އީ-ވިސާއާއެކު ބިދޭސީންނަށް ވިސާ ދޫކުރުމުގައި އަންނާނެ ބަދަލުތައް ހާމަކޮށްފި

އީ-ވިސާއާއެކު ބިދޭސީންނަށް ވިސާ ދޫކުރުމުގައި އަންނާނެ ބަދަލުތައް ހާމަކޮށްފި

ދިވެހިރާއްޖެގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރާ ވިސާއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް، އީ-ވިސާގެ ހިދުމަތް ތައާރަފްކުރުމާ ގުޅިގެން ބިދޭސީންނަށް ވިސާ ދޫކުރުމުގެ ހިދުމަތަށް އަންނާނެ ބަދަލުތައް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފި އެވެ.

އީ-ވިސާ ތައާރަފުކުރުމުން އަންނާނެ އެންމެ ބޮޑު ބަދަލަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޕާސްޕޯޓު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅައިގެން ވިސާ ޖެހުމުގެ ބަދަލުގައި ނޮވެމްބަރު 23، އިން ފެށިގެން އެ މީހުންނަށް ދޫކުރާނީ އީ-ވިސާ އެވެ.

އިމިގްރޭޝަނުން ބުނީ ނޮވެމްބަރު 23، ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، އެ ދުވަހަށްފަހު އެ ބިދޭސީންގެ ވިސާ ސިސްޓަމް ތެރެއިން އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަމަށެވެ.

ނަމަވެސް ވޯކް ވިސާ ފިޔަވައި އެހެން ވިސާގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ނޮވެމްބަރު 23، ވަނަ ދުވަހުން ފެށިގެން އީ-ވިސާ ދޫކުރިއަސް، އެ މުއްދަތުގެ ކުރިން އެ ފަރާތަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވިސާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވިސާއަށް ބަދަލެއް ނުވާނެ އެވެ.

ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް، އެ ވިސާއަކީ ވެލިޑް ވިސާއެއްގެ ގޮތުގައި ނުބަލަ އެވެ. ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވެލިޑް ވޯކް ވިސާކަމުގައި ނޮވެމްބަރު 23، އިން ފެށިގެން ބަލާނީ އެ ބިދޭސީންނަށް ދޫކުރާ އީ-ވިސާ އެވެ.

އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ ހޯމް މިނިސްޓްރީ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް' އެއް ލިބިފައިވާ ބިދޭސީއަކަށެވެ.

އޭގެއިތުރުން އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވޯކް ވިސާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތް ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ.

"އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވޯކް ވިސާގެ މަރުހަލާ ފުރިހަމަނުކުރެވި އެފަދަ ބިދޭސީއަކަށް ރާއްޖެއިން ފުރުމުގެ ހުއްދަދެވޭނެ. މިފަދަ ހާލަތްތަކުގައި ވޯކް ވިސާ މަރުހަލާ ފުރިހަމަނުކޮށް ރާއްޖެއިން ފުރައިގެން ދެވޭނީ އެ ބިދޭސީއަކު ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެއް ފަހަރު،" އިމިގްރޭޝަނުން ބުންޏެވެ.

ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާގައި އުޅޭ ބިދޭސީންނަށް ނޮވެމްބަރު 23، އިން ފެށިގެން އީ-ވިސާ ދޫކުރި ނަމަވެސް، އެ މުއްދަތުގެ ކުރިން އެ ފަރާތްތަކަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވިސާއެއް އޮތްނަމަ، އެ ވިސާގެ މުއްދަތު ހަމަވަންދެން އޭގެ ސައްހަކަން ދެމި އޮންނާނެ އެވެ.

ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ނޮވެމްބަރު 23، ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވިސާ އޮތްނަމަ، އެފަދަ ފަރާތްތަކުން އީ-ވިސާއަށް އެދި ހުށަހަޅަންވާނީ މިހާރު ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ވިސާ ޖެހުމަށް ނޮވެމްބަރު 23، ގެ ކުރިން މި އިދާރާއަށް ހުށަހަޅާފައިވާ ޕާސްޕޯޓުތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ނުނަގާ ހުރި ޕާސްޕޯޓުތައް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 13:30 އަށް އިމިގްރޭޝަންގެ ސްޓާ ކްލައުޑް ބިލްޑިންގެ އަށްވަނަ ފަންގިފިލާއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އީ-ވިސާގެ ސައްހަކަން އިމިގްރޭޝަންގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އޭގެއިތުރުން އީ-ވިސާއާ ގުޅޭ އިތުރު މައުލޫމާތުތައް 9199157 ނުވަތަ 9919153 އަށް ގުޅައިގެން ސާފުކުރުމަށް އިމިގްރޭޝަނުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox