ފޯނުން މީޑިއާނެޓުގެ ޗެނަލްތަކާއި ވީޑިއޯ ކްލަބް ބެލޭ އެއް އަހަރުގެ ޕެކޭޖު 676ރ. އަށް

ފޯނުން މީޑިއާނެޓުގެ ޗެނަލްތަކާއި ވީޑިއޯ ކްލަބް ބެލޭ އެއް އަހަރުގެ ޕެކޭޖު 676ރ. އަށް

ފޯނު މެދުވެރިކޮށް މީޑިއާނެޓުގެ ޗެނަލްތަކާއި ވީޑިއޯ ކްލަބް ބެލޭ އެއް އަހަރު ދުވަހުގެ ޕެކޭޖް 676ރ. އަށް ސަބްސްކްރައިބް ކުރެވޭ ގޮތް ހަދައިފި އެވެ.

އެއް އަހަރު ދުވަހުގެ 676ރ. ޕެކޭޖު އަހަރަކަށް ބަހާލުމުން ދުވާލަކަށް ހަރަދުވަނީ އެންމެ 2ރ. އެވެ. އެއީ އެއްފަހަރާ ގިނަ ކޮންޓެންޓުތައް ކޮންމެ ދުވަހަކުވެސް ބަލާލަން ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

ސަބްސްކްރިޕްޝަންގައި ހިމެނޭ ކަންކަން:

  • މީޑިއާނެޓު މެދުވެރިކޮށް 100 އަށްވުރެ ގިނަ ޗެނަލް ބެލޭނެ
  • މީޑިއާނެޓު މެދުވެރިކޮށް ހުރިހާ ކުޅިވަރެއްގެ މެޗުތައް ވަގުތުން ބެލޭނެ
  • ވީޑިއޯ ކްލަބްގެ ލައިބްރަރީއަށް އެކްސެސްވެ، ހުރިހާ ފިލްމަކާއި ސީރީޒްއެއް ބެލޭނެ

ސްމާޓް ފޯނެއް އޮތްނަމަ މީޑިއާނެޓުގެ އެޕް އަޅައިގެން އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަނާއެކު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އޭގެ ބޭނުން ހިފޭނެ އެވެ.

ރާއްޖޭގައި މީހުން އުޅޭ ބުރަ ޝެޑިއުލްގެ ތެރެއިން ޓީވީ ހުޅުވައިގެން ބަލަން ޖެހޭ އެކި އެއްޗެހި ފޯނުން ކޮންމެ ތަނެއްގައި ހުރެގެން ވެސް ބެލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

މަނީ ޗޭންޖަރުންގެ ޑިޕޮސިޓް ދެ ގުނަ ބޮޑުކޮށްފި

ފައިސާ މާރުކުރުމުގެ ވިޔަފާރިތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެ ލައްކަ ޑޮލަރަށް ބޮޑުކޮށް، މަނީ ޗޭންޖަރުންގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި. މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ހިދުމަތް ދޭ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އަހަރީ ފީތައް ވެސް ވަނީ ބޮޑުކޮށްފަ.

މަސައްކަތްކުރަން އެންމެ ރަނގަޅު މާހައުލަކަށް މިފަހަރު ވެސް ދިރާގު

ވިދިވިދިގެން ދެވަނަ އަހަރު ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭސަން ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ކުރިއެރުމާއި ބޭނުންތަކަށް އިސްކަންދޭ ހަރުދަނާ މަސައްކަތުގެ މާހައުލެއް އޮތް ތަނެއްކަން ސާބިތުކޮށްދީފިއެވެ. މުވައްޒަފުންގެ އިތުބާރާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ދޭ މި ބައިނަލްއަގުވާމީ ސެޓިފިކޭސަން ލިބުމަކީ، މުވައްޒަފުންގެ މެދުގައި އޮތް އެއްބާރުލުމާއި ކުންފުނީގެ ސަގާފަތް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެކެވެ.

އެމްއައިބީ އާއި އެލިއާ ގުޅިގެން 18،000 ރުފިޔާ ޑިސްކައުންޓް

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް އެލިއާއިން އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ.

Newsletter

Get the latest news delivered straight to your inbox