ހިތްވަރު ދެއްކި ރާއްޖެ އަތުން ތަޖިކިސްތާނަށް މުހިންމު މޮޅެއް

Oct 14, 2025, 12:22 PM
ތަޖިކިސްތާންގެ ދެ ކުޅުންތެރިން ކައިރިން ރާއްޖޭގެ އައިހަމް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ،---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ތަޖިކިސްތާންގެ ދެ ކުޅުންތެރިން ކައިރިން ރާއްޖޭގެ އައިހަމް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ،---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހިތްވަރު ދެއްކި ރާއްޖޭގެ މައްޗަށް ތަޖިކިސްތާނުން 3-0 އިން ކުރިހޯދައިފި އެވެ.

މިއީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން، ގަލޮޅު ދަނޑުގައި ރާއްޖޭން މި ވޭތުވެދިޔަ 733 ދުވަސްތެރޭ ކުޅުނު ފުރަތަމަ މެެޗެވެ. ގައުމީ ޓީމުން މިއަދުގެ މެޗުގެ ކުރިން އެންމެ ފަހުން، ގަލޮޅު ދަނޑުގައި ކުޅެފައިވަނީ، 2023 ވަނަ އަހަރު، ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ދެކޮޅަށެވެ.

ތަޖިކިސްތާނާ ދެކޮޅަށް މިއަދުގެ މެޗަށް ނުކުތްއިރު، ގަައުމީ ޓީމަށް ވަނީ ސަސްޕެންޝަނުގެ މައްސަލައެއް ކުރިމަތިވެފަ އެވެ.

ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުރިން ކުޅުނު ގިނަ މެޗުތަކުގައި ފެނިގެންދިޔަ އިބްރާހިމް އައިސަމް ދެ ކާޑު ހަަަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފައިވާއިރު، އެ މަގާމަށް ފުރަތަމަ އެގާރައިގައި ކުޅުނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހަންނަ ވަނީ، މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު، ތަޖިިކިސްތާން އަތުން އެ ގައުމުގައި ރާއްޖޭން 2-0 އިން ބަލިވި މެޗުގައި ބަދަލަކަށް ކުޅެން އަރައިފަ އެވެ.

ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި، ތަޖިކިސްތާނުން ލީޑުނެގި އެވެ. އޭރިއާތެރެއިން ތަޖިކިސްތާނުގެ އެޓޭކެއް ހުއްޓުވަން، ރާއްޖޭގެ ޑިފެންޑަރަކަށް ކުޅެމުންދިޔަ މުހައްމަދު އިރުފާން (އިރޭ) ޓެކަލް އެއް ޖެހުމަށް ވެއްޓުނު ވަގުތުގައި އަތުގައި ބޯޅަ ޖެހުމުން މެޗުގެ ރެފްރީ، އިރާގުގެ މުހައްނަދު ގާސިމް ނިންމީ ޕެނަލްޓީއެއް ކަމަށެވެ. އެ ގޮތުން، ތަޖިކިސްތާންގެ އުމަރްބައޭވް ޕަރްވިޒްދޯން ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ކީޕަރު، މުހައްމަދު ފައިސަލް މަތަކުރިއިރު، ރީބައުންސަށް އަރައި، ތަޖިކިސްތާނުގެ ސަފަރޯވް މަނޫޝެއިރު ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ގައުމީ ޓީމުގެ އައިހަމް: މިއަދުގެ މެޗުގައި ޖުމްލަކޮށް ބަލާއިރު މޮޅު ކުޅުމެއް ދެއްކި.--- ފޮޓޯ: ރާއިފް ޔޫސުފް/ އަދަދު ސްޕޯޓްސް

ރާއްޖެ އަށް މެޗުގައި ތަނަވަސްކުރެވުނު ފުރަތަމަ ފުރުސަތަކީ މެޗުގެ 20 ވަނަ މިިނިޓްގައި، އަހުމަދު އައިހަމް (ފަތޯ)ގެ އިންޑިވިޖުއަލް ކޮލިޓީން ތަނަވަސްކުރި ފުރުސަތެކެވެ. ގައުމީ ޓީމު ޖޯޒީގައި ގަލޮޅު ދަނޑުގައި ފުރަތަމަ ފަހަރަށް ނުކުތް އައިހަމް އަމިއްލަ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން، ތަޖިކިސްތާންގެ އޭރިއާތެރެއަށް ވަނީ، ހަތަރު ކުޅުންތެރިންގެ ތެރެއިން ލައިފަ އެވެ. ތަޖިކިސްތާންގެ ކީޕަރު، އޮލެގް ބަކްލޯވް ނުކުތްވަގުުތު އައިހަމް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އޭގެ ފަހުން، މެޗުގެ 31 ވަނަ މިނިޓްގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހަންނަ ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި ކީޕަރު ބަކްލޯވް އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަށް އެރި ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ ވެސް ބްލޮކްވީ އެވެ.

އޭގެ ތިން މިނިޓް ފަހުން، ތަޖިިކިސްތާނުން ދެ ވަނަ ލަނޑު ޖެހި އެވެ. މެޗުގެ 34 ވަނަ މިނިޓްގައި، ރާއްޖެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، މި ލަނޑު ޖެހީ، މަބަޓްޝައޭވް ޝެރްވޯނީ އެވެ. މަބަޓްޝައޭވް ހުއްޓުވުމަށް ރާއްޖޭގެ ދެ ކުޅުންތެރިން ކުރި ޓެކަލް އިން ނެއްޓިލުމަށް ފަހު، އޭނާ ގޯލަށް ބޯޅަ ފޮނުވާލިއިރު، ކީޕަރު ފައިސަލް ވެސް އޮތީ ވެއްޓިފަ އެވެ.

ތަޖިކިސްތާންގެ އަމީރްބެކް ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ރާއްޖޭގެ ހަމްޕު ފުރަތަމަ ހާފުގައި ރަނގަޅު އެޓޭކްތަކެއް ތަނަވަސްކުރަން މަސައްކަތްކުރިއިރު، އޭނާ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ބަކްލޯވް އަތަށެެވެ.

ދެ ވަނަ ހާފު ފަށައިގެން ރާއްޖޭން އެޓޭކަށް ޖެހި ގިނަ ބޯޅަތަކެއް ކުރިއަށް ކުޅެވޭތޯ މަސައްކަތްކުރިއިރު، ހަމްޕު އާއި އައިހަމް ވަނީ އެޓޭކްތަކެއް ކުރެވޭތޯ ބަލައިފަ އެވެ. އެ ގޮތުން، އައިހަމް ފޮނުވާލި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ވެސް ގޮސްފަ އެވެ.

ތަޖިކިސްތާނުން ލިބޭ ފުރުސަތުތަކެއްގައި ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، މެޗުގެ 78 ވަނަ މިނިޓްގައި އެ ޓީމުން ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ރާއްޖޭގެ ހަމްޕު އަތުން ގެއްލުނު ބޯޅައެއް ހިފައިގެން އައިސް ތަޖިކިސްތާން ކުޅުންތެރިން އޭރިއާތެރެއިން އެ ޓީމުގެ މަބަޓްޝައޭވް އަށް ދިނުމުން އޭނާ ވަނީ ކައިރީގައި ހުރި ރާއްޖޭގެ އިރޭ ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރާއްޖޭން މެޗުގެ ފަހުކޮޅުގައި ބަދަލަކަށް ކުޅެން އެރި އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ނާއިމް ފޮނުވާލި ބޯޅަތައް ތަޖިކިސްތާންގެ ކީޕަރު، ބަކްލޯވް ވަނީ މަތަކޮށްފަ އެވެ. ސެންޓޭ ފޮނުވާލީ ހިލޭ ޖެހުން ގޯލުގެ ކަނަށް އަމާޒުވާން ދަނިކޮށް ކީޕަރު ބަކްލޯވް އެ ބޯޅަ މަތަކުރިއިރު، ނާއިމް، އޭރިއާބޭރުން ޖެހި ޝޮޓް ވެސް ހުއްޓުވީ ކީޕަރު ބަކްލޯވް އެވެ.

މި މެޗުގެ ނަތީޖާއާ އެކު، ތަޖިކިސްތާނުން މިހާތަނަށް ރާއްޖެއާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ.

ތަޖިކިސްތާނުން ރާއްޖެ އަތުން ހޯދި މޮޅާ އެކު، ކޮލިފައިން ގްރޫޕް އޭ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ފިލިޕީންސް އަށް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަަނައިގައި އޮތް އީސްޓް ޓިމޯ (ޓިމޯ ލެސްޓޭ) އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ އަށް ހަަތަަރު މެޗުން ބަލިވުމުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދެން އެންމެ އަވަހަށް އޮތީ އަންނަ މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ކުޅޭ މެޗެވެ. ފިލިޕީންސް އިން ކޮލިފައިންގައި ކުޅޭ ހަތަރު ވަނަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ޓިމޯ ލެސްޓޭއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox