ބެސްޓިނެޓާއެކު މި ސަރުކާރުން ހެދި އެއްބަސްވުމުން ގެއްލުމެއް ނުވާނެ: އުޝާމް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ބެސްޓިނެޓާއެކު ސަރުކާރުން ހެދި އައު އެއްބަސްވުމުގައި އެކްސްކްލޫސިވިޓީތަކެއް ހުންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ބެސްޓިނެޓާއެކު ސަރުކާރުން ހެދި އައު އެއްބަސްވުމުގައި އެކްސްކްލޫސިވިޓީތަކެއް ހުންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެލޭޝިއާގެ ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން މި ސަރުކާރުން ހެދި އެއްބަސްވުމުން ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ބެސްޓިނެޓް އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން، އުޝާމް ވިދާޅުވީއެ އެއްބަސްވުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު އެކަން ކުރިއަށް ގެންދަން ލަފާ ދިނުމުން އައު އެއްބަސްވުމުގެ އެކުލަވާލީ ސަރުކާރަށް ގެއްލުންވާ ގޮތަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގާނޫނީ ލަފާ ދީފައިވާނެ. ގާނޫނީ ލަފާގައި އޮންނާނެ އެކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރުމަށްފަހު އެކަން ކުރިއަށް ގެންދިޔުމަށް،" އުޝާމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުރަނީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެކަން ކުރައްވާފައި ކަމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާނީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެ އެއްބަސްވުމުގެ ސަބަބުން ގެއްލުމެއް ވާނެ ކަމަކަށް."

އުޝާމް ވިދާޅުވީ އައު އެއްބަސްވުމުގެ ދަށުން ބެސްޓިނެޓަށް ކޮންމެވެސް ވަރެއްގެ "އެކްސްކްލޫސިވިޓީ" އެއް ދީފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް އެ އެކްސްކްލޫސިވިޓީއަކީ ކޮބައިކަން އުޝާމް ތަފްސީލް ކޮށްދެއްވާފައެއް ނުވެ އެވެ.

ބެސްޓިނެޓާއެކު 2016 ހެދި އެއްބަސްވުން 2018 ގައި ހުއްޓާލި ގޮތަށް 2023 ގެ ނިޔަލަށް ފަސް އަހަރު ފާއިތުވެދިޔައިރު އެއްބަސްވުމާ ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ސަރުކާރުން ނުކޮށް އޮތުމަކީ ސަރުކާރުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމެއް ކަމަށް ފެންނަ ކަމަށް އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމާ ހިލާފުވެގެން ބެސްޓިނެޓުން އެދުނު ބަދަލު ޝަރީއަތުގެ މަރުހަލާގައި ދައުލަތުން ދައްކަން ޖެހޭ ގޮތަށް ނިމުމުގެ ފުރުސަތު އޮތް ކަމަށާއި އާބިޓްރޭޝަނަށް ދިޔަނަމަ ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުނީސް ކަމަށެވެ.

"ޝަރުއީ މަރުހަލާގައި މި އެއްބަސްވުމުގެ ދަށުން އުފުލަން ޖެހޭ އިހްތިސާމުތަކުގެ މެޓީރިއަލް ބްރީޗެއް ސަރުކާރުގެ ފަރާތުން ވެފައިވާ ކަމަށް އަޅުގަނޑުމެންނަށް ފަރާތުން ބެލެވުނު. އަދި އޭގެ ސަބަބުން ބެސްޓިނެޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލަށް އެދުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފާހަގަކުރެވުނު،" އުޝާމް ވިދާޅުވި އެވެ.

"އެހެންކަމުން މި މުއާމަލާތުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޝަރުއީ މަރުހަލާއަށް ގޮސްފި ކަމަށްވަނީނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެ ފަރާތަށް ނަގާދިނުމުގެ ފުރުސަތު ބޮޑުކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު." އުޝާމް ވިދާޅުވި އެވެ.

އައު އެއްބަސްވުމުގެ ދަށުން ބެސްޓިނެޓުގެ އެސްޕެޓު ސިސްޓަމް މިދިޔަ މެއި މަހުގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް މިހާރު އެ ތާރީހު ފަސްކުރަމުން ގޮސް ޑިސެމްބަރު މަހު ބޭނުން ކުރަން ފެށޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.

ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ. މިއީ މިހާތަނަށް އެނގިފައިވާ މިންވަރެވެ.

އެހެންވެ، 15 އަހަރުގެ މުއްދަތުގައި ބެސްޓިނެޓަށް 6.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox