މުއިއްޒު: އަސްމާއާ ހެދި ހަޑިވެ، ބަދުނާމު ވެއްޖެ، ރައްޔިތުންގެ ކިބައިން މައާފަށް އެދެ!

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ ސަބަބުން އެ މަނިކުފާނު "ހަޑިވެ، ބަދުނާމު ވެއްޖެ" ކަމަށާއި އެހެންވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އަސްމާއަށް ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ޑިސެމްބަރު 4 ވާ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު އަވަށުގެ ރައްޔިތުންނާއެކު މުއިއްޒު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި އަސްމާ މާފަންނު މެދު ދާއިރާގެ މެންބަރުންނަށް މެސެޖު ކުރެއްވީ، ވީހާވެސް ގިނަ ރައްޔިތުންގެ ސުވާލާއި ހިޔާލު މުއިއްޒުގެ އަރިހަށް ގެންދެވުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ މެސެޖު އާންމުވުމުން ރައްޔިތުންގެ ފާޑުކިޔުންތައް މުއިއްޒު އަށް އަމާޒުވި އެވެ. އެހެންވެ، އެކަމާ ކޯފާ އިސްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާކަމުން، އަސްމާ އިއްޔެ ވަކިކޮށް، އަދި އަސްމާ ޔޫކޭއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރެއް ކެންސަލްކުރި އެވެ.

އަސްމާގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މި ފިޔަވަޅުތައް އެޅުއްވީ މުއިއްޒު އަންގަވައިގެން ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

"އެކަމަށް ބާރު ލިބޭ ހެއްކަކީ، މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ސީދާ ރައީސް ފޮނުއްވި މެސެޖުތައް،" އަސްމާގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

އެ މެސެޖުތައް އަދަދު ނޫހަށް ލިބިފައިވެ އެވެ.

އަސްމާ ޓެގް ކުރައްވައި މުއިއްޒު ފޮނުއްވި ފުރަތަމަ މެސެޖުގައި ވިދާޅުވެފައި ވަނީ އަސްމާގެ މެސެޖާ ހެދި އެ މަނިކުފާނުގެ އިސްތަށިފުޅުގައި ބަދުނާމެއް އެޅިއްޖެ ކަމަށެވެ.

"[އެހެނެވެ] ޕަބްލިކްލީ އެޕްލޮޖައިޒު ކުރައްވާ ދާއިރާގެ އެންމެނަށް ފޮނުވި މެސެޖުއާ ގުޅޭ ގޮތުން. އަޅުގަނޑު ބޮލުގައި ބަދުނާމެއް އެޅިއްޖެ، އެ މެސެޖާ ހެދި،" މުއިއްޒު އެންގެވި އެވެ.

"ދަންނަވާ އެއީ ތިމަންނަ އަމިއްލަ އަށް ކުރި މެސެޖެއް ކަމާއި، އަޅުގަނޑުގެ އެއްވެސް މަޝްވަރާއެއް ނެތި ކުރި މެސެޖެއް ކަމަށް."

ދެ ވަނަ މެސެޖުގައި މުއިއްޒު ވިދާޅުވީ ކޮންމެ ސުވާލެއް ކުރެއްވިޔަސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެހެންވެ، ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތައް، އަސްމާގެ މެސެޖުގެ ސަބަބުން ހަޑިކޮށްލައިފި ކަމަށެވެ.

"އަޅުގަނޑު މީ އެއްވެސް މީހަކު ކޮންމެ ކަހަލަ ސުވާލެއް ކުރިޔަސް ކަންބޮޑުވާ މީހެއް ނޫން. އަޅުގަނޑު މިހާ އޯޕަންކޮށް ބައްދަލުވުންތައް ބާއްވަމުން ދާއިރު އެކަން ހަޑިކޮށްލި ކަމަކަށް މި މެސެޖު ވެއްޖެ. އަައިއޭމް އެކްސްޓްރީމްލީ ޑިސްއެޕޮއިންޓެޑް ވިތު ޔޫ، އަސްމާ،" މުއިއްޒުގެ މެސެޖުގައިވެ އެވެ.

މުއިއްޒުގެ މި މެސެޖުތަކަށް ފަހު އަސްމާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ލެޓަހެޑުގައި ރޭ ބަޔާނެއް ނެރުއްވައިފަ އެވެ.

ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ސީނިއާ، އަދި އުމުރުން އެންމެ ދޮށީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްމާއަކީ އެ ޕާޓީގެ އެތެރޭގައި ގޯސްކޮށް ހިންގާ ކަންކަމަށް ފާޑުވިދާޅުވާ މެންބަރެކެވެ.

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި އިލެކްޝަންސް ކޮމިޝަނަށް ވަގު ފޯމު ހުށަހެޅުމުގެ ކަންކަން ކުރީ ޕާޓީގެ ޖަގަހައިގައި ކަމަށް އަސްމާ ވިދާޅުވެފައިވެ އެވެ.

ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނައިރު، މާލޭގެ ދާއިރާތަކުގެ ރައްޔިތުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން މުއިއްޒު ވަނީ ފައްޓަވައިފަ އެވެ. އެގޮތުން ވިލިމާލޭގައި ބައްދަލުވުމެއް އަދި މައްޗަންގޮޅީ އަވަށުގެ ރައްޔިތުންނާއެކު ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

މައްޗަންގޮޅީ ރައްޔިތުންގެ ބައްދަލުވުމުގައި މުއިއްޒުއާ ކުރެއްވި ހޫނު ސުވާލުތަކަށް އެމަނިކުފާނު ޖަވާބެއް ނުދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox