ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20ރ. އިން މަތިން ރީލޯޑް ކޮށްގެން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕްރޮމޯޝަން ދިރާގުން ހުޅުވާލީ ނޮވެމްބަރު 11، ގެ ނިޔަލަށެވެ.
ދިރާގުން ބުނީ ދިރާގު އެޕް، ދިރާގު ޕޭ، މައިއެކައުންޓް، އަދި ދިރާގު ޕާޓްނާ ޝޮޕްތައް މެދުވެރިކޮށް 20ރ. ނުވަތަ 20ރ. އިން މަތިން ރީލޯޑްކޮށްގެން ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށެވެ.
ޕްރޮމޯޝަންގެ ދަށުން ލިބޭ ހާއްސަ އިނާމުތައް:
- ކޮންމެ ދުވަހަކު 100ޖީބީ ޑޭޓާ.
- އައިފޯން 17 ޕްރޯ.
- ރޭބަން މެޓަ ސްމާޓް ގްލާސެސް.
- ޕީއެސް 5 ޕްރޯ ސީދީ ވާޝަން.
- ނިންޓެންޑޯ ސްވިޗް.
ދިރާގުން ޕްރިޕެއިޑް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕްރިޕެއިޑް ޕްލޭންތައް ލިބެން ހުރެ އެވެ.
ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަްތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.










