާއިރު، ވިދުވަރުގެ އަޑު ހުރި ކަމަށް ބެލެވެއެވެ.

ސައެންސްވެރިންގެ ޓީމުން މި ދިރާސާ ހެދީ، އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މާސްއަށް ފޮނުވާފައިވާ އުޅަނދު ޕާސެވޭރަންސްގެ މައިކްތަކުން، ދެ އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައި ހުރި އަޑުތައް ތަހުލީލުކޮށްގެންނެވެ. އެ އަޑުތަކުގެ ތެރޭގައި އިލެކްޓްރިކަލް ހަރަކާތްތަކެއްގެ ސަބަބުން އުފެދޭ ޒާތުގެ އަޑުތަކެއް ފާހަގަކުރެވުނެވެ.

މި އަޑުތައް ތަހުލީލުކުރުމުގެ ތެރޭގައި އިލެކްޓްރިކް ހަރަކާތްތަކެއް އުފެދުމުގެ 55 ހާލަތެއް މެދުވެރިކަން ފާހަގަކުރެވުނެވެ. އޭގެ ތެރެއިން އެއް ހާލަތަކީ، މާސްގެ ޖައްވުގެ ތެރޭގައި ވައި ޖެހޭ އެވްރެޖް ބާރުމިނާ އަޅައި ބަލާޢިރު، އެ ދެ އަހަރުގެ ތެރޭގައި ވައިގެ ބާރުމިން 30 ޕަސެންޓް މައްޗަށް ދިޔަ ހާލަތެކެވެ.

މި ބިމުގެ ހާލަތަށް ބަލާއިރު، ސަހަރާތަކުގައި ހިރަފުހާއި ސްނޯ އާއި ވެލީގެ ހިމުން ފުއްތައް އެކަތި އަނެކައްޗާ ކޭއްތުމުގެ ސަބަބުން، އެ ފުއްތަކަށް ކަރަންޓުގެ ބާރު ލިބޭކަން ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް ކަރަންޓުގެ ބާރު ލިބިފައިވާ އެ ފުއްތައް ކޭއްތި މުޑިއެރުމުގެ ސަބަބުން ވިދުވަރު އުފެދެނީ ވަރަށް ނާދިރު ހާލަތެއްގައެވެ.

މާސްގެ އަޑުތައް ތަހުލީލުކުރުމުން، މާސްގެ ޖައްވުގެ ތެރޭގައި އިލެކްޓްރިކް ހަރަކާތްތަކެއް ހިނގާކަން މިހާރު ވަނީ ނުސީދާ ގޮތެއްގައި ޔަގީން ކުރެވިފައެވެ. ނަމަވެސް، މިކަން އިތުރަށް ކަށަވަރުކުރެވޭނީ، މާސްގެ ވަށައިގެން ބުރުޖަހާ ސެޓެލައިޓެއްގެ ޒަރީއާއިން ނުވަތަ ބިމުގައި ހުންނަ ރޭޑިއޯ ޓެލެސްކޯޕެއްގެ ޒަރީއާއިންނެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox