އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން އުމްރާ ދަތުރު ލިބުނު 10 ވަނަ ނަސީބުވެރިޔަކަށް ގދ. ވާދޫ، އިބްރާހިމް ވަޖްދީ ހޮވިއްޖެ އެވެ.
އުރީދޫ ހެޑްކުއާޓާސްގައި އިބްރާހިމް ވަޖްދީގެ ފަރާތުން އުމްރާ ދަތުރާ ހަވާލުވީ މުހައްމަދު އިބްރާހިމް އެވެ. ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުރީދޫ މޯލްޑިވްސް އިން އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ލިވް އަންލިމިޓެޑް ޕްރޮމޯޝަންގެ ދަށުން:
- ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެ.
- ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ލިބޭނެ.
- 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކަށް ދެ މީހަކަށް ހައްޖު ދަތުރެއް ލިބޭނެ.
ލިވް އަންލިމިޓެޑް ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
- އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން.
- އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުން ކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
- ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ލަކީޑްރޯއަށް ޝަރުތު ހަމަވުން.
މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އުރީދޫ އިން ބުންޏެވެ.











