އަންނަ މަހު ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންއަށް ރަޖިސްޓްރީ ކޮށްގެން "ދަ ކޮފީބީން އެންޑް ތި-ލީފް" އިން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވަލައިފި އެވެ.
އުރިދޫ އިން ބުނީ ފަން ރަންގެ 250 ޓިކެޓު ފަންކިޓު ތެރޭގައި އިނާމުތައް ފޮރުވާފައިވާނެ ކަމަށެވެ. އެގޮތުން ފަން ރަންގައި ބައިވެރިވެ ފަން ކިޓު ގަންނަ ފަރާތްތަކަށް ގޯލްޑް، ޕާޕަލް ނުވަތަ ސިލްވާ ޓިކެޓު ހޯދައި ހައްސަ އިނާމުތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންނެވެ.
ފަން ކިޓުގައި ފޮރުވާފައިވާ އިނާމުތައް:
- އެއް ގޯލްޑެން ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފްގައި އައިސް ބްލެންޑެޑް ބުއިންތައް އެއް އަހަރު ދުވަހުގެ ސަޕްލައި. (ޑިސެމްބަރު، 19، 2025 އިން ނޮވެމްބަރު، 30، 2026 ގެ ނިޔަލަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް ބުއިން) ހިލޭ ލިބެނެ.
- ފަސް ޕާޕަލް ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ މެނޫގައި ހިމެނޭ ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ.
- 244 ސިލްވާ ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް އިން ގަންނަ ކޮންމެ ބެވަރޭޖަކުން ފަސް ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ.
ރަޖިސްޓްރޭޝަން އަދި ކިޓް އޮޕްޝަންސް:
ފަން ކިޓް: 210ރ. އަށް ލިބޭ މި ކިޓުގައި ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި ހިމެނޭ.
ސްޓޭންޑާޑް ކިޓް: 110. އަސް ލިބެ މި ކިޓުގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި ހިމެނޭ.
އަންނަ މަހުގެ 19، ގައި އޮންނަ ފަން ރަންއަށް ރަޖިސްޓްރިކުރުމުގެ ފުރުސަތު ނޮވެމްބަރު 14، ވާ ބުދަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ހުޅުވާލައިގެން ބާއްވާ ފަސް ކިލޯ މީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާންމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވުމަށް މަޖާ ދުވުމެއް ކަމަށް އުރީދޫއިން ބުންޏެވެ.
މިދިޔަ އަހަރު އުރީދޫ އިން ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަންގައި 6،500 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، އެއީ އުރީދޫއިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތްކަން ފާހަގަކޮށްލެވެ އެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.










