އިއްޔެ އަކީ ލައިވް ޓީވީގައި ދައުލަތް ލޫޓުވުމުގެ ރިކޯޑެއް ހެދި ދުވަހެއް، މައްސަލަތައް ބަލަންޖެހޭ: ހުސައިން

206 ޕްރޮޖެކްޓު ކުންފުނިތަކާ ހަވާލުކުރަން ބާސެލޯ ނަސަންދުރާގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތަށް ފަހު ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް

206 ޕްރޮޖެކްޓު ކުންފުނިތަކާ ހަވާލުކުރަން ބާސެލޯ ނަސަންދުރާގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތަށް ފަހު ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް

އިއްޔެ އަކީ މި ސަރުކާރުން ލައިވް ޓީވީގައި ދައުލަތް ލޫޓުވުމުގެ ރިކޯޑެއް ހެދި ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނަވާރަ ވަނަ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރެއްވި ހުސައިން އިޝާރާތް އެ ކުރެއްވީ، ސަރުކާރުގެ 206 ޕްރޮޖެކްޓެއް ބީލަމަކާ ނުލައި، މި ސަރުކާރުން ބޭނުންވި ބަޔަކަށް ބަހާލުމަށް ފަހު، އެ އެއްބަސްވުންތަކުގައި ސޮއިކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތަށެވެ.

އެ ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 746 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކުރީ ޕީއެންސީގެ މަޖިލީސް މެންބަރުން ފަސް މެންބަރެއްގެ ކުންފުންޏަށެވެ. އެއީ ޖުމުލަ 15 ޕްރޮޖެކްޓެވެ.

ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވެރިންނާއި ކުންފުނިތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތު ޓީވީތަކުން ލައިވްކޮށް ދައްކަމުން ދިޔަ އެވެ. މިއީ ރާއްޖޭގައި އެއް ދުވަސްތެރޭގައި އެންމެ ގިނަ ޕްރޮޖެކްޓުތަކުގައި ސޮއިކުރި ރަސްމިއްޔާތެވެ.

206 ޕްރޮޖެކްޓު ކުންފުނިތަކާ ހަވާލުކުރަން ބާސެލޯ ނަސަންދުރާގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ވަޒީރުން. -- ފޮޓޯ: ރައީސް އޮފީސް
206 ޕްރޮޖެކްޓު ކުންފުނިތަކާ ހަވާލުކުރަން ބާސެލޯ ނަސަންދުރާގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ވަޒީރުން. -- ފޮޓޯ: ރައީސް އޮފީސް

206 ޕްރޮޖެކްޓު ކުންފުނިތަކާ ހަވާލުކުރަން ބާސެލޯ ނަސަންދުރާގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ވަޒީރުން. -- ފޮޓޯ: ރައީސް އޮފީސް

"މިއަދަކީ ދިވެހި ދައުލަތް ލޫޓުވުމުގެ ރިކޯޑެއް ހެދި ދުވަހެއް. އޭސީސީ ކޮބާ؟ ހިތުހުރި ބަޔަކަށް ރައްޔިތުންގެ ފައިސާ އެބަހާ ހުސްކޮށްލަނީ ލައިވް ޓީވީގަ. މި ޖަރީމާގެ އެންމެހާ ބައިވެރިންގެ މައްސަލަތައް ބެލެންޖެހޭ،" ހުސައިން އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ބީލަމަށް ނުލައި ޕްރޮޖެކްޓުތައް ހަވާލުކުރަން ފެށީ, އެމަގަށް ފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އޮކްޓޯބަރު 12، 2025 ގައި ބަދަލު ކުރުމަށް ފަހު އެވެ. ނަމަވެސް އޭގެ ކުރިން ވެސް ބައެއް މަޝްރޫއުތައް ބީލަމަށް ނުލައި ހަވާލުކޮށްފަިއވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއު އަކީ 55 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް، އާރުސީސީއާ ހަވާލުކުރި މަޝްރޫއު އެވެ.

މި މަޝްރޫއުތައް ހަވާލުކުރަނީ ކޮންޓްރެކްޓަ ފައިނޭންސްގެ ނަމުގަ އެވެ. ނަމަވެސް ބޭނުންވާ ބަޔަކަށް ޕްރޮޖެކްޓުތައް ބަހާލީ ސަރުކާރު މެދުވެރިވެގެން އެ ކުންފުނިތަކަށް ބީއެމްއެލްއިން ލޯނު ދޫކުރާ ގޮތަށް ހަމަޖެއްސުމަށް ފަހު އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އިއްޔެ ބަހާލި 206 ޕްރޮޖެކްޓަށް ބީއެމްއެލްއިން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓަކީ 9 ޕަސެންޓެވެ.

މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސް، ސަރުކާރުން ބޭނުންވާ ބަޔަކަށް މަންފާ ހޯދައި ދޭން ހަވާލުކުރި މަޝްރޫއުތަކުގެ މައްސަލަ އެމްޑީޕީގެ ވެރިކަމެއްގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.

ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.

ގުޅޭ ހަބަރުތައް

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox