ތަލަވެދާނެތީ ބިރު ނުގަނޭ، އާ ފަރުވާތައް އުފައްދައިފި

Oct 16, 2025, 6:30 AM
ތަލަވެދާނެތީ ބިރު ނުގަނޭ، އާ ފަރުވާތައް އުފައްދައިފި

މުޅި ދުނިޔޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ދެބައިކުޅަ އެއްބައި ފިރިހެނުންނާއި ގާތްގަނޑަކަށް 40 ޕަސެންޓް އަންހެނުންނަކީ، އުމުރުން 50 އަހަރުން މައްޗަށް ދިޔުމުން، ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވާ މީހުންނެވެ. އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި އެތައް ބާވަތެއްގެ ފަރުވާއެއް މިހާރުވެސް ބޭނުންކުރަމުން އަންނަ އިރު، ބޮލުން އިސްތަށި ފޭބުމަކީ ބައެއް ފިރިހެނުންނަށް ވަރަށް ލަދުވެތި ކަމަކަށް ވެސްވެއެވެ.

އެހެން ނަމަވެސް، މިކަމަށް އަނެއްކާވެސް އާ ފަރުވާއެއް އީޖާދުކޮށް އަޖުމަބެލުމުގެ ގޮތުން ބޭނުންވެސް ކޮށްފިއެވެ. ނަތީޖާ ވަރަށް ރަނގަޅެވެ. އެތައް ދިރާސާތަކަކަށް ފަހު، ސެރަމްއެއްގެ ގޮތުގައި އުފެއްދި މި ފަރުވާ ބޭނުން ކުރުމުން، އެންމެ އަށް ހަފުތާގެ ތެރޭގައި އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ފެނިފައިވާ ކަމަށް ސައެންސްވެރިން ބުނެއެވެ.

އަލަށް މި އުފެއްދި ފަރުވާގައި އެކުލެވެނީ ކެފޭން އާއި ސެންޓެލާ އޭޝިއާޓިކާ ފަތުގެ އަރަގެވެ. މި ދެ ބާވަތް އެއްކޮށްގެން އުފެއްދި ބޭހުގައި އިސްތަށި ހެދި ބޮޑުވުމަށް އެހީތެރިވެދޭ ޕްރޮޓީން އެކުލެވެއެވެ. ތައިވާންގެ ޝްވެއިޓްޒާ ބަޔޯޓެކް ކޮމްޕެނީގެ ސައެންސްވެރިން ކުރި ދިރާސާއަށް ފަހު އުފެއްދި މި ބޭސް މިހާރު ވަނީ 60 މީހެއްގެ ބޮލުގައި ބޭނުންކޮށްފައެވެ.

Advertisement

މެދުނުކެނޑި 56 ދުވަސް ވަންދެން މި ބޭސް ބޭނުންކުރުމަށް ފަހު އޭގެ ނަތީޖާ ހޯދި އިރު، އެ ހުރިހާ އެންމެންގެ ބޮލުގައި ވެސް، ބޭސް ބޭނުންކުރަން ފެށި އިރު ހުރި ވަރަށް ވުރެ 25 ޕަސެންޓް، އިސްތަށި އިތުރުވިއެވެ. އޭގެ އިތުރުން، މި ބޭސް ބޭނުންކުރަން ފެށުމުން، ބޮލުން އިސްތަށި ފައިބާ މިންވަރު ވެސް ދަށްވިކަން ފާހަގަކުރެވެއެވެ.

އިސްތަށި ފޭބުމުގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް އެންމެ އާންމު ގޮތެއްގައި ބޭނުންކުރަމުން އައީ މިނިއޮކްސިޑައިލް އާއި ފިނާސްޓެރީޑް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އުނގުޅާ ބޭހާއި ލޯޓަން ފަދަ ފަރުވާތަކެވެ. ނަމަވެސް އަލަށް މި އުފެއްދި ސިރަމްއަކީ މިއިން އެއްވެސް މާއްދާއެއް ބޭނުންނުކޮށް އުފެއްދި ފަރުވާއެކެވެ. އެހެންކަމުން މިނިއޮކްސިޑައިލް އާއި ފިނާސްޓެރީޑްގެ ސަބަބުން މެދުވެރިވާ ސައިޑް އިފެކްޓްތަކުން، އަލަށް މި އީޖާދު ކުރި ބޭހުން މެދުވެރިއެއް ނުވާނެއެވެ.

މިނިއޮކްސިޑައިލް އާއި ފިނާސްޓެރީޑް އަކީ ވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ދެ ބޭސް ކަމަށް ވިޔަސް، މި ދެ ބޭސް ބޭނުންކުރުމުން، ފިކުރު ބޮޑުވުމުގެ މައްސަލައާއި އަމިއްލައަށް މަރުވާން ބޭނުންވުމުގެ ވިސްނުން އުފައްދައިދެ އެވެ. އޭގެ އިތުރުން ޖިންސީ ބަލިކަށިކަން ވެސް ފިރިހެނުންނަށް ކުރިމަތިވެއެވެ.

މި ދިރާސާގައި ބައިވެރިވި މީހުން ބުނި ގޮތުގައި ގަސްގަހާގެހީގެ މާއްދާތަކުން އުފައްދާ ބޭސްތަކަކީ، ޑަކްޓަރީ ބޭހުން ކުރިމަތިވާ ސައިޑް އިފެކްޓްތަކުން ސަލާމަތްވުމަށްޓަކައި، ޑޮކްޓަރީ ބޭހުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. މިފަހަރު މި އުފެއްދި ސިރަމްގައި ބޭނުންކޮށްފައިވާ ސެންޓެލާ އޭޝިއާޓިކާ ގަހުގެ ތާސީރަކީ ހަށިގަނޑުގައި އުފެދޭ ދުޅަތަކާ ދެކޮޅަށް ދިފާއީ ނިޒާމު ހަރަކާތްތެރި ކުރުވާ އަދި، ފާރުގަނޑުތައް އަވަހަށް ފަސޭހަވުމަށް ބާރުއަޅާ އެއްޗެކެވެ. މީގެ އިތުރުން މި ގަހުގެ ތާސީރަކީ ބޮލުގެ އިސްތަށިތަކުގެ މޫތައް ވަރުގަދަކުރުމަށާއި ބޮލުގެ އިސްތަށި ހަރުލާފައި ހުންނަ ފަށަލައިގައި ލޭ ދައުރުކުރުން ރަނގަޅު ކޮށްދޭނެ މާއްދާއެއް ކަމުގައި ބެލެވެއެވެ.

ތަލަވުން ހުއްޓުވުމަށް މިއުފެއްދި ސިރަމްގެ އަޖުމަބެލުމުގެ ގޮތުން، މި ކަމުގައި ބައިވެރިކުރީ އުމުރުން 18-60 އަހަރުގެ ފިރިހެނުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް އިސްތަށި ފައިބާފައި ތިބި 60 ފިރިހެނުންނެވެ. މި 60 މީހުން ފަސް ގުރޫޕަކަށް ބަހައިލިއެވެ.

މީގެ ތެރެއިން ފުރަތަމަ ގުރޫޕުގެ 12 މީހުންނަށް ދިނީ، މި ބޭހުގެ އަސްލު މާއްދާ ނުހިމެނޭ ގޮތަށް އުފައްދާފައި ހުރި ސިރަމެކެވެ. އަދި އަނެއް ތިން ގުރޫޕުގެ 36 މީހަންނަށް ދިނީ، މި ބޭހުގެ އަސްލު މާއްދާ ކޮންމެވެސް ވަރަކަށް ހިމަނައިގެން އިތުރު އެހެން ބައެއް މާއްދާތައް ވެސް އަޅައިގެން ހެދި ބޭހެވެ. އަދި ފަސް ވަނަ ގުރޫޕުގެ 12 މީހުންނަށް ދިނީ، އެއްވެސް ގަޑުބަޑުކުރުމެއް ނެތް އަސްލު ބޭހެވެ.

މި 60 މީހުންނަށް އިރުޝާދު ދެވުނީ، ކޮންމެ މީހަކު ވެސް އެމީހަކަށް ދީފައިވާ ސިރަމްގެ އެއް މިލިމީޓަރު، ދެ މަސްދުވަސް ވަންދެން އެމީހެއްގެ ތަލައިގައި ކޮންމެ ރެއަކު އުނގުޅުމަށެވެ. ދިރާސާކުރި މީހުން ދެން ކުރި ކަމަކީ، އަށް ހަފުތާ ހަމަވުމުން، އެމީހުންގެ ބޮލުގައި އިސްތަށި ހެދިފައިވާ ގޮތް ދިރާސާކޮށް ބެލީއެވެ. އެ ގޮތުން އިސްތަށީގެ ދިގުމިނާއި، އިސްތަށީގެ ފަލަމިނާއި، އިސްތަށި ފަޅާފައި ހުރި ބޯމިނާއި، ތަލައިގެ ހަންގަނޑުގައި ތެތްކަން އެކުލެވޭ މިންވަރު ބަލައި ދިރާސާކުރިއެވެ.

ދިރާސާއިން އެނގުނު ގޮތުގައި މި ފަސް ގުރޫޕުގެ އެންމެންގެ ބޮލުގެ އިސްތަށިގަނޑަށް ވެސް ބަދަލުތަކެއް އައެވެ. ނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ފެނުނީ، އެއްވެސް ގަޑުބަޑުކުރުމެއް ނެތް، އަސްލު ސިރަމް ބޭނުންކުރި މީހުންގެ ބޮލުންނެވެ. މި ގުރޫޕުގެ މީހުންގެ ބޮލުގެ އިސްތަށީގެ ފަލަމިން 27.9 މައިކްރޯމީޓަރަށް ވަނީ ވަރުގަދަވެފައެވެ. ނަމަވެސް ފުރަތަމަ ގުރޫޕުގެ މީހުންގެ ބޮލުގެ އިސްތަށީގެ ފަލަމިން ހުރީ އެންމެ 13.9 މައިކްރޯމީޓަރުގައެވެ.

އެހެންކަމުން، ތަލަވުމުގެ މައްސަލަ ކުރިމަތިވާތީ އެކަމާ ދެރަވެ ހިތާމަކުރުން ހުއްޓައިލުމުގެ ވަގުތު ޖެހުނީ ކަމަށް ބަލަމާ ހިނގާށެވެ! ނަމަވެސް ފިރިހެނުން ތަލަވުމަކީ، ފިރިހެންވަންތަ ކަމުގެ ސިފައެއް ކަމަށް ގަބޫލުކުރާ އަންހެނުން ވެސް އެބައުޅެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox