ކޮރަޕްޝަންގެ މަންފާވެރިން ދުނިޔޭގައިވެސް އެކަން ދެކޭނެ!

ކޮރަޕްޝަންގެ މަންފާވެރިން ދުނިޔޭގައިވެސް އެކަން ދެކޭނެ!

ދައުލަތުގެ މަގާމުތަކުގައި ތިބެގެން ރައްޔިތުންނަށް ހިޔާނާތްތެރިވުމުގެ އަމަލުތަކަކީ، އަދި ދައުލަތުގެ ބައިތުލްމާލުން އެކި ގޮތްގޮތުން ވައްކަންކުރުމުގެ އަމަލުތައް މިއީ އެކަންކަން ކުރާ މީހުން، މާތް ﷲ ގެ ލޯބިވެވޮޑިގަތުމުން ދުރުކުރެވިފައިވާ ބައެކެވެ. އަލްއަންފާލް ސޫރަތުގެ 58 ވަނަ އާޔަތުގައި މާތް ﷲ އެކަން އަންގަވައި ބަޔާންކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ހިޔާނާތްތެރިން ދެކެ ﷲ ލޯބިވެވޮޑިގެންނުވެއެވެ."

ލެއްވިހާ ބޮޑެތި ހިޔާނާތްތަކާއި ފާޅުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށްފަހު ތިމާމެންނަކީ ވަރަށް ތެދުވެރި އީމާންތެރި މުސްލިމުންކަމުގައި ވެވިދާނެކަމަށް ހީކުރުމަކީ ވަރަށް ވެސް ބޮޑު ކުށްހީއެކެވެ. އެހެނީ މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "އީމާންކަމާއި ކާފަރުކަން މީހެއްގެ ހިތުގައި އެކެއްނުވާނެއެވެ. އަދި ދޮގާއި ތެދުވެސް އެކުވެ ޖަމައެއް ނުވާނެއެވެ. އަދި ހިޔާނާތްތެރިކަމާއި އަމާނާތްތެރިކަން ވެސް އެކުވެ ޖަމައެއް ނުވާނެއެވެ."

އާދޭހެވެ! އިސްލާމްދީނުގެ ސާފުސީދާ ތެދުމަގެވެ. އެހެންނާ އީމާންވެގެން ހުރި މުއުމިނަކަށް ވާން ބޭނުންނަމަ، އެ އީމާންކަން ދޮގުހެދުމާއި ހިޔާނާތުގެ ކުނި މިލައިން ތަގައްޔަރުކޮށް ނުހަދާށެވެ. މީހާގެ ހިތުގައި އޮތް އީމާންކަމުގެ ސާފުކަން ކިލަނބު ކުރަމުން ގޮސް ކާފަރުކަމަށް ހިތުގައި ޖާގަ ލިބި ތިބާއީ ހިތުގައި ސިއްކަޖެއްސެވިގެންވާ މަގުފުރެދިފައިވާ އަބާއްޖަވެރިއަކަށްވުމުގެ ކުރީގައި ކޮރަޕްޝަންގެ އަމަލުތަކުން ހުރިހާ މާނައެއްގައި ދުރުހެލިވާށެވެ.

އެއީ ދައުލަތުގެ މަގާމެއްގައި ހުރެ ހިޔާނާތެއް ނުވަތަ ވައްކަމެއް ކުރުން ކަމަށް ވިޔަސް ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދިނުންކަމަށް ވިޔަސް ނުވަތަ އެފަދަ ބަޔަކު ކުރާ އެފަދަ ކަމަކާ ސަރުކާރުން ބޭރުގައި ހުރެ ބައިވެރިވުންކަމަށް ވިޔަސް، ނުވަތަ އެއިން ކަމެއްގެ ފައިދާ ލިބިގަތުން ކަމަށް ވިޔަސް އެ އެންމެހާ ކަމަކީ މަގުފުރެދުމާއި އަބާއްޖަވެރިކަމުގެ މަގަށް ތިމާ ގެންދާނެ ކަންކަމެވެ. އެމަގުން މުއްސަނދިވާނެ ކަމަށް ތިބާ ހީކުރިޔަސް އެއީ ތިބާގެ ރިޒުގުން ބަރަކާތް ކެނޑި އަބަދުގެ އަބަދުގެ ފަގީރުކަމާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.

ކޮރަޕްޝަނަކީ އާދައިގެ ކަމެއް ނޫނެވެ. އެ ކުށުގައި އެންމެހާ ރައްޔިތުންނާއި އަފްރާދުންގެ ހައްގުތަކަށް އަރައިގަތުންވެއެވެ. މީސްމީހުންގެ ހައްގުތަކާ ގުޅިފައި ހުންނަ ކަންކަމުގައި އެބަޔަކުގެ ހިތްހަލާލު ނުލިބި ޤިޔާމަތްދުވަހުން ސަލާމަތްވެވޭނެ ހަމަ އެއްގޮތެއް ނޯންނާނެއެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. މަކަރާއި ހީލާތާއި ހިޔާނާތް ވަނީ އަލިފާނުގައެވެ. އެބަހީ ނަރަކައިގައެވެ. މާނައަކީ އެކަމުގެ އެންމެހާ އަމަލުތަކެއްގެ ނަތީޖާއަކީ ނަރަކައިގެ އަޒާބު ހުރި ކަންކަމެވެ. ދިންނެވުން ފަސޭހަ ކަންކަމެއް ނޫނެވެ. އެހެން ހަދީސެއްގައިވެއެވެ. އެމީހަކާ ހަވާލުކުރެވިއްޖެ އަމާނަތަކާ ހިޔާނާތްތެރިވެއްޖެނަމަ އެމީހަކާ ދެކޮޅަށް ދައުވާކުރާނެ މީހަކީ ތިމަންކަލޭގެފާނެވެ. (އެބަހީ ގިޔާމަތް ދުވަހުގައި އެމީހެއްގެ ޝަކުވާ މާތް ﷲ ގެ ދަރުބާރުގައި އުފުލާނީ ޚުދު އިތުރު އެކަލޭގެފާނެވެ.) ދެން ސަލާމަތްވާނެ ހަމަ އެއްގޮތެއް ނޯންނާނެއެވެ.

އެހެން ހަދީސް ބަސްފުޅެއްގައިވެއެވެ. ތިމާގެ ކަމުގެ ގުޅުން ކެނޑުމާއި ހިޔާނާތްތެރިވުމާއި ދޮގުހެދުމަށްވުރެ އެފާފައެއް ގެނެސްގަންނަ މީހަކަށް އާހިރަތުގެ އަޒާބު ލެހެއްޓެވުމާއެކު، އެމީހެއްގެ ދުނިޔަވީ އަޒާބު އަވަސްކުރެއްވުން ހުރި އެހެން ފާފަތަކެއް ނުވެއެވެ. ސުބްޙާނަﷲ އެވެ! ﷲ އަށް ބިރުވެތިވާ މީހަކަށް މާތް ނަބިއްޔާގެ މި އިންޒާރުގެ ބަސްފުޅުން ފުދޭނެއެވެ.

އިތުރު އެކަލޭގެފާނުގެ މި ބަސްފުޅުން އެނގޭ ގޮތުގައި ކޮންމެ ފާފައަކީ ވެސް އާހިރަތުގައި އެކަމަށް ކަނޑައެޅިފައިވާ އަޒާބުގެ ކުރިޔަށް ދުނިޔޭގެ އުގޫބާތްވެސް ލިބިގެން ހިނގައިދާނެ ފަދަ ފާފައެކެވެ. ނަމަވެސް މި ބަސްފުޅުގައި އެ އަންގަވަނީ ވަކި ތިން ފާފައަކީ އެހެން ހުރިހާ ފާފަތަކަށްވުރެ އެކަމުގެ ދުނިޔަވީ އުގޫބާތް އަވަސްކުރެއްވުން މާތް ﷲ ކަނޑައަޅުއްވާފައި ހުރި ކަންކަމެވެ. ހިޔާނާތްތެރިކަމާއި ދޮގުހެދުން ހިމަނުއްވާފައި މިވަނީ މީގެ ތެރެއިންނެވެ.

ކޮރަޕްޝަންގެ އަމަލުތަކަކީ އޭގެ އަހުލުވެރިންނަށް އިސާހިތަކު ދުނިޔޭގައި އެކަމުގެ އަބާއްޖަވެރިކަމާއި ކޯފާ ލައިގަންނަ ކަންކަމުގެ ގޮތުގައި ހުދު އަހަރެމެންގެ ލޯތަކަށް ފެންނަމުންދާދިއުން މާތް ނަބިއްޔާގެ މި ބަސްފުޅުގެ ތެދުކަން ކަށަވަރުކޮށްދޭނެއެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ވަރަށް ގިނަ މީހުން އަޅުގަނޑުގެ ގާތުގައި ބުނެއެވެ. މި ކޮންމެ ބަޔަކު ވެރިކަމުގައި ތިބެ އެހާވަރަށް ވައްކަންކޮށް ގުޅުންހުރި ދިމަދިމާއަށް މަންފާ ހޯދައިދެއެވެ. އެކަމަކު ބާރުވެރިކަން ގެއްލޭއިރަށް މަގުމަތިވެއެވެ. އެހުރިހާ ފައިސާތައް ފަހެ އެޅި ތަނެއް ވެސް އޮންނަންވާނެ ނޫންހެއްޔެވެ؟ މީގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް މީގެ ކުރިންވެސް ހިންގިކަމުގައި ނަންމަޝްހޫރު އެތައް ބަޔަކު ފަގީރެއްހެން އެފަހުން ދިހަހާހެއް ރުފިޔާ ވެސް ނުލިބިގެން ސަލާންޖަހާ އުސޫލުން އެބަ އާދޭސްކުރެއެވެ.

ދަންނަވަންތޯއެވެ! އިސްވެދިޔަ ހަދީސްގައި އެވާ ފަދައިން ކޮރަޕްޝަންގެ މަންފާވެރިންނަށް ދުނިޔަވީ އުގޫބާތެއްގެ ގޮތުގައި ލައިގަންނަ އެއް ކަމަކީ ފަގީރުކަމެވެ. އެކަން މާތް ނަބިއްޔާ ބަޔާންކުރައްވާފައިވެއެވެ. ހަދީސްކުރައްވާފައިވެއެވެ. "އަމާނާތްތެރިކަން ރިޒްގު ރޯއްޖާ ދިމާއަށް ގެންދެއެވެ. ހިޔާނާތްތެރިކަން ފަގީރުކަމާ ދިމާއަށް ގެންދެއެވެ."

ރައްޔިތުންގެ ތާއީދާއި ނުހަނު ގިނަ ސާބަހާއި ވޯޓާއި ލިބުނު އެތައް ބަޔަކު އެބައިމީހުންނަށް ލިބުނު ތާއީދާއި ތަރުހީބު ގެއްލުމުގެ އިތުރުން އާންމުންގެ ނުރުހުމާއި ލައުނަތާއި ބަދު ދުއާއާ އެހެރަގެން ކުރިމަތިވަނީ ހަމަ ހިޔާނާތްތެރިކަމާއި ދޮގުވެރިކަމުގެ މައްޗަށް މިހިރަ ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުންނެވެ. އިއްޔެ އާންމުންގެ ލޯބިލިބިލިބި ހުރެގެން މަގާމުތަކަށް ހޮވުނު މީހާ ދެވަނަ ފަހަރަށް ހަމަ އެ މަގާމަށް ކުރިމަތިލީމާ އޭނާ ދުނިޔޭގައި ވެސް އާންމުންގެ ކުރިމަތީ ނިކަމެތިކުރައްވާ ތަން އަހަރެމެން ދެކެނީ މަދެއްކޮށެއް ނޫނެވެ.

މާތް ނަބިއްޔާގެ ބަސްފުޅު ތެދެވެ. "ތިމާގެ ކަމުގެ ގުޅުން ކެނޑުމާއި ހިޔާނާތްތެރިވުމާއި ދޮގުހެދުމަށްވުރެ އެފާފައެއް ގެނެސްގަންނަ މީހަކަށް އާހިރަތުގެ އަޒާބު ލެހެއްޓެވުމާއެކު، އެމީހެއްގެ ދުނިޔަވީ އަޒާބު އަވަސްކުރެއްވުން ހުރި އެހެން ފާފަތަކެއް ނުވެއެވެ."

ތިބާ މަސްތުވާތަކެއްޗެއް ނުނަގައެވެ. ސިގިރެޓެއް ވެސް ނުބޮއެވެ. އޫރުމަސް ފެނުނަސް ހޮޑުލަވާ ނޫންތޯއެވެ! އަދި ކިއެއްޔެވެ! ތިބާ ތިޔަ ގެންދަނީ ފަރުލު ފަސްވަގުތުގެ ނަމާދުގެ އިތުރުން ސުންނަތް ނަމާދާއި ބައެއް ފަހަރަށް ސުންނަތް ރޯދައިގެ އަޅުކަން ވެސް އަދާކުރަމުން ނޫންތޯއެވެ؟ އުމުރާ ވެސް ކޮށް ތިޔަ އުޅެނީ މަދެއް ކޮށެއް ނޫނެއްނޫންތޯއެވެ؟ އެކަމަކު ދޮގު އެބަހަދަމުއެވެ. ހިޔާނާތްތެރިއެބަވަމުއެވެ. ނަން މަޝްހޫރު ކޮންމެ ކޮރަޕްޝަނަކުން މަންފާ އެބަ ހޯދަމުއެވެ.

ތިބާ އެންމެ ނުބައި ކަންކަންކަމުގައި ތިޔަ ދެކޭ މަސްތުވާއެއްޗެއްސާއި ސިގިރެޓު ބުއިމާއި އޫރުމަސް ކެއުން ފަދަ ނުބައިވެގެންވާ ކަންކަމަކީ ވެސް މާތް ﷲ އަށް ތެދުވެރި ތައުބާއަކުން ތައުބާވެއްޖެނަމަ އެކަންކަމުގެ ފާފަ ފުއްސަވާ ކަންކަމެވެ. އެކަމަކު ދައުލަތެއްގެ ބައިތުލްމާލުން ހިންގާ ކޮރަޕްޝަނަކީ އެކަންކަމުގެ މައްޗަށް އޭގެ އެންމެހާ ހައްގުވެރިންގެ ހިތް ހަލާލު ލިބުމަށް ދާންދެން ސަލާމަތާއި ދިންނެވުން ނުލިބޭނެ ލައުނަތާއި ކޯފާގައި ތިމާ ހުންނަންޖެހޭނެ މާ ނުރައްކާތެރި އަދި ދުނިޔަވީ އުގޫބާތްވެސް މާ އަވަހަށް ލައިގަންނާނެ ކަންކަމެވެ. އަދި އެމީހެއްގެ ޚަޞްމެއްކަމުގައި ޤިޔާމަތް ދުވަހުން މާތް މުހައްމަދުގެފާނު ވެވަޑައިގަންނަވާނެ އެ ދައުވާއަކުން ބަރީއަ ނުވެވޭނެ ދައުވާލިބިގެންދާނެ ކަންކަން ވެސްމެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox