އުރީދޫ އިން ދިވެހި ވިޔަފާރިތަކަށް ގޫގުލް ވޯކްސްޕޭސް ތައާރަފްކުރަނީ

އުރީދޫއިން ގޫގުލް ވޯކްސްޕޭސްއާއެކު ޕާޓްނާޝިޕެއް ހެދުން -- ފޮޓޯ: އުރީދޫ

އުރީދޫއިން ގޫގުލް ވޯކްސްޕޭސްއާއެކު ޕާޓްނާޝިޕެއް ހެދުން -- ފޮޓޯ: އުރީދޫ

ގޫގުލް ވޯކްސްޕޭސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތައާރަފްކުރުމަށް އުރީދޫ މޯލްޑިވްސް އިން ގޫގުލް ކްލައުޑާ އެކު ޕާޓްނާޝިޕެއް ހަދައިފި އެވެ.

ކްލައުޑް ބޭސްޑް ގޫގުލް ވޯކްސްޕޭސްއަކީ ޖީމެއިލް މެދުވެރިކޮށް ޕްރޮފެޝަނަލް އީމެއިލް، ގޫގުލް ޑްރައިވް މެދުވެރިކޮށް ރައްކާތެރި ކްލައުޑް ސްޓޯރޭޖް، ގޫގުލް ޑޮކްސް، ގޫގުލް ޝީޓްސް އަދި ގޫގުލް ސްލައިޑްސް ފަދަ ކޮލަބްރޭޓިވް ޓޫލްސްތައް ހިމެނޭ ޕްލެޓްފޯމެކެވެ.

އެ ޕްލެޓްފޯމުގައި ގޫގުލް ކަލަންޑަރާ އެކު ޝެޑިއުލް ކުރުމާއި ގޫގުލް މީޓް އަދި ގޫގުލް ޗެޓް މެދުވެރިކޮށް ވާޗުއަލް މީޓިންތައް މެދުވެރިކޮށް ވިޔަފާރިތައް އިތުރަށް ހަރުދަނާ، އަވަސް އަދި ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެ އެވެ.

Advertisement

ގޫގުލް ވޯކްސްޕޭސްއާއެކު ކުންފުނިތަކަށް ލިބޭ ފައިދާ:

  • ޕާސަނަލައިޒްޑް ބިޒްނަސް އީމެއިލް: ޕްރޮފެޝަނަލް، ބްރޭންޑެޑް އީމެއިލް އެޑްރެސްތަކާ އެކު ކްރެޑިބިލިޓީ ގާއިމްކުރުން.
  • ކޮލަބަރޭޝަން ރަނގަޅުކުރުން: ޑޮކިއުމެންޓްސް، ސްޕްރެޑްޝީޓް، އަދި ޕްރެޒެންޓޭޝަންތައް ކޮންމެ ތާކުން ވެސް ރިއަލްޓައިމްގައި އެއްބާރުލުންދިނުން.
  • ސެކިއުރިޓީ ކްލައުޑް މެނޭޖްމަންޓް: އިންޓެގްރޭޓެޑް ސެކިއުރިޓީ އަދި ކޮމްޕްލަޔަންސް އެކުލެވިގެންވާ ޑިޕެންޑަބަލް، ކްލައުޑް ބޭސްޑް ޓޫލްސް.
  • ސްމޫތު ޕްރޮޑަކްޓިވިޓީ: ޖީމެއިލް، މީޓް، ޑްރައިވް، ޑޮކްސް އަދި އެނޫންވެސް އެނޫންވެސް ވަސީލަތްތަކަށް ފަސޭހަކަމާއެކު ބަދަލުވުން.
  • ރިމޯޓްކޮށް މަސައްކަތް ކުރުން: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ އެކަށޭނަ އަދި އެފިޝަންޓް ކަމާއެކު މަސައްކަތް ކުރުން. ކުދި އޮފީސްތަކާއި ބޮޑެތި ވިޔަފާރިތައް.
  • ލޯކަލް ބިލް އެންޑް އެސިސްޓެންސް: އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ރަޖިސްޓްރޭޝަން، ފްލެކްސިބަލް ލައިސަންސިން، ކޮމްޕެޓިޓިވް ރޭޓް، އަދި ރިލަޔަބަލް ލޯކަލް ސަޕޯޓްގެ ފައިދާ ލިބޭ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މިހާރުގެ ޑިޖިޓަލް މާހައުލުގައި ރާއްޖޭގެ ވިޔަފާރިތައް ކާމިޔާބުވުމަށް އެހީތެރިކަން ފޯރުކޮށްދީ، ގޫގުލް ވޯކްސްޕޭސް ފަދަ ލީޑިން ޓޫލްސްތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"މިއީ ޓެކްނޮލޮޖީއަށް ވުރެ މާ ބޮޑު ކަމެއް. އެއީ ވާދަވެރި ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ހަގީގީ އަގު ހޯދައިދީ، އެ ވިޔަފާރިތަކުގެ ކުރިއެރުމާއި، އީޖާދީ އަދި ކާމިޔާބީއަށް އެއްބާރުލުން ދިނުން،" އޭނާ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސާ، ރާޖޭޝް މެހެތާ ވިދާޅުވީ ގޫގުލް ވޯކްސްޕޭސްއާ އެކު އުރީދޫ ބިޒްނަސް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕް އަދި ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތް ބަދަލުކޮށްލާ، މަގްސަދުތައް ހާސިލް ކުރެވޭނެ ކަމަށެވެ.

ގޫގުލް ވާކްސްޕޭސް ތައާރަފްކުރުމުގެ ސަބަބުން އުރީދޫ މޯލްޑިވްސް އިން ވިޔަފާރިތަކަށް ހާއްސަގޫގުލް ވޯކްސްޕޭސް ޕްލޭންތައް ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox