އެސްއީޒެޑް ގާނޫނު އިސްލާހު ކުރަން އުޅެނީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ ވަކި ބަޔަކަށް މަންފާ ހޯދައިދީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ލިބޭގޮތް ހަދަން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑް ގާނޫނަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ އެ ބިލު މަޖިލީހުން ފާސްކޮށްފި ނަމަ ރާއްޖޭގައި މިހާރު ރިސޯޓު ވިޔަފާރި ހިންގަމުންދާ މީހުންނާއި ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގާ ރިސޯޓުތަކާ ވާދަ ކުރެވޭނެ ފަދަ މާހައުލެއް ނޯންނާނެ ކަމަށެވެ.

"މި ހުށަހެޅިފައިވާ ބިލަކީ ވަރަށް ބޮޑު އޮޅުވައިލުމުގެ ތެރެއިން ބަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ހުށަހެޅިފައިވާ ބިލެއް، އަޅުގަނޑު މިއަދު ދައްކައިލަން ބޭނުން ހަގީގަތުގައި މި ޓައުންޝިަޕަކީ ނޫނު އަތޮޅުގައި މިހާރު ހެދެމުންދާ ރިސޯޓެއް، 11 ރަށް މިހާރު ވަނީ ހިއްކިފައި، މިތަން ސަރުކާރުގެ ތެރެއިން ބަޔަކު ބޭނުންވަނީ މިތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދާފައި ޓެކްސްއިން މިތަން ބަރީއަކޮށްދޭން،" ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ އެސްއީޒެޑް ގާނޫނަށް ހުށަހަޅާފައިވަނީ ވަރަށް ނުރައްކާތެރި އިސްލާހެއް ކަމަށެވެ. އެ ބިލު ފަރުމާ ކޮށްފައި އޮތީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ދީ ހަލާސްކުރެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބިލުގައި މިއޮތީ ސަސްޓެއިނެބަލް ޓައުންޝިޕެއް މާނައަކީ ޓޫރިސްޓު ރިސޯޓެއް 500 މިލިއަން ޑޮލަރު ހަދާފައި އެތަނުގައި ހޮޓެލް ސްކޫލަކާއި ހަސްފަތާލެއް އެޅީމާ ކަލޭމެންނަށް މިއަދުން ފެށިގެން ކަލޭމެން ތި ހަދަން ގެންނަ ތަނަށް ގެންނަ އިމްޕޯޓް ޑިއުޓީ ފްރީ، ޓީޖީއެސްޓީ ފްރީ އޭ ގްރީން ޓެކްސް ފްރީ އޭ،" ޝަމްހީދު ވިދާޅުވި އެވެ.

"މިއީ މި ގާނޫނުގައި ބުނާ އެއްޗެއް، އެއްވެސް ޓެކްސްއެއް ދައްކާކަށް ނުޖެހޭނެޔޭ، ވިލާ ވިއްކާފައި އަހަރުމެންނަށް ދޭށޭ އެއް ޕަސެންޓު، މި ގާނޫނުގައި އިން ގޮތް، ޑްރާފްޓުގައި އިން ގޮތް."

ޝަމްހީދު ވިދާޅުވީ އެފަދަ ތަންތަނުގައި ކުރާ އިންވެސްޓުތަކުން ލިބޭ ފައިދާއިން ވެސް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނީ ފަސް ޕަސެންޓު ކަމަށެވެ. ނަމަވެސް އެހެން ސަރަހައްދުތަކުގައި ހިންގާ ވިޔަފާރިތަކުން ލިބޭ ފައިދާއިން 15 ޕަސެންޓު ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހު ފާސްކޮށްފި ނަމަ، ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އަޅާ ކޮންމެ ރިސޯޓެއްގައި ވެސް ހޮޓެލް ސްކޫލަކާއި ހޮސްޕިޓަލެއް އެޅުމުން ޓެކުހެއް ދައްކަން ދެން ނުޖެހޭނެ ކަަމަށް ޝަމްހީދު ވިދާޅުވި އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކުން ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޭއިރު، އެ ކޮޓަރިއެއް ނުވަތަ ވިލާއެއްގެ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީން ޕްރޮޕާޓީ ޓްރާސްފާ ޓެކްސްގެ ގޮތުގައި ފުރަތަމަ ފަހަރު ދައުލަތަށް ދައްކަންޖެހޭނީ އެ އާމްދަނީގެ އެއް ޕަސެންޓެވެ. ދެވަނަ ފަހަރު ދެ ޕަސެންޓު އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކުން ލިބޭ އަމްދަނީ ހަތަރު ޕަސެންޓު ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ އެވެ.

އޭގެއިތުރުން އެފަދަ ސަރަހައްދެއްގައި ހިންގާ ވިޔަފާރިއެއްގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައި ވަނީ ފުރަތަމަ 10 އަހަރަށް ފަސް ޕަސެންޓުގެ ރޭޓުންނެވެ. 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރާ ހަމައަށް 10 ޕަސެންޓުގެ ރޭޓުން ޓެކްސް ދައްކަންޖެހޭއިރު، 21 ވަނަ އަހަރުން ފެށިގެން 15 ޕަސެންޓު ދައްކަންޖެހޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox