ލިވަޕޫލް ފަހަތަށް ޖައްސާލައި ސިޓީ ދެ ވަނަ އަށް

Nov 9, 2025, 6:55 PM
ލިވަޕޫލް ފަހަތަށް ޖައްސާލައި ސިޓީ ދެ ވަނަ އަށް

މެންޗެސްޓާ (ނޮވެމްބަރު 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް 3-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗުން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ވެސް ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ބަލިވުމުން އެ ޓީމު އޮތީ ލީގުގެ އަށް ވަަނަ އަށް ވެއްޓިފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗުގައި ހޯދި މޮޅާ އެކު، އެ ޓީމުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 11 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް 11 މެޗުން 22 ޕޮއިންޓް ވަނީ ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 11 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ސަންޑަލެންޑަށް ވަނީ 11 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ހަ ވަނައިގައި އޮތް އެސްޓަން ވިލާ އަދި ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަދި އަށް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 11 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސިޓީ އަށް 13 ވަނަ މިނިޓްގައި ލީޑުނަގަން ލިބުނު ފުރުސަތުގައި އާލިން ހާލަންޑް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ. މިއީ، ސިޓީގެ ޖެރެމީ ޑޮކޫ އަށް މަމަޑާޝްވިލީ ކުރީ ފައުލެއް ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑު ކައިރީގައި ހުރި މޮނީޓަރުން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ސިޓީން ލީޑުނެގީ 29 ވަނަ މިނިޓްގައި ހާލަންޑް ޖެހި ގޯލުންނެވެ. މިއީ މަޓެއުސް ނޫނޭސް ނެގި ހުރަހަކުން ހާލަންޑް ބޮލުން ޖެހި ގޯލެކެވެ. މިއީ، ޕްރިމިއާ ލީގުގައި ސިޓީ އަށް ހާލަންޑް ޖަހައިދިން 99 ވަނަ ގޯލެވެ.

ލިވަޕޫލުން ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލުން އެއްވަރުކުރި ކަމަަށް ބެލެވުނަސް، ވީއޭއާރް އިން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެއީ، އޮފްސައިޑްގައި ހުރި، ލިވަޕޫލްގެ އެންޑީ ރޮބަޓްސަން، ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ އަށް ހުރަސްއެޅި ކަމަށް ބަލައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި ސިޓީގެ ދެ ވަަނަ ލަނޑު ޖެހީ ނިކޯ ގޮންޒާލޭޒް އެވެ. އޭރިއާބޭރުން ނިކޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވެން ޑައިކް ފައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ސިޓީގެ ތިން ވަނަ ލަނޑު ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ ޑޮކޫ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ޑޮކޫ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ، އެންމެ ފަހުން ލީގުގައި ކުޅުނު 24 މެޗުން ޑޮކޫ ޖެހި ފުރަތަމަ ގޯލެވެ. އަދި، މިއީ، ޑޮކޫ ސިޓީ އަށް ކުޅެދިން 100 ވަނަ މެޗެވެ.

ލިވަޕޫލުން ލަނޑެއް ޖެހޭތޯ ޑޮމިނިކް ސޮބޯސްލާއި ޖެހި ބޯޅަ ކީޕަރު ޑޮނަރުންމާ މަތަކުރިއިރު، މުހައްމަދު ސަލާހު ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި، ކޯޑީ ގަކްޕޯ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މިދިޔަ ސީޒަނުގައި ޖުމްލަ އެކު، ލީގުގެ ހަތަރު މެޗުން ބަލިވި ލިވަޕޫލް މި ވަނީ މި ފަހަރުގެ ލީގުގެ 11 މެޗުގެ ތެެރެއިން ފަސް މެޗުން ބަލިވެފަ އެވެ. އެ ފަސް މެޗަކީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗެވެ.

މިދިޔަ 13 ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ރަށުންބޭރުގައި ހަތަރު މެޗުން ލިވަޕޫލް މި ވަނީ ބަލިވެފަ އެވެ.

ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ނުކުތް 1000 ވަަނަ މެޗުގައި އޭނާ މި ވަނީ، 716 ވަނަ މެޗުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox