ހުލާސާކޮށް އިއްޔެ: ފުވައްމުލަކުގައި ފެށި މަޝްރޫއުތަކުގެ ބިންގާ އެޅި ގޮތަށް މަސައްކަތް ހުއްޓިފައި

Nov 25, 2025, 1:07 AM
ފުވައްމުލަކު ވޭސްޓުމެނޭޖުމެންޓު ސެންޓަރުގެ އަމަލީ މަސައްކަތް ފެށިކަމަށް ދެއްކުމަށް ނޮވެމްބަރު 4، 2025 ގައި އެ އިމާރާތުގެ ބިންގާ އަޅަނީ. -- ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކު ވޭސްޓުމެނޭޖުމެންޓު ސެންޓަރުގެ އަމަލީ މަސައްކަތް ފެށިކަމަށް ދެއްކުމަށް ނޮވެމްބަރު 4، 2025 ގައި އެ އިމާރާތުގެ ބިންގާ އަޅަނީ. -- ފޮޓޯ: ރައީސް އޮފީސް

މި މަހުގެ ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ބިންގާ އެޅި ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މުއިއްޒުގެ ދަތުރުގެ ތެރެއިން ފަސް މަޝްރޫއެއްގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށީ ނޮވެމްބަރު 4، ގަ އެވެ. އެއީ މީގެ 20 ދުވަސް ކުރި އެވެ. ރަމްޒީކޮށް ބިންގާ އެޅުމުގެ އިތުރުން އެ ޕްރޮޖެކްޓުތަކުގެ އެއްވެސް ކަމެއް ކުރިއަކަށް ނުދެ އެވެ.

މުއިއްޒުގެ ދަތުރުގައި ބިންގާ އެޅި މަޝްރޫއުތައް:

  • ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއު
  • ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތް ގާއިމުކުރުމުގެ މަޝްރޫއު
  • 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއު
  • ޕޮލިސް އެކޮމޮޑޭޝަން އިމާރާތްކުރުމުގެ މަޝްރޫއު
  • ނެޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުކުރުމުގެ މަޝްރޫއު

މީގެ ތެރެއިން ވޭސްޓް މެނޭޖްމަންޓު ސެންޓަރާއި ނޭޝަނަލް ލައިބްރަރީގެ ގޮފީގެ މަޝްރޫއު ހިންގާ ސަރަހައްދުގެ ބިން ވެސް ސާފުކޮށްފައެއް ނުވެ އެވެ. އަނެއް ތިން މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓުގައި އެއްވެސް މީހަކު ނެތްއިރު މަސައްކަތް ކުރިއަށް ދާ މަންޒަރެއް ވެސް ނުފެނެ އެވެ.

Advertisement

ހައުސިން ޔުނިޓުތައް އަޅާ ސަރަހައްދުގައި ދެ ހައިމާކެއް އޮތްއިރު، ޕޮލިސް އެކަމަޑޭޝަން ޔުނިޓުގެ ސައިޓުގައި ދެތިން ތަނބެއް ޖެހުން ނޫން ކަމެއް ކުރެވިފައެއް ނެތެވެ. ސްކޫލުގެ އައު އިމާރާތް ތަރައްގީ ކުރާ ސައިޓުގައި ކޮނެފައި އޮތް ވަޅުގަނޑުގައި އޮތީ ފެންބޮޑުވެފަ އެވެ.

މިއިން އެއްވެސް މަޝްރޫއެއްގެ މަސައްކަތް މިހާރު ކުރިއަށް ނުދާއިރު ދަތުރުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވަނީ މި މަޝްރޫއުތަކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަވަސް ދުވެލީގައި ކުރިއަށް ގެންގޮސް މަސައްކަތްތައް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ބިންގާ އެޅި ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުނިތަކާ އެވެ. އަދި، ބައެއް މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކާ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox