ަަަސެކްޓާ ލީގު: އާރްސީސީ، ހޯކްސް، ސޮނީ ހާޑްވެއާ އަދި ލޮކަލްޗާ އަށް ދެ ވަނަ މޮޅު

Nov 5, 2025, 2:38 PM
ަަަސެކްޓާ ލީގު: އާރްސީސީ، ހޯކްސް، ސޮނީ ހާޑްވެއާ އަދި ލޮކަލްޗާ އަށް ދެ ވަނަ މޮޅު

ކްލަބް މޯލްޑިވްސް އިން ޕްރައިވެޓް ކުންފުނިތަކަށް ހާއްސަކޮށް މުޅިން އަލަށް ފެށި ފުޓްސަލް މުބާރާތް، މައިލޯ ސެކްޓާ ލީގުގައި އާރްސީސީ، ހޯކްސް، ސޮނީ ހާޑްވެއާ އަދި ކްލަބް ލޮކަލްޗާ އިން ކުޅުނު ދެ ވަނަ މެޗުތަކުން ވެސް މޮޅުވެއްޖެ އެވެ.

ގްރޫޕް އޭގައި ހޯކްސް އިން ކުޅުނު ދެ ވަނަ މެޗުން މޮޅުވީ ރެއިންބޯ ރެކްރިއޭޝަން ކްލަބް އަތުން 5-0 އިންނެވެ. މި މެޗުގައި ހޯކްސްގެ ލަނޑުތައް ޖެހީ، ކިރްގިސްތާންގެ ޒަނަރްބެކް ހެޓްރިކެއްގެ އިތުރުން މުހައްމަދު އަނީލް އާއި މުހައްމަދު ނާއިމް އެވެ. މި ގްރޫޕްގެ އަނެއް މެޗުން، ލިއޯ އެފްސީ އަތުން އާރްސީސީ މޮޅުވީ 5-1 އިންނެވެ. އާރްސީސީގެ ލަނޑުތައް ޖެހީ، މުސްލިމް މުހައްމަދު ދެ ގޯލުގެ އިތުރުން، ހޫދު އަހުމަދު ފަތުހީ އަދި އަހުމަދު މިކްޔާލް މުއީން އެވެ. ލިއޯ އެފްސީގެ ލަނޑު ޖެހީ، ރަޝްވާން ރަޝީދު އެވެ.

އާރްސީސީން ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާއި ފައިދާ 10 ގޯލާ އެކު އެވެ. ދެ ވަނައިގައި އޮތް ހޯކްސް އަށް ދެ މެޗުން ހަ ޕޮއިންޓާއި ފައިދާ އަށް ގޯލު ލިބިފައިވެ އެވެ. މި ގްރޫޕްގައި ދެން އޮތް ރެއިންބޯ އާއި އެމްއައިބީ އަދި ލިއޯ އަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ގްރޫޕް ބީގައި އެސްބީއައި އިން ކުޅުނު ފުރަތަމަ މެޗުން ވަނީ 5-2 އިން ސިމްޑީ ބަލިކޮށްފަ އެވެ. މި މެޗުގައި އެސްބީއައިގެ އަބްދުﷲ ތަހުސީން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ މުހައްމަދު އައިހަމް އިބްރާހިމް އެވެ. ސިމްޑީގެ ލަނޑުތައް ޖެހީ، ފައިސަލް އަމީން އާއި މުހައްމަދު ޝައްފާން އަބްދުލް މުއްތަލިބް އެވެ. މި ގްރޫޕްގެ އަނެއް މެޗުން، ސިލްވާ ސޭންޑްސް އަތުން ސޮނީ ހާޑްވެއާ މޮޅުވީ މުހައްމަދު ސާވިން އާއި ސުއައިދު މުހައްމަދުގެ ލަނޑުތަކުން 2-0 އިންނެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ސޮނީ ހާޑްވެއާ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެސްބީއައި އާއި ތިން ވަނައިގައި އޮތް ޓީމު ވިލާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި، ހަތަރެއްގައި އޮތް ސިލްވާ ސޭންޑްސް އާއި ފުލުގައި އޮތް ސިމްޑީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ލޮކަލްޗާ އެވެ. އެ ޓީމުން ދެ ވަނަ މެޗުގައި، ބިއޯންޑް އަތުން ވަނީ 5-1 އިން މޮޅުވެފަ އެވެ. ލޮކަލްޗާ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ރަޔާން އަލީ ވަހީދު އާއި އަލީ ފަވާޒް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ޝައިފުﷲ އިބްރާހިމް އެވެ. މި މެޗުގައި ބިއޯންޑްގެ ލަނޑު ޖެހީ، އަހުމަދު ފާރިޝް އެވެ. މި ގްރޫޕްގައި، ޓީމު އެމްއޭޑަބްލިއުސީން ވަނީ 7-1 އިން އަލިބޭ އެފްސީ ބަލިކޮށްފަ އެވެ. އެމްއޭޑަބްލިއުސީގެ ލަނޑުތައް ޖެހީ، ހުސެއިން ފަޔާޒް ހެޓްރިކެއްގެ އިތުރުން، މުހައްމަދު އިންޝާއު އަހުމަދު ދެ ގޯލު އަދި އަހުމަދު ޝާފީ އުޒައިރު ލަނޑެކެވެ. މި މެޗުގައި، އަލިބޭ އެފްސީގެ ހަމައެކަނި ލަނޑު ޖެހީ، ޒަކަރިއްޔާ ހަމީދު އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox