ސަރުކާރުން ބަހާލި ޕްރޮޖެކްޓުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްދިނުމަށް އެމްޑީޕީން ޕީޖީގައި އެދިއްޖެ

ސަރުކާރުން ބަހާލި ޕްރޮޖެކްޓުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްދިނުމަށް އެމްޑީޕީން ޕީޖީގައި އެދިއްޖެ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި، ތަހުގީގުކޮށް، ގާނޫނި ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަމުރުކޮށްދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު އައްބާސްގެ އަރިހުން އެދިއްޖެ އެވެ.

އެ ޕާޓީން މިއަދު އައްބާސަށް ފޮނުވި ސިޓީއެއްގައި ވަނީ އެ މަޝްރޫއުތަކުގައި ސޮއިކުރުމުގައި އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއް ނެތް ކަމަށް ބުނެފަ އެވެ. ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މި ޕްރޮޖެކްޓުތައް ބަހާލުމަށް މާލިއްޔަތު ގާނޫނާ ހިލާފު ބަދަލެއް މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާކަން އެމްޑީޕީން ވަނީ ބުނެފަ އެވެ.

"މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މުޅި ޕްރޮކިއުމަންޓުގެ ނިޒާމު ގަޑުބަޑުވެ، ދިވެހިރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިގެންހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް،" އެމްޑީޕީއިން ޕީޖީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

Advertisement

މައްސަލަ ތަހުގީގުކޮށްދިނުމަށް އެމްޑީޕީން އެދުނު ސަބަބުތައް

  • ބީލަމަށް ނުލައި ޕްރޮޖެކްޓްތައް ދެވޭނެ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ގަވާއިދު ބަދަލުކުރުން
  • ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް ދުރާލައި އިއުލާނުކޮށްފައި ނުވުން
  • ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފުރުސަތު ދީފައި ނުވުން
  • ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކަށް ޕްރޮޖެކްޓް ހަވާލުކުރުން
  • ޕްރޮޖެކްޓްތައް ހަވާލުކުރި ކުންފުނިތަކުގެ ފަންނީ ގާބިލުކަމާއި ތަޖުރިބާއަށް ބަލާފައި ނެތުން
  • އެއް ބާވަތެއްގެ އަދި އެއް ބޮޑުމިނެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދިނުން
  • އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމުކޮށްފައި ނުވުން.

"ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މިނިވަންކަމާއި، ހާމަކަމާއެކު އަދި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަށް ގެންދިއުމަށް ހުރަސް އެޅި، ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ ޖާގަ ނުހަނު ބޮޑަށް ހުޅުވިގެންދޭ،" އެމްޑީޕީގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލަތައް ތަހުގީގުކޮށްދިނުމަށް އެމްޑީޕީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ. ބަހާލި 206 ޕްރޮޖެކްޓަށް ފައިސާ ދޫކުރުން ހުއްޓުވުމަށާއި އެކަން ކުރުމަށް މަގުފަހިވާނެހެން މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް ކޯޓަށް ދާން ވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ހަގީގަތަކީ މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ، ބީއެމްއެލް މެދުވެރިކޮށް ކުންފުނިތަކަށް 9 ޕަސެންޓު އިންޓަރެސްޓުގައި ލޯނު ހަމަޖައްސައިފަ އެވެ. ކުންފުނިތަކަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ވެސް ދައްކަން ޖެހޭނީ ސަރުކާރުންނެވެ.

މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތް އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތް ނެތް ކުންފުނިތައް ވެސް ހިމެނެ އެވެ.

ވާދަވެރި ބީލަމަކަށް ނުގޮސް ބަހާލާ މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރުން، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ.

އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox