733 ދުވަސް ފަހުން ގައުމީ ޓީމަށް ހިތްވަރުދޭން: "ފޯރީގައި ދަނޑަށް"

Oct 12, 2025, 5:42 AM
733 ދުވަސް ފަހުން ގައުމީ ޓީމަށް ހިތްވަރުދޭން: "ފޯރީގައި ދަނޑަށް"

ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅުނުތާ މިއަދަށް ދެ އަހަރުވާނެ އެވެ. އެ ގޮތުން، ގައުމީ ފުޓްބޯޅަ ޓީމުން ގަލޮޅު ދަނޑުގައި އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، 12 އޮކްޓޫބަރު 2023 ގައި، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި، ބަންގްލަދޭޝާ 1-1 އިން އެއްވަރުވި މެޗުގަ އެވެ. އޭގެ ފަހުން، ގަލޮޅު ދަނޑުގައި، ގައުމި ޓީމުން ކުޅޭނެ ފުރަތަމަ މެޗަކަށް ވެގެންދާނީ، އަންނަ އަންގާރަ ދުވަހު ހަވީރު އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ މެޗެވެ.

ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗަކީ، 733 ދުވަސް ތެރޭ ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗެވެ.

އެ މެޗަށް ސަޕޯޓަރުން ގިނައިން ވެއްދުމާއި މެޗުގެ ފޯރިގަދަ ކުރުމުގެ ގޮތުން، "ފޯރީގައި ދަނޑަށް" އެ ޝިޔާރުގެ ދަށުން ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައި، އެންމެ ފުރަތަމަ އިވެންޓް އިއްޔެ ވަނީ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންގޮސްފަ އެވެ. އެ ގޮތުން، އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ބައިވެރިވިއިރު، ޝައުގުވެރިވާނެ އިތުރު ހަރަކާތްތަކެއް ވެސް އެ ވަގުތު އެތާގައި އިންތިޒާމް ކުރެވިފައި ހުއްޓެވެ.

ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ކުޅޭ މެޗުތައް އިޝްތިހާރު ކުރުމުގެ ގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި ޕޯސްޓަރު ޖަހާފައިވާއިރު، ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ޓީމަށް ސަޕޯޓް ދިނުމަށް އެދި މެސެޖުތައް ދީފަ އެވެ.

އިއްޔެ އާޓިފިޝަލް ބީޗުގައި ކުރިއަށްދިޔަ "ފޯރީގައި ދަނޑަށް" އިވެންޓުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

އެ ގޮތުން، ގައުމީ ޓީމުގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، މި ވަގުތަކީ ސަޕޯޓަރުންގެ ފަރާތުން ކުޅުންތެރިންނަށް އެންމެ ހިތްވަރު ބޭނުންވާނެ ވަގުތު ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓު ﷲ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ސަޕޯޓަރުންނަށް، ސަޕޯޓަރުންގެ ސަޕޯޓް އަޅުގަނޑުމެން ބޭނުންވަނީ، އެ ހިތްވަރަކީ އަޅުގަނޑުމެން ކުޅުންތެރިންގެ 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި އެ ލިބޭ ސަޕޯޓް، ސަޕޯޓަރުންގެ ސަޕޯޓަކީ ހަގީގަތުގައި، ސަޕޯޓާ އެކީގައި ކޮންމެ ޓީމަކާ އެކީގައި ކޮންމެ ފަދަ ނަތީޖާއެއް ވެސް ނެރެވިދާނެކަން އަޅުގަނޑަށް ޔަގީންކަން އެބައޮތް. ކުޅުންތެރިންނަށް އެހާ އިތުބާރު އެބައޮތް،" މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ރާއްޖެ އަށް ހޯދައިދިން ކޯޗު މޯހަން ބުންޏެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލު 17 އަހަރު ވަންދެން ބަލަހައްޓައި، 100 އަށް ވުރެ ގިނަ މެޗު ގައުމީ ޓީމަށް ކުޅެދިން ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު، އިމްރާން މުހައްމަދު ބުނީ، ރާއްޖޭގެ ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ނެރުނު ހުރިހާ ކާމިޔާބު ނަތީޖާއެއްގެ ފަހަތުގައި ތިބީ ސަޕޯޓަރުން ކަމަށެވެ.

"އަޅުގަނޑުމެން މި ކުރިމަތިލާ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ވަޑައިގެންނެވުން ވަރަށް އެދެން. ރަށްރަށުގައި ތިއްބެވި. ދިވެހި ފުޓްބޯޅަ އަށް ލޯބިކުރާ އެންމެހާ ސަޕޯޓަރުން ވެސް ދިވެހި ރައްޔިތުން ދަނޑަށް ވަޑައިގެން، މި ދިވެހި ގައުމީ ޓީމަށް ސާބަސް ދީ، ތަރުހީބު ދިނުމަށް އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާ އެކު، އެންމެހާ ރައްޔިތުންގެ ކިބައިން އެދެން،" ގައުމީ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ އިމްރާން ބުންޏެވެ.

ގައުމީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނީ، އަންނަ އަންގާރަ ދުވަހު މާލޭގައި ތަޖިކިސްތާނާ ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި އެ މެޗުގައި ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

މި ވަގުތު ގައުމީ ޓީމުގައި ހިމެނޭ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ، ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނީ، ދިވެހި ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ އުފާވެރި ނަތީޖާއެއް ގައުމީ ޓީމަށް ނެރެވޭނީ ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ބޭނުންވާ ހިތްވަރު ދީގެން ކަމަށެވެ.

ގައުމީ ޓީމުގެ ތަރި، ހަމްޒާ މުހައްމަދު (ހަމްޕު) ބުނީ، ވަރަށް ގިނަ ދުވަސް ފަހުން ގަލޮޅު ދަނޑުގައި ގައުމީ ޓީމުން މެޗެއް ކުޅެ، ރާއްޖެ ތަމްސީލްކުރަން ފުރުސަތު ލިބިފައި ކަމަށެވެ. އަދި، މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ޓީމުން ހިފުމަށްޓަކައި، ފޯރި އާއި ޖޯޝުގައި ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ހިތްވަރުދީ ސަޕޯޓް ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ހަމްޕު ވަނީ ބުނެފަ އެވެ.

އެފްއޭއެމުން ބުނީ، ރާއްޖެ އާއި ތަޖިކިސްތާން ކުޅޭ މެޗުގެ ޓިކެޓް ވިއްކާނީ ގަލޮޅު ދަނޑުން ކަމަށެވެ. އެ ގޮތުން، މިއަދު ޓިކެޓް ވިއްކާނީ 14:00-18:00 އަށް ކަމަށާއި މިރޭ، 20:00-22:00 ގަ އެވެ. އަދި، މާދަމާ، 10:00-12:00 އަށް، 14:00-18:00 އަދި 20:00-22:00 އަށް ޓިކެޓް ވިއްކާނެ އެވެ. އަދި، މެޗު ކުޅޭ ދުވަހު، ހެނދުނު 10:00 އިން ފެށިގެން ޓިކެޓް ވިއްކަމުންދާނެ އެވެ.

ރާއްޖެ އާއި ތަޖިކިސްތާން ކުޅޭ މެޗުގެ ޓިކެޓް.--- ފޮޓޯ: އެފްއޭއެމް

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox